ތަންތަނަށް އެއްވާ މީހުން ގުނޭ ފެންވަރުގެ ސައިޓިސްޓުން އިލެކްޝަން ކޮމިޝަނުގައި ތިބޭނެކަމަށް އެކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބާއި ގުޅުވައިގެން އިސީ ބަދުނާމުވާގޮތަށް އެކި ފަރާތްތަކުން ދައްކަވަމުންދާ ވާހަކަތަކާ ގުޅުވައިގެން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ތަންތަނަށް އެއްވާ މީހުންވެސް ގުނޭނެ ސައިންޓިފިކް ގޮތްތައް ހޯދޭނެ ފެންވަރުގެ ސައިންޓިސްޓުން އީސީ ގައި ތިބޭނެ ކަމަށެވެ.

"އެއްވެސް ފަރާތަކުން އިލެކްޝަން ކޮމިޝަނުގެ މަސައްކަތްތަކާއި ގުޅޭގޮތުން ހަޤީގަތާއި ހިލާފު ވާހަކައެއް ދައްކާނަމަ އެކަމަށް ރައްދު ދޭނެ ,ޕީޕީއެމް ނުވަތަ ރައީސް ޔާމީނު ދައްކަވާ އެހެން ވާހަކަފުޅުތަކަށް ރައްދެއް ނުދެއްވަވަން" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވަނީ މިއަދު ރިޔާސީ އިންތިހާބުގެ ނަތީޖާ ޤަބޫލުކުރަން ދަތިފުޅުކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވުމާއި ގުޅުވައިގެން އެއީ ކުރުވާހަކަ މުބާރާތެއްގައި ބައިވެރިކުރަން ރަނގަޅު ވާހަކައެއްކަމަށް ވިދާޅުވެ ރައީސް ޔާމީނަށް މަލާމަތް ކުރައްވާފައެވެ.

މީގެ އިތުރުން އިލެކްޝަން ކޮމިޝަނުގެ މެންބަރު އަހުމަދު އަކްރަމްވެސް ވަނީ އީސީގެ މަސައްކަތާއިމެދު ރައްޔިތުންގެ ހިތްތައް ހަރާބު ކުރަން މަސައްކަތް ނުކުރުމަށް ސިޔާސީފަރާތްތަކަށް ގޮވާލާފައެވެ.

"ނަތީޖާ އިއުލާންކުރަނީ ރައްޔިތުން ވޯޓު ދޭގޮތަށް، ނަތީޖާ އިއުލާންކުރަނީ މީހުން ތަންތަނަށް އެއްވާ މީހުންގެ އަދަދަށް ބަލައިގެން ނޫން" އަކްރަމް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

28 ކޮމެންޓް

  1. Anonymous

    އިހްލާސްތެރިކަމާއެކު މަސައްކަތް ކުރެވޭނެ ފެންވަރު ހޯދަބަލަ ސަރީފޫ

    94
    2
  2. ޣިނާ ޢަލީ

    ހަތަރުމިލިޔން ޑޮލަރަށް ވޯޓު އޮޅުވާލަދިނަސް ތިޔައީ ފުކެއް ބޮޑުވަރު

    96
    2
    • ގާސިމު

      ރައީސް ޔާމީނު ފެނިފަ ޕީޕީ ކުދިން ޖެހި ފާހަގަތަށް ދިޔާވީޔޯ. ހެހެހެ. ރައީސް ޔާމީނަކަށް ތާއީދެއް ނެތޯ. ހެހެހެ.

      1
      50
  3. ޖާހު

    ރާއްޖޭގައި ނަގާ ވޯޓުން ސީދާ ގޮތުގައި މަކަރު ހަދައިގެން މެނުވީ ސިސްޓަމުގެ ތެރެއިން ނުވާނެ އޭރު ސަރުކާރުގައި ތިބި ފަރާތްތަކުން މަސައްކަތް ކުރަމުންގެންދިޔައީ އަގޮޓިއާއި އަދި އިލެކްޝަންގެ ސާރވާތެރެއިން ނަތީޖާއާއި ކުޅެން އެހުރިހާކަމެއް ނާކާމިޔާބު ކުރި މީހަކީ ޝަރީފް، އެއީ ޝަރީފް ހިމަކަރަކީ ޤައުމާއި ރަށްޔިތުންނަށް ތެދުވެރިވީ އަދި ވަކިން ބޮޑައް ހެއްދެވި ފަރާތައް ބިރުވެތިވީ އެއީ މަކަރެއް ކަމައްވާނަމަ ޝަރީފުވަނީ އެމަކަރު ހަދާފައި ....

