ލ. މާބައިދޫއަށް ކަރަންޓް ދެމުގެންދާ ބޮޑު ޖަނެރޭޓަރުގެ މައްސަލަ ޖެހި އެރަށުން ކަރަންޓް ކެނޑޭތާ ދެ ދުވަސްވެއްޖެއެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ، މީގެ ދެ ދުވަސް ކުރިން ފަށައިގެން އެ ރަށަށް ކަރަންޓް ދެމުން ގެންދަނީ ކޮންމެ 30 މިނިޓަކުން އެއްފަހަރު ރަށުގެ "އެއް މަގަށް" ކަމަށެވެ. މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް އުނދަގޫވެފައިވާކަމަށާއި، ކުރަން ބޭނުންވާ ކަންތައް 30 މިނިޓް ތެރޭގައި ނުކުރެވޭ ކަމަށެވެ.

"މިހާރު ކަރަންޓް ދެމުން ގެންދަނީ 30 މިނިޓުން 30 މިނިޓުން، ކަރަންޓް ދެނީ ފަޅިފަޅިއަށްވެސް ނޫން، މަގު މަގަށް ދެނީ. އެއްމަގަށް 30 މިނިޓް އަނެއް މަގަށް 30 މިނިޓް. 30 މިނިޓުން ކުރެވޭނީ ކޮން ކަމެއް، ކަރަންޓް ދޭނެ ކަމެއް ނެތެއްނުން މިގޮތަށް". އެރަށުން ވާހަަކަދެއްކި މީހަކު ބުންޏެވެ.

އޭނާ ބުނީ، މައްސަލަ ޖެހިގެން އުޅެނީ 250 ވޯލްޓްގެ ޖެނެރޭޓަރުގައެވެ. އަދި އަނެއް ދެ ޖެނޭރޭޓަރުން ރަށަށް އެކަށީގެންވާ ކަރަންޓް ނުދެވި ދޭތެރެ ދޭތެރެއިން ކަނޑައިގެން ދަނީއެވެ.

އޭނާ ބުނިގޮތުގައި، ރޯދައިގެ ކުރިން ފަށައިގެން އެރަށުން ކަރަންޓުގެ މައްސަލަ މި ވަނީ ވަރަށް ގޯސްވެފައެވެ. އެރަށަށް ކަރަންޓް ދެމުންގެންދާ ތިން ޖެނެރޭޓަރުންވެސް ރަށަށް އެކަށީގެންވާ ކަރަންޓެއް ނުދެވެއެވެ. އަދި އެރަށަށް ކަރަންޓް ދެމުންގެންދާ ޖެނެރޭޓަރު ސެޓަޕް ބާވެފައިވާކަމަށް އޭނާ ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މެގަވޯޓު

    ކޮބާ މައްސަލަޔަކީ؟ މިހާރު ގެންގުޅޭނީ އަތުފަންކާޔާ ދާނިދަނޑިޔާ ފާނޫޒާ ބިގަރަކާ ނޫންތަ؟

  2. ތީބޭކާރު އަމަލެއް

    ޖަނަރޭޓަރު އާކޮށްލަން ފުރުސަތެއް ތިލިބުނީ!