މާލޭގައި ކުޑަކުއްޖަކު ދަންޖެހިފައި ހުއްޓާ ފެނިއްޖެއެވެ.

މިރޭ 9:30 ހާއިރު އެ ހާދިސާ ހިނގާފައިވާއިރު، ހާދިސާގައި މަރުވީ އުމުރުން 18 އަހަރު ނުވާ ފިރިހެން ކުއްޖެކެވެ. އެނގިފައިވާ ގޮތުގައި، އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުނީ ކޮޓަރީގެ ކުޑަދޮރުގައެވެ.

އެ ކުއްޖާ ދަންޖެހިފައި ހުއްޓާ ފެނިފައިވަނީ ހަބަރެއް ނުވެގެން ކޮޓަރިއަށް ވަދެ ބެލިއިރުއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި، އެކުއްޖާ ދަންޖެހިފައި ހުއްޓާ ފެނުނު އިރުވެސް ވަނީ މަރުވެފައެވެ.

އެ ކުއްޖާއަކީ މާޅޭ ސްކޫލެއްގައި ތައުލީމް ހާސިލް ކުރަމުންދާ، ކިޔެވުމަށް މޮޅު، އަހުލާގުވެސް ރަނގަޅު ދަރިވަރެކެވެ.

އެކުއްޖާގެ ކުއްލި މަރާ ގުޅިގެން އަދި އިތުރު މައުލޫމާތު ލިބިފައެއް ނުވެއެވެ.އަދި ހާދިސާއާ ގުޅިގެން ފުލުހުންގެ ބަހެއްވެސް މިހާތަނަށް ލިބިފައެއް ނުވެއެވެ.

އިސްލާމް ދީނުގައި ދަން ޖެހުމަކީ މާތް ﷲ ނަހީކުރައްވާފައިވާ ބޮޑު ފާފައެކެވެ.

ކިޔުންތެރިންގެ ހިޔާލު

46 ކޮމެންޓް

  1. މާމިގިލީ މީހާ

    ހިންދީ ޑުރާމާ އާއި ފިލްމު ކުޑަކުދިން ބެލިޔަދީގެން ނުވާނެ.

    139
    42
    • ޒިން

      ތިޔަ ހެން އަދި ބުނެވޭކަށް ނެތް.. ދަންޖެހޭ ކޮންމެ ފަހަރަކު އެއީ އަމިއްލައަށް ކުރިކަމެކޭ ބުނެ ނިންމާ ލެވޭކަށް ނެތް މިހާރަކު. މި ސުވާލުތައްވެސް އެބަހުރި.. ބުލީގެ ޝިކާރައަކަށްވީބާ؟ ނޫނީ ބަޔަކު ދަންޖެއްސީބާ؟ އެއްވެސް ނިޝާނެއް އަލާމާތެއް ހުރިތޯ ނުބަލާތަ؟

      198
      13
  2. ިްއސދ

    އެޔޯ ޅޭ ކާކަ؟

    8
    33
  3. ވަގުތު

    ވަގުތު އޮފީސް ތެރޭ ހިނގި ކަމެއްތަ؟ ހާދިސާ ހިނގި ތަނެއްވެސް ބުނެ ނުލާ?

    41
    54
  4. ޙިސެންމެ

    ތީ ކުޑަ ކުއްޖެނޫން ކުޑަކުދިން ދަންޖެހިގެން މަރުވޭތަ...އިސްލާމް ދީން ނޭގޭތީވެ ތިހެންތިވީ

    101
    78
  5. ޔޫސުފް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎

    125
    5
  6. މުހައްމަދު

    ކިޔެވުމަށް މޮޅު އެތައް ބަޔަކަށް އަމިއްލޭ މަރުވުމަކީ ކިހާވަރެއްގެ ކަމެއްކަށް ނޭނގޭ.

    93
    15
  7. ޓީޓީ

    ކާކު؟ ކުޑަކުއްޖެއް. އެވެސް ކޮންކުއްޖެއްކަމެއް ނޭންގެ.
    ކޮންއިރަކު؟ 30 9
    ކޮންތާކު؟
    ކީއްވެ؟
    ކިހިނެއް؟ ދަންޖެހިގެން.

    91
    14
  8. ގައުމާ

    އެޖެންޑާ 19 ގެ ޖަޒީރާ ވެރިކަން އައި ފަހުން ތަފާތު ފެންނާނީ މިވަރަކަށް ކުއްލި މަރުތަކާ އެހެނިހެން މަރުތައްވެސް ހައްދުން ނެއްޓިފަ މުޅި ގައުމުގަ އެތައްވަރު ބަލިތައް ފެތުރެމުންދަނީ. ސަރުކާރު ހިމޭނުން. ހިތާމަހުރި

    82
    144
    • ލޮލް

      ސަރުކާރުން ވިއްޔާ މީހުންގެ މަރުތަށް ކޮންޓްރޯލު ކުރަނީ. ސިޔާސީ ވެގެން ގޮސް ލާ ގުއި ފޯލި ރީނދޫ ކުލައިގަ އޮތަސް ގޯސް ވާނީ ސަރުކާރު.

      143
      34
      • ކެކެކެ

        ނާ ހަމަ ތެދެއް! މީހުންގެ މަރުތައް ކޮންޓްރޯލު ކުރަނީ ސަރުކާރަކުން ނޫންތަ؟ ތިކަން ކަލެއަށް ވިސްނެން ފެށިތާ ކިހާ ދުވަހެއްވީ؟ އަށެއްކަ މަސް ދުވަސް ދޯ؟ މަރު ބަލާ ސުއޫދަށް ތިވާހަކަ ކިޔައިދިނިންތަ؟

        71
        12
        • ކެކެކެކެ

          ބަލަ މީގެ ކުރިން އެމީހުން އެލަވާ ހަޅޭ ކަލޭމެން ލެވީ .. ހަގީގަތަކީ ސަރުކާރު ދުވަހުން ދުވަހައއ ކުރަންޖެހޭ ކަން ކަން ނުކުރެވި ދަނީ ފެއިލްވަމުން.

          29
          2
    • Anonymous

      ކަލޭ ބަލާތި ފޮޑިޖަހާފަވެސް އެކަން ސިޔާސީ ކުރެވޭތޯ

      89
      20
    • ކިހާ ދެރަކަމެއް

      ޙުރިހާ ކަމަކީ ސިޔާސީ ކަމެއް ނޫން.

      65
      13
    • ..

      ކައެމެން ޕޕމ ރުނޑިން ސިޔާސީ ނުކުރާކަށް ކަމެއް ނޯވޭ ދޯ.

      46
      50
    • ޭއެޖެންޑާ

      ރަނގަޅު ވާނެ ކޮންމެ ކަމެއް ސިޔާސީ ނުކުރިޔަސް..ކަމާ ގުޅޭ މާހައުލެއްގަ ތިވާހަކަ ދެއްކިޔަސް މީހަކު އެއްޗެއް ނުކިޔާނެ

      24
      9
  9. ހުމާމް

    ކިޔެވުމަށް މޮޅު ނަމަވެސް ކިޔަވައިދިން އެއްޗެއްގައި އިސްލާމް ދީނުގެ އިލްމު ނެތްކަން މިފަފަ ކޮންމެ ކަމަކުން އެނގިގެންދެއެވެ. 17 އަހަރުވެދާއިރު އެއީ ކުޑަކުދިންނެއް ނޫނެވެ. ދީނީ އިލްމު ޤްރުއާނާއި ހަދީޘްގެ އިލްމު މަޖުބޫރު އެއްޗެއްގެ ގޮތުގައި ސައްތައިން ސައްތަ މުސްލިމް މި ގައުމުގެ އެޑިއުކޭޝަންގެ ސްކޫލް ސިސްޓަމްގައި ނުހަދާކަމީ އިސްލާމް ކަމުގައި ވެރިންގެ ލެވަލް އިން ފެށިގެން ފަރުވާކުޑަކަމެވެ.ދީނީ އިލްމު ހުރެގެން މުސްލިމުން އަމިއްލަ އަށް މަރުވުމަކީ ވ ނާދިރު ކަމެކެވެ.