    6
    39
    • ޢަލީ

      ޤިޔާމަތް ދުވަހުވެސް އީސީ ޝަރީފުގެ ދިފާއުގައި ދާންވާނެ ކަލޭ. ކަލެއަށް ކިޔޭ ނުކިޔޭ އެއްޗެއް އެބަ އެގޭތަ؟

      39
      1
  4. ސަދީ

    ނޯވޭ އިން ގެގަނެފަ އެ ތަންބަލަހައްޓާމީހާޔައް މުސާރަދީގެން ތިއުޅެނީ ހަމަ އޮފީހުން ލިބޭމުސާރަޔއްތަ

    42
  5. ދޮންބެ

    "ނަތީޖާ އިއުލާންކުރަނީ ރައްޔިތުން ވޯޓު ދޭގޮތަށް، ނަތީޖާ އިއުލާންކުރަނީ މީހުން ތަންތަނަށް އެއްވާ މީހުންގެ އަދަދަށް ބަލައިގެން ނޫން" އަކްރަމް ވިދާޅުވިއެވެ. ދޮންކަލޯ! މިގައުމުގައި އެބައުޅޭ ތަންތަނަށް މީހުން އެއްވާ ވަރުބަލައިގެން މީސްމީހުންގެ ސިޔާސީ ހަޔާތް ވަޒަން ކުރާ ބަޔަކުވެސް. މީހުން ގިނައިން އެއްވި ވަރަކަށޯ އިންސާފު ގާއިމުވަނީވެސް އެބަޔަކު ކިޔާ.

    29
    3
  6. ދަންޑަހެލު

    މި ޝަރީފު މީ ވަކިކޮޅަކަށް ވިކިފަ ހުރިމީހެއްކަން މީނަގެ ބަސްމޮށެއުޅުން ހުންނަގޮތުން އެބަ ޔަގީންވޭ.... އެހެންވީމަ އޭސީސީން އެބަޖެހޭ މީނަގެ ތަހުގީގެއް ކުރަން މީނަ އެމްޑީޕީއާއި ގުޅުމެއް އޮތްތޯ... އެކަމަކު މިވެރިކަމުގަ ތި އޭސީއެއްވެސް ހިޔެއްނުވޭ ގުޑާނެހެން.. އަޅެ ވަގުތު ކުދިންކޮޅު ނިކަން ވަރުގަދަ އެނަލިސިސް އެއް ހަދާފަ ރިޕޯޓްހުށަހަޅާލަބަލަ އެންމެނަށް ފެންނަހެން... އިންތިޚާބުގެ ތަންކޮޅެއް ކުރިން މީނަގެ ވާހަކަތައް ހުރިގޮތާއި... އިންތިޚާބު ވަގުތު ކުޑަތަންވެފައި ވަނިކޮށް ކުއްލިއަކަށް މީނަގެ ވާހަކަތަކަށް މިއައި ބަދަލު.. އޭގެ ތާރީޚުތަކާ ގަޑިޔާއެއްކޮށް އަދި އެހެން ބުނީ ކާކަށް ނިސްބަތް ކޮށް ކަން... އެއީ ހަގީގަތުގަ އިލްމީ އަދި ލޮޖިކަލީ ޒަމާނީ ނޫސްވެރިކަމަކީ....

    34
    1
  7. އަނގޮޓި ޝަރީފު

    ޝަރީފޫ.. ރޔާމީން ދަންނަންތަ؟ކުކުޅު ހާ ވެސް ކާންދޭމީހާ ދަނޭ.. އެކަމަކު ޝަރޫފަށް އެވަރުނުވި. މިއަދު ތަންތަނަށް އެއްވާމީހުން ގުނާނެދޭނެ ސައިންޓިސްޓުން ޝަރީފު ކައިރީގަ ތިބިކަން ނޭގޭބަޔަކު ދިވެހި ފަސްގަޑުގަނެތް.. ތިއީ ކާކުކަން މިއަދު އޮޅުމެނުފިލާނެ ޝަރީފުގެ މައިންބަފައިންނަވެސް.. އެވަރަށް މީހާ ތިހުރީ ފެންވަރު އޮޅިފަ.. ހީނުކުރާތި ތާއަބަދަށް އެއްވެސްކަމެ އެއްގޮތަކަށް ދެމިއޮވެދާނެކަމަށް... ކުރުވާހަކަ އަހަރެމެން އެބަތައްޔާރުކުރަން އެދުވަހަށް ޝަރީފަށް ކިޔާދޭން... މިވާހަކަތަ ކިޔާދޭންއުޅުމުން ސްޕުރީމް ކޯޓުން އެދުވަހު މައިކުއަތުލީ މިއަދު އެމީހުންވެސް މިކަމުގެ ރަހަ އެބަދެކޭ ހިނިތުވުން ބޭރަށް ދައްކަމުން ހިތިރަހަ ދިރުވަމުން.. ހަމަ މިގޮތް ޝަރީފަށްވެސް ﷲދައްކަވާށި.. އާމީން..

    34
  8. ބޮންދު

    ޝަރީފް ފަޟީހަތްވާނެ ކަމީ ޝައްކެއް އޮތްކަމެއް ނޫން. މިއަދު މަލާމަތްވެސް ކުރެވިދާނެ، ރައީސް ޔާމީން އަށް މަލާމަތްކުރަން ޝަރީފް ތީ ކާކު.

    53
  9. ގުނާބަލަ

    ގުނަން އެނގޭކަމެއް ނޭނގުނެއްނު؟ މަޖްލިސް އިންތިޚާބުގައި ބާތިލް ވޯޓް އެހާ ގިނަ. ރަގަޅަށް ގުނިނަމަ އެތައް ވޯޓެއް ބަދަލުވާނެ.

    45
  10. ހަސަންކޮއި

    ނިމިދިޔަވޯޓުއޮޅުވާލި ހައްގުނޫންފައިސާގެ
    ބޭނުންކުރި

    45
    1
  11. ރަންނަ

    ކިބުރުވެރިކަމާ ބޮޑާކަން މިކަލޭގެކިބައިން ފެންނަންފެށީ ވޯޓުއޮޅުވާލުމަށް ރިސްވަތު ހިފިހިސާބުން މިވަރުންދަންޏާ މިކަލޭގެ ޓީމުގައި ތިބި ސައިންޓިސްޓުން ހަނދަށްއެރުމަށް ޓަކާ ޖައްވީ އެޅަދެއްވެސް ބަނުން އެކަށީގެންވޭ .

    52
  12. ަިަަައިބްރާހީމް

    އަގު ވެއްޓޭނީ އެގޮތަށް ކަންތައް ކުރެވޭތީ.. ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓް އޮޅުވާ ލަންވެގެންނޫންތޯ ވަކި ފޮށިތަކުގެނަތީޖާ އިއުލާން ނުކުރީ. ޢަދި ލިސްޓްތައް އޮޅުވާލާ ހިކާ އޮޅުވާލުމެއް ހިންގުނުތޯ އަމިއްލައަށް ބަލަންވީ ދެއްތޯ

    41
  13. ހުސޭނުބޭ

    މިއީ ޤައުމެއްގެ އިލެކްޝަން ކޮމިޝަނެއްގައި ސައިންޓީސްޓުން ތިބި ފުރަތަމަ ފަހަރު! ދެން އަންނަ އިންތިޚާބަކު ހަނދުގައި ވޯޓުފޮށި ބަހައްޓަން ތިކަލޭގެ ހަނދަށް ދާނެދޯ!

    49
  14. ސަރީފު

    ޢެއޮތީ ވޯޓު އޮޅުވާލާފަ ދެން އިނގިލި ބޯލާ??????

    4
    39
    • ކޮމެންޓްކުރާމީހާ

      މިއަދު އިނގިލި ބޯލާށޭކިޔާފަ މަލާމަތްވެސް ކުރެވިދާނެ....އެކަމަކު މާދަމާ ޤިޔާމަތްދުވަހުން ޖަވާދާރީވާޖެހޭނެކަން ހަނދާންކިރާތި....

      46
      1
      • މ

        ޔާމީނުއާ އޭނާގެ ސަޕޯޓަރުންވެސް.

        1
        13
  15. ތަހުތު

    ސަފީރުކާލޭ2023ގެ ކުރީންކަލޭފަލީހަތްވާނެ ރީދޯކޯލިސަންއަދިއެތިބީހަނު ވަރަށްސަލާން

    40
  16. އައްޑޫ މީހާ

    ކަލޯ ވޯޓުން ވައްކަން ކުރަން ދަންނަ ސައިންޓިސްޓުން ތިތާންގަ ތިބިކަން ނިމިގެންދިޔަ ރިޔާސީ އިންތިހަަބުން ސާބިތުކޮށް ދީފީމެއްނުން ކަލޭ ފަޟީހަތްވާކަހަލަ ވަަހަކައެއް ބަޔަކު ދައްކާއިރަށް ޖުހާ ދައްކާކަހަލަ ވާހަކަ ދެއްކީމަ އޑޕ ގަތިބޭ ޖުހާމެން އަތްޖަހާނެ އެވެސް ކަލޭ ތާއީދު ހޯދަން ކުރާކަމެއް އެހެން ނޫނީ ކަލެއަށް ތިމަގާމުގަ ނުހުރެވޭނެ ކަލޭ ވިސްނާލަބަލަ ކޮބާ ކަލޭގެ އެތިކްސް ވާނުވާގަ ތިޔަ ތެޅިބާލަނީ ބޮޑު ފިނޑިއެއްތީ ކަލޭ ހީވަނީ އަމިއްލަ ކުންފުއްޏެއް ހިންގަނީތޯއްޗެއް ތިޔައީ ވަރަށް ހަމަހަމަ އުސޫލުން ކަންކަން ނިންމުމުގެ މަސްއޫލިއްޔަތު ކޮނޑުގައި އަޅައިގެން ތިބެންޖެހޭ ބަޔަކަަށް ވީހިނދު މުޅިން އެހެން ރާގަކަށް ތިޔަބެރުޖަހަނީ ކަލޯ މަރު ހަނދާން ކޮށްބަލަ މިނުންވެސް އަދި ހަޔާތެއްވޭ

    35
  17. ތާރާ

    ޝަރީފުމެން ހަނދާންކުރާތި. ތިޔަރިޝްވަތަކީއަލިފާން.

    30
  18. އިބޫބޭ

    ކަލޯ ތި ފޮނި ކަނޑާބަލަ އިންޑިޔާ މީހުން ގާތު ދިވެހި ބަހުން. މާ ހިލިގެން ނުތެޅި ލިބުނު ލާރިން ސްޓަރ ސިނަމާ ހުރި ބިންގަންނަން ދޭބަލަ.

    26
  19. ކައުންސެލަރު

    ކަލޯ އަހަރެން ބުނަން ވާހަކައެއް. އުސްތާޛުލް ޖީލް ޝައިޚް ޖަމީލް ދީދީ ލިޔުއްވާފައި އޮއްވާ މަދުށިން މީހަކު ހަދާދޮގު ފޫބައްދަން އިތުރު 40 ދޮގު ހަދަންޖެހޭނޭ. މާނައަކީ ގިނައިން ދޮގުހަދަންޖެހޭނޭ. ބުނަން! ތިޔަހާ ހިފިނުހުރެގެން ތިޔައުޅެނީ ގޯސް ހެދުނީމާ.

    29
  20. މުހައްމަދު

    ލަދުހަޔާތް ކުޑަވިޔަސް ބޮޑުވަރު ތިކަހަލަ ދޮގުވެރި މަކަރުވެރިމީހުން ދައްކާ މުޑުދާރު ވާހަކަ އަޑުއަހާނީ ތިކަހަލަ ޖަރީމާ ހިންގާމިހުންގެ މުއްޕަތުން ދިރިއުޅޭމީހުން ހެހެހޭ

    21
  21. ސަމީރު

    ސައިންޓިސްޓުން އީސީ ގައި އެބަހުތިބި . އެކަމަކު ކަލޭ ތީ އަސާސީ ފެންވަރުވެސް ނެތް މޮޔައެއް. ބޮޑުވަގު

    16
  22. މިއަދު

    ޝަރީފް ހިނިއަޔަށް ރުޅިއަޔަސް ކުރިކަމެއްވާނީ ކުރިކަމަކަށް ނުކުރަކަމެއް ކުރިކަމަކަށް ހެދޭނެ އެއްގޮތެއްވެސް ނެތް 2018 ރިޔާސީ އިންތިޚާބަކީ މިހާތަކަށް ރައްޖޭގައިބޭއްވިއިންތިޚަބުތަކުގެތެރެއިން އިލެކުޝަންސް ކޮމިޝަނުން އެއްމެ ނުބައިހެދި އެއްއިންތިޚާބު އެއީ ޝަރީޕް ފުރިކަމެއް ޤަލަމްތުނޑުލީ އަނގޮޑި ނުހަދަކަމަކަށް ނުވާނެ ވޯޓުކަރުދާހުގައި ކެމިކަލްބޭނުންކޮށް ފާހަގަ ބަދަލުވާގޮތް ނުހަދަކަމަކަށްނުވާނެ އެއީ އެއިރުއޮތް ސަރުކާރާއިގުޅިގެން ހިންގިޖަރީމާއެއްވިއަސް ޝަރީފްއަށް ލިބުނު ބޮޑުއެތިވަރުގެ ބޭނުންކޮށް އެޖަރީމާއަނެއްކޮޅަށްބަދަލުކުރީ ހަމަޝަރީފް ވޯޓުމައްސަލަ ކޯޓުމަރުހަލާޔަށްދަންވީއިރު ވޯޓުކަރުދާސް ނައްތާލީ އެކަމުގެ ސާބިތުހެކި ފޮރުވަން މިއީ އެއްމެންދަންނަ ބޮޑުސިއްރެއް ޝަރީފްގެ ދެވަނަ އިންތިޚާބު އަކީ މިހާތަނަށް ބޭއްވުