ބަނގު އާވި ހިމެނޭ ބުއިމެއް ރާއްޖޭގެ ފިހާރަތަކުގައި ވިއްކަމުން ދާކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުގެ ފުރަތަމަ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރު މިހެން ވިދާޅުވި، އެ ބުއިމުގެ ފޮޓޯއެއް ވަނީ އޭނާގެ ފޭސްބުކް ޕޭޖުގައި ހިއްސާކޮށްފައެވެ. އެއީ ދަޅެއްގައި ހުރި ބުއިމެކެވެ.

އުމަރު ވިދާޅުވީ، ރާއްޖޭގެ އާއްމު ފިހާރަތަކުގައި މިވަގުތު ވިއްކަމުންދާ ޖަރުމަންގެ އުފެއްދުމެއް ކަމަށްވާ "ޖާސްޓެލް" ދަޅުގައި އަލްކަހޯލް ފްރީ ކަމަށް ލިޔެފައިވީނަމަވެސް، މި ބުއިމުގައި ބަނގުއާވި ހިމެނިގެން ވާ ކަމަށެވެ.

"ކަސްޓަމަސް އިންނާއި ފުލުހުން މިކަން ބައްލަވާ. މި ބުއިންތައް ރާއްޖޭގެ ފިހާރަތަކުން ނެންގެވުމަށް އިލްތިމާސް ކުރަން". އުމަރު ވިދާޅުވިއެވެ.

އުމަރު މިގޮތަށް ވިދާޅުވި ނަމަވެސް، މި ބުއިމާއި، ގުޅޭގޮތުން ފުލުހުންނާއި އަދި ކަސްޓަމްސް އިން އެއްޗެއް ވިދާޅެެއް ނުވެއެވެ.

އުމަރު އަކީ ތަފާތު އެކި މައްސަލަތަކާއި އަޑު އުފުލާ، އަދި އެފަދަ ކަންކަން އާއްމުންގެ ސަމާލުކަމަށް ގެންނަ ބޭފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. ނޯޖަވާނު

    އަޑުއުފުލާ، ކާމިޔާބުކުރާ ބޭކަލެއް އުމަރްކީ.. އަންނި، ޖާބިރު މެން ފަދަ ދޮގުހަދާ މީހެއްނޫން އުމަރަކީ

    134
    16
  2. ލަކީ

    ޙެހެ އެއްކަލަ އުމަރު ރިސޯޓް ހިންގާ ބޮޑުވިޔަފާރިވެރިޔައް ޖާބިރަކީ އެބޭފުޅާޔަކަށް ބަނގުރާ ހުން
    ނަ ގޮތެއްވެސް ނޭގޭ ކިހިނެ ދެން އުމަރަށް ބަނގުރާ ވަކިކުރަން އެނގޭނީ

    52
    9
  3. ކޮރަލް

    އުމަރު ކެރޭ މީހެކެވެ.

    78
    12
  4. ނޫނު

    އެވަރުންވެސް އެންމެ ފިހާރަ އެއްގެނަންވެސް ބުނެލަންނުކެރުން ވަރައް ބެލިފަ އެބަހުއްޓެއްނުން

    12
    56
    • ކޮމެންޓްކުރާމީހާ

      އޭބަލަ ނޫނާއެވެ..ކޮންމެހެން ފިހާރައެއްގެ ނަން ބުނާކަށް ނުޖެހެއެވެ.. ޢުމަރުދެކެ ރުޅިއަޔަސް ތީ ބޮޑުވަރެވެ..އެވަރަށްވެސް އެވާހަކަ ބުނެލަން އެނގުނީ އުމަރަށެވެ..

      62
      9
    • ޢަލީ

      ފިހާރައިގައި ވިއްކަން ހުރުމަކީ ފިހާރައިގެ މައްސަލައެއް ނޫން.. ކަސްޓަމާއި ފިލުހުން ތިއްބައި ފިހާރަ އާއި ހަމައަށް އެ އައިސްގެން ނުވާނެ..

      11
  5. .......

    އޭގެ ހަމަ އެނަމުގަ ހުންނާނެ ބިއްލޫރި ފުޅިއެއްވެސް...
    އޭގައި އަލްކަހޯލް ވޮލިއުމް 0.5 ޕަސެންޓް މިހެން ޖަހާފަވެސް އިންނާނެ....އެ
    .... އެއީ ބާޒާރު މަތީ ފިހާރައެއް...
    ދެރައީ ރާއްޖެއައް އެއްޗެއް އެތެރެކޮށް ވިއްކޭނީ ކަސްޓަމާ ހެލްތުން އެޕްރޫވަލް ލިބިގެން ކަމަށް ވާ އިރު މި ފަދަ އެއްޗެއް ރާއްޖެތެރެއަަށް ފެތުރިގެން އުޅޭތީ....
    ސަރުކާރަށް ނޭނގި މިވަރުގެ ކަމެއް ހިނގާފާނެތޯ ހިތަށް އަރާ....

    9
    1
  6. ޅަކީ

    ޙެހެ އުމަރަކީ ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރިމީހާ
    ފާޑެއްގެ ފޯމެއްގަ ސޮއިކޮށްފަ ބުނީ މިހިސާބުން މަރުގެ ހުކުން ތަންފީޒުވީޔޯ ދެންފެށީ ކުށްވެރިން ފައިގަ ޓެގް އަޅުވަން އެހިސާބުން މިނިސްޓަރު ކަން ގެއްލިޖެ މީ އުމަރަށް ވާވަރު

    5
    5
  7. ސުމަރު

    އެއްޗެހި ހިއްޕަވާ ބޭފުޅުންނަށް ތިހިރަ ތިހިރަ ކަންކަން އެގޭނީ

    5
    7
    • ޖުމަރު

      އެއްޗެހި ހިއްޕަވާ މީހުންނަށް ފާރަލާ މީހުންނަށް އެންމެ މޮޅަށް އެނގޭނީ.

  8. Anonymous

    މިއީ ޖާބިރުގެ ޑަބަލް ރޯލު. ޢެއްވެސް ތާކުންތާކު ނުޖެހޭ ބޭކާރު އަނގަ ތަޅާމީހެއް.ކަލެއާއި ޖާބިރު ސްކޫލަކަށް ކިޔަވަން ދާން ވެއްޖެއެއްނޫން. ކަލޭމެން ދެ މީހުން ތިއުޅެނީ ލިޔަންކިޔަން ނުދަންނަ މީހުން އުޅޭގޮތަށް. ނިކަން ސްމާޓް ވެބަލަ!

    6
    8
  9. ހަސަދު

    އެބުއިމުގެ ނަން ވިދާޅުނުވީ ކީއްވެބާ. ތިމާ އަށް އެގިހުރެ އެހެން މީހުންލައްވާ ހަރާމް ކަމެއް ކުރުވުވުމަކީ ވެރިންގެ ސިފައެއް ނޫން.

    10
    8
    • ސާބަސް

      ޖާސްޓެލް ދަޅޭ ލިއެފައި އޮތީމަވެސް ނޭނގުނުތަ؟

      8
      2
    • ތުއްޓު

      ލިޔުން ރަނގަޅައް ކިއާފަ ކޮމެންޓް ކޮށްބަލަ....އުމަރު ވިދާޅުވީ، ރާއްޖޭގެ އާއްމު ފިހާރަތަކުގައި މިވަގުތު ވިއްކަމުންދާ ޖަރުމަންގެ އުފެއްދުމެއް ކަމަށްވާ "ޖާސްޓެލް" ދަޅުގައި އަލްކަހޯލް ފްރީ ކަމަށް ލިޔެފައިވީނަމަވެސް، މި ބުއިމުގައި ބަނގުއާވި ހިމެނިގެން ވާ ކަމަށެވެ.

      9
      2
  10. އ. ޖ. އ

    ކިހިނެތް އިނގުނީ 🤔🤔

    2
    1
    • Anonymous

      ކިނބޫ ބޯތީ

      1
      1