ތ.މަޑިފުށީގައި ތިން ބުރީގެ އިމާރާތަކުން ދެމީހަކު ވެއްޓި އެކަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

އިމާރާތުގެ މަތިން ވެއްޓިފައި ވަނީ ބިދޭސީއަކާއި ދިވެއްސެކެވެ.

މަޑިފުށީ ސިއްހީ މަރުކަޒުން ވިދާޅުވީ އިމާރާތަކުން ވެއްޓިގެން އެތަނަށް ގެންދިޔައީ ދިވެއްސެއް ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށެވެ.

މަޑިފުށިން ވާހަކަދެއްކި މީހަކު ބުނީ އަނިޔާވި ދިވެހި މީހާގެ އެއް ފައި "ޗިސްވެފައި" ވާކަމަށެވެ.

މަޑިފުށީ ކައުންސިލްގެ މެންބަރަކު "ވަގުތަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަދަ ހާދިސާ އިން ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމީހަކު ވެއްޓުނީ ހަދަމުންދާ އިމާރާތަކުންނެވެ. އެތަނުގެ އެއްވެސް ފްލޯއެއްގެ މަސައްކަތް އަދި ނިމިފައެއް ނުވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސާރާ
  2. ޖޭމްސް

    ދެރަ ކަމެއް . ސޭފްޓީ ބެލްޓް އަޅައިގެން ތިބިތޯ ބަލާލުން މުހިންމު . އުސް ތަނެއްގަ މަސައްކަތް ކުރާތީ މި ބުނީ