    139
    21
  10. ޢަޅުގަނޑު

    ޜާއްޖޭގަ ތައުލީމާއި ތަރުބިއްޔަތުގެ ވ ބޮފު މައްސަލަ އެއް..ދީން އެނގޭ ކުއްޖަކު ކިތަންމެ ބޮޑު ކަމެއް ދިމާ ވިޔަސް އަމިއްލަ އަށް މަރެއް ނުވާނެ

    77
    7
  11. Anth

    Saabahey
    kuhjaku maruveemaves thihaa negetive comments. amilla yah thikahala kameh thajuribaa kurevuneema ihsaas vaanee
    .thikamuga vein
    Adhi veegotheh egunee keeves noon judge kurah fashaali iru. Typical maldivians

    104
    14
  12. ޅޯލްސައިބާން

    ޢަހުލާގު ރަނގަޅެއްނުވިއެއްނު!!

    36
    57
    • ޗެކް ޔުއަރ އޯން އަހުލާގު

      ވީނުވީއެއް އަދި ނޭންގެ ހާދަ އަވަހޭ ދޯ ޖަޖްމެންޓަލް ވާން.?

      82
      10
  13. ދިވެއްސެއް

    ކިޔަވާ އެއްޗެއްގެ ބޭނުން ދިރިއުޅުމުގައި ހިފާގޮތަކަށް ނޫން މިހާރު ކުދިން ކިޔަވަނީކީ. އަދި ކިޔަވައި ދެނީ ވެސް އެގޮތަކަށް ނޫން. ބެލެނިވެރިން އަދި ސްކޫލް ތަކުން ވެސް ބޭނުންވަނީ ދަރިވަރުންގެ ނަތީޖާ ރީތިކުރަން. ތަޢުލީމާ އެކު، ކުދިންނަށް ތަރުބިއްޔަތެއް ނުދެވޭ. އެހެންވީމާ މި މުޖުތަމަޢު ހަލާކުވެގެން މިދަނީ.

    56
    4
  14. ތޯ

    ހެޔޮނުވާނެ ދިމާކުރުން ހުއްޓާލާ!!!
    އެފަދަކަމެއް ދިމާވީމަ އިނގޭނީ އެއީ ކިހާވަރެއްގެ ކަމެއްކަން!!!
    ތިމާދިރިއުޅޭފަދައިން އަނެކާވެސް ދިރިއުޅުނަދޭށޭ!!!
    އެކަމުގެ ހިތާމަ ތަހައްމަލް ކުރި މީހެއްގެ ގޮތުން ބުނަން އެވަރަށްދިމާކުރަން ފަށާފިނަމަ އެނަޔައް ނުވިސްނޭނެ ދެން އެހެންކަމެއް
    އެއީ ފެންނަން ނުހުންނަ ވަރަށް ވަރުގަދަ
    އަސަރެއް ކުރުވާ އެހާބިރުވެރި ބައްޔެއް!!
    ގައުމުގެ މި ދިމާވާާ ނުބައި ވަބާ އިން ސަލާމަތް ވުމަށް މަސައްކަތް ކުރާ ބަޔަކާއެކު އެއްމެން ވާނެ ދުވަހެއް ދައްކަވާންދޭވެ!! އާމީން.
    އެވަކިވެ ދިޔަ އީ ވެސް މިފަދަ އަޅާލުން ބޭނުންވާ ފުރާނައެއް.
    ބައެއްގެ އިހުމާލް އިން ވީ ކަމެއްނަމަ އެބަޔަކައް ލައުނަތް ލައްވާންދޭވެ.އާާމީން.

    66
    6
  15. ރިނީ

    ފުރަތަމަ ކަމަކަށް އެއީ ކުޑަކުއްޖެއް، ދެވަނަ ކަމަކަށް ބުއްދި ސަލާމަތުން ހުރި މީހަކު އެފަދަ ކަމެއް ނުކުރާނެ. އިސްލާމްދީނުގަ ބުއްދީގެ ވާހަކަ އެ އޮންނަނީ އެއީ ބޮޑުވެގެންވާ ޙިކުމަތެއްކަން މިތާ މިތިބަ ބައެއް ކޮމެންޓޭޓަރުންނަށް ވިސްނޭބާ؟ ނުވިސްނޭނެ، ވިސްނަން ބޭނުމެއްވެސް ނުވާނެ. ހާދަ ދެރައޭ. ޚާއްސަކޮށް އާއިލާޔަށް އަދި ކުއްޖާގެ ގާތް މީހުންނަށް. މައްޔިތާއަށް ސުވަރުގެ މިންވަރު ކުރައްވާ އާއިލާޔަށް ކެތްތެރިކަން ދެއްވާށި. އާމީން.

    41
    2
  16. ާއަފްލާ

    ޢިބުގެ ވެރިކަމުގަ ގޮތްނޭނގޭ 151 ވަނަ މަރު ކޮމިޝަން ކޮބަ އިބޫ ކޮބާ

    30
    21
    • ގޮމަކަސްތޫރި

      ކަލޭ ކޮންމެ ކަމެއް ސިޔާސީ ކުރަން ޖެހޭތަ؟ ކަލޭ ހިތުން ޔާމީން ސަރުކާރުގަ މީހުން މަރެއް ނުވޭ ‘ހާދަ ހެއްވައޭ ދޯ ، މީހުންގެ މަރަކީ ސަރުކާރުން ކޮންޓްރޯލް ކުރާ ކަމެއް ނޫން! ކަލޭގެ ނާތަހުޒީބަން ކަލޭގެ ކޮމެންޓުން ވަރަށް އެބަ ފެނޭ

      25
      18
      • އޯހް?

        ސަރުކާރާ ގުޅުމެއް ހުރި ކަމެއް ނޫންކަން ޤަބޫލު ކުރަން.. އެކަމަކު ޔާމީން ގެ ވެރިކަމުގައިވެސް ހަމަ މިކަހަލަ ކޮންމެ ކަމެއް ވާ އިރަށް ސިޔާސީ ކުރާނެ.. އޭރު ތިޔަބޭފުޅުން ހުރިހާ ކަމެއް ސަރުކާރު ކޮށް ކޮށްފަ މިހާރު އިދިކޮޅު މީހަކު ސަރުކާރޭ ކިޔާފަ އެންމެ ބަހެއް ބުންޏަސް ހީވަނީ ބޮޑު ސިންގާނަ ފާފައެއް ކޮށްގެން އުޅޭހެން.. އެނީވޭސް، އަފްލާގެ ކޮމެންޓް ރަނގަޅެކޭ ނުބުނާނަން.. ކޮޒް އެކުއްޖާ އެވަރު ބޮޑު ފާފަ އެއް ކުރާނީ އެކުއްޖާއަށް ކެތް ނުވާވަރު ވީމަ.. އެކަމަކު އެކުއްޖާ ކަންކުރީ ރަނގަޅަކަށް ނޫން.. ސަރުކާރުގެ ކަމެކޭ ނޫނީ އެކުއްޖާއޭ ކިޔައިގެން ހިތައް އައި އެއްޗިސް ނުކިޔާ.. އޭއީ އަދި މާ ބޯ ހަމަ ނުޖެހޭ މީހުން ކުރާ ކަމެއް..??

        18
        5
  17. ނޫނު

    ދިރިހުރުމާ ނެތިދިއުން އެއްޔަކީ ސަރުކާރުން ކުރާކަމެއް ނޫން

    28
    8
  18. ތޯ

    ވީނުވީ ނުބަލާ އެކުއްޖާ ކުއްވެރި ކުރެވިގެން ނުވާނެ!!!
    ކިތައްމެ އަހުލާގު ރަނގަޅަސް ޑިޕުރެސް ވުމަކީ ވެސް ކިހާވަރެއްގެ ވެޭނެއްކަން ތިމާ ނުދަނެ ހުރެެ ގޮތް ނުނިއްމާ! އަދި މީހަކު ކުރިކަމެއް ކަމައްވެސް ަހަމަ ވެދާނެދޯ!! ވީމާ
    މިހާލަތުގަ އެއްޗެއް ނުބުނެ ވޭނެ އޭނަ ކުއްވެރި ކޮއްފަވެސް !!
    އަދި އޭނަ އަމިއލަޔައް ކުރި ކަމަކަސް މިކަމުގެ ޒިއްމާ ނަގަންޖެހޭ ބަޔަކު ނުތިބެ ނުދާނެ!!

    51
    1
  19. ލޮލް

    ބިޓެއްގެ މައްސަލައިގަ ދަންޖެހުނީ.

    12
    19
  20. އަޅޯ

    ބަލަ ގޮތްނޭންގޭގޮތައްމަރުވިމީހުން ކުރީސަރުކާރައް ނިސްބަތްކޮއް ގޮވީވެސްތި ރީންދޫބައިގަޑެއްނޫންތަ މިހާރު ކަލޯމެންނާ ޖެހުނީމަ ޒިންމާއެއްނޯވެ އެހެންވީމބުނަނީ ތީއަމިއްލައެދުން ބޮލައްއަރާފަތިބި ބައިގަނޑެކޭ ކުރިންވެސްބަޔަކުކީ ކޮންމެކަމެއްސިޔާސީނުކުރާށޭ އެއިރަކުތިބައިގަނޑަކައް އަޑެއްނުއިވުނެއްނު

    26
    6
  21. ނޫރުލްޢާލަމް

    ދަރިން މޮޅުވެ އަހްލާގު ރަނގަޅުވިޔަސް ބައެއްފަހަރަށް ޕޭރެންޓްސް ގެ ޕްރެޝަރުވެސް ކުސިންގެ މައްޗަށް ވަރަށް ބޮޑު .. އެކުދިންގެ ހިތުގައި ހިނގާ އެއްޗެއް ޕޭރެންޓްސް ޖެހެ ދެނެގަންނަން

    27
    3
    • މޯޑިސް މީހާ

      މޯޑިސް ގަ ތަހުގީގެއް ނުކުރާނެ، ޕޯސްޓްމޯޓަމެއް ނުހަދާނެ. ޙަބަރު ލިޔާމީހުން ލިޔުނީމަ ވާނުވާއެއްވެސް ނޭނގޭނެ. މީ މޯޑިސް. ދެން ހަޖަމު ކޮށްލަމާ؟؟ ލޮލް.

      14
      1
  22. ަހިތާމަހުރި

    އާއިލާއަށް ކެތްތެރިކަން ދެއްވާށި

    31
  23. ބިބީ

    ކަލޭމެނަށް ސާބަސް. މީހެއްގެ ހުރި ހަމައެކަނި ދަރިއެއް އެދިޔައީ. ތިވަރު ނުކުރިޔަސް ވެދާނެދޯ

    34
    3
  24. މަރީ

    އަސްލުވެސް މިސަރުކާރު އަައި ފަހުން އެކިގޮތްގޮތަށް މަރު. ކުއްލިމަރެއްގަ މީހަކުމަރުނުވާ ދުވަހެއް މަދު. ޔާ ﷲ އެ ކުއްޖާގެ އެންމެހާ ފާފަތައްފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރައްވާށި އާމީން.

    11
    7
  25. ކިޔާ

    ޢަމިއްލަ އަށް މަރުވާ މީހުން ބަލާ ކޮމިޝަން ހެދުމަށް ރައީސް އަށް ދަންނަވާލަން ، އޭރުން އެކަން ހައްލު ވީ

    10
    3
  26. ޕޮގުުބާ

    ދަންޖެހިގެން މަރުވާމީހުން ހިނެވުމެއް ކަށުނަމާދު ކުރުމެއް ހިޔޮދުއާ ކުރުމެއްނެތް އެއީ ކުފުރު މަރެއް

    18
    8
    • މޮޔައެނޮނިމަސް

      ސައުދީ ގަމާރު ހާބީން ދައްކާ ކަހަލަ ވާހަކަ ނުދައްކާ

      5
      13
  27. ބޯހަލާކު

    މީހެއްގެ ހުރި އެންމެ ދަރިއެއް ވީމަ ނެތެއްނު ތަރުބިއްޔަތެއް ދެވިފައެއް. ޑޭންވީ ގޮތައް ރަނގަޅު އިސްލާމީ ތަރުބިއްޔަތު ދެވިފަ ހުރިނަމަ ތިހެން ނުވީސް. މިހާރު މީހުން ބޭނުމެއްނުވޭ އިސްލާމީއެއް ބޭނުންވަނީ އިންޓަނޭޝަނަލް

    13
    5
    • މޮޔައެނޮނިމަސް

      އިސްލާމީ ތަރުބީއްޔަތު ތި ބުނީ އަރަބީޔާއަށް ފިނުވާ ވާހަކަ ދޯ

      1
      8
  28. އަންސަލް

    ކަލޭމެން އަދިވެސް ބަލަން އުޅޭ ދަން ޖެހިފާ ހުރި ތަނެއް!! މީ އަޅެ ކިހާ ދެރަވެއްޖެ ކަމެއް؟ އެކުއްޖާ ދަން ޖެހުނު ސަބަބެއްވެސް ބަލަން ޖެހޭ. ދަން ޖެހުނު އިރު އެއްވެސް ކަހަލަ މައްސަލައެއް ގޭގައި ހިނގިތޯވެސް ބަލަން ޖެހޭ؟ ދަރިންނަށް ނޭދެވޭ އަސަރު ކުރަނީ ހަމަ މައިންބަފައިންގެ ސަބަބުން، މިއީ ގަބޫލު ކުރިއަށް ނުކުރިއަސް ހަމަ ތެދު ހަގީގަތް. މާތް ﷲ އެކުއްޖާއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ ދެއްވާށި. އާމީން

    12
    3
  29. ޗިކް

    އަޅެ ފަހެ! އެ ކުއްޖާ މަރުވި އިރު އޭނަގެ ނަފްސާނީ ހާލާތު އިނގޭތަ؟ ކިތަންމެ އުމުރުން ހަގަސް އޭނާ ދުނިޔޭގަ އުޅެން ބޭނުން ނުވި ސަބަބެއް އޮންނާނެ..އެންމެންނަށް ކެތް ވާނީވެސް އެކި ވަރަށް..އެފަކީރު އެކަނި މާއެކަނި ވަރަށް ވިސްނާ ހިތާމަތަކެއް ކޮށްފަތާ އެކަމަށް ދާނީ... ޑިޕްރެޝަން އިޒް ރިއަލް! މެންޓަލް އިލްނަސް އިޒް ރިއަލް! އޭނަ މައިންބަފައިންނަށްވެސް ރައްޓެހިންނަށްވެސް އޭނަގެ ހާލު އިނގޭނަމަ މިހެން ވިއަކަ ނުދޭނެ..ކާކެ އެދޭނީ މިަކަހަ ކަމެއް އެއްވެސް މީހަކަށް ވާން! ހަމްދަރުދީވެ މީހުންނާ ދޭތެރޭ ހިތްހެތޮ ކޮށްބަލަ!

    27
    6
  30. ޟ

    އާއިލާ އަށް ކެއްތެރިކަން ދެއްވާށި.

    14
  31. kalhey

    Inna lillahi vainna ilaihi raajiun

  32. ނ

    ﷲ އަކްބަރު