އެމްއެމްޕީއާރުސީގެ މައްސަލާގައި ހިމެނޭ ރައީސް ޔާމީންގެ މައްސަލަ އެކަނި ބަލަން އުޅޭތީ ސުވާލު އުފެދޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފިއެވެ.

މިއަދު ޕީޕީއެމް ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގައި 150 އަށް ވުރެން ގިނަ މީހުން ހިމެނޭ އިރު ރައީސް ޔާމީންގެ މައްސަލަ އެކަނި ބަލަން އުޅޭތީ ސުވާލު އުފެދޭ ކަމަށެވެ.

"ޔާމީން އަބުދުލް ގައްޔޫމުގެ މައްޗަށް މިހާރު ކުރަމުންދާ ޝަަރީއަތް ނުކުރަން ނޭދޭން، ނަމަވެސް އިންސާފުވެރި ކަމާއި އަދުލުވެރިކަން ކުރިއަށް ނެރެން ޖެހޭ އެމްއެމްޕީއާރުސީގެ މައްސަލާގައި ރައީސް ޔާމީންގެ މައްސަލަ އެކަނި ބަލަން އުޅޭތީ ސުވާލު އުފެދޭ "ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ރައީސް ޔާމީންގެ ވެރިކަން ނިމުނުތަނުންވެސް އެ ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށާއި ރައީސް ޔަމީންގެ ވެރިކަން ނިމި އަހަރަކަށްވުރެވެސް ގިނަ ދުވަސް ފަހުން މިދައުވާ ކުރަން ފެށުމަކީ އެކަމުގައި ސިޔާސީ ކުލަ ޖެހިފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.

ދައުލަތުން ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކުރަނީ އެމަނިކުފާނުގެ ނަމުގައި އޮތް އެކައުންޓަކަށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފް ކުންފުނިން އެއް މިލިއަން ޑޮލަރު ޖަމާވި މައްސަލާގައި އެވެ.

އެ ފައިސާ، އޭސީސީއާ އެކު ހަދާ އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް، އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އެ ފައިސާގެ އަސްލު އޮޅުވާލި ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސައްތީ

    ބޮދުްާޒީއަކު ވަގައްނަގައިގެން އުޅުނުކަމުގެ ދަޢުވާ ސާބިތުވެ ޙުކުންކޮށްފައިވާ މީހަކު ވަކި ސަރުކާރެއް އައުމާއެކު ކުށެއްނެތް ސާފުސީދާ ހުދުފޮތިކޮޅަކަށްވި ބަޔަކު ކުރާ ކަންކަމުން ސުވާލު ނުއުފެދޭ އެންމެ ކަމެއްނެތް ކުޑަކުއްޖަކަށް ބެހުނަސް މިހާރުގެ ވެރިޔާއަށް ފެނިއްޖެނަމަ އެއީ ކުށެއްނެތް މީހަކަށް ހަދަނީ މީބޮޑުވަރެއް މިސަރުކާރުން ސުވާލު ނުއުފެދޭ އެންމެ ކަމެއް ނުކުރެއި ވާކަމެއްޙަރާން މިމީހުންނަށް ވެރިކަމެއް ނުވި

  2. އަފިރިންގެ ޚިޔާލް

    މިއީ މިލިޓަރީ ކޯޓުން ބަލާ ބީދައިން ބަލާ މަށްސަލައެއް،
    އަދުލު އިންސާފު ނެތްކަމަށް ޚޮދު އެމްޑީޕީން ބުނާއިރު މިކަންސާބިތުވޭތޯ ނުވަތަ ނުންތޯ.
    ރ.ޔާމިންގެ އކ ފައިސާލިގޮތަށް އިތުރު 154 މީހުންގެ އކ ފައިސާ ޖަމާކުރި ، ރ.ޔާމިން ނޫނީ އެއްވެސް މީހަކު މިފައިސާ އަބުރާ ދައްކަން ޖެހިއްޖެނަމަ ދައްކަން ބުނިތޯ އަދި ރާއްޖޭގެ އެއްވެސް ކޯޓަކުން އެސްއޯއެފް ކުންފުނީގެ މަށްޗަށް އެމް.އެމްޕީ އާރސީ ގެ ޚިޔާނަތާގުޅިގެން އެއްވެސް ހުކުމެއްކޮށްފައިނެތްއިރު ރ ޔާމިންގެ މަށްޗށް މިދައުވާ އުފުލީ ކިހިނެއްތޯ ސުވާލް އުފެދޭ. މިއީ ސިޔާސީ ދައުވާއެއް، އަދި މިކަމުގައި އަދުލުވެރި ހުކުމެެއް ނެރެވޭނެތޯ އެއްލައްކަ ރައްޔިތުން ސުވާލްއުފައްދާ. ރައްޔިތުންގެ އިތުބާރު ސްޕްރީމް ކޯޓަށް އޮންނައިރު މިކަމުގައި ބަސްވިދާޅުވުމީ ޖުޑިސިއަލް ބެސްޓް ޕްރެކްޓިސްކަމަށް ބެލެވެއެވެ. ސިޔާސީ މީހުންގެ ހައްގުގައި އެތައްބަޔަކު ދޫކުރެވުނުއިރު ރ. ޔާމިންއާނެދުވެސް އަދުލުވެރިވުން ވ މުހިންމު. މިއީ ސަރުކާރުގެ ބިރުދެއްކުމުގެ ތެރެއިން ރ.ޔާމިން ޖަލަށްލުމަށް ހިންގާ ބޮޑް ޖަރީމާއެއް، އެއްވެސް ބަޔަކު ހީކޮށްގެން ނުވާނެ، ރ.ޔާމިން އެކަހެރިކުރުމުން އެމަނިކްފާންގެ ސަޕޯޓަރުން ފިނޑިވެ ކަރުއެލުވާލާނެހެން. އަހަރަނެންވަނީ ރ ޔާމިން އާއެކު، އަދި ޑިމޮކްރެސީގެ އުސޫލުގެ ތެރެއިން އެންމެމަތީ ގެއަރުގަ ނުކުމެ ރ.ޔާމިންގެ ހައްގުގައި ވާންވި ކޮންމެ ޤުރުބާނީއެއްވާނެ. އަދި އަނިޔާވެރިންނަށް ހައްގު އަދަބު ލިބިގެންދާނެ. ރ.ސޯލިހު އަދި ރ.ނޝީދު، އިމްރާން، ރ.މައުމޫނަށްވަނީ އަދިރި ސިޔާސީ މުސްތަގްބަލެއް، އެއީ އަނިޔާވެރިން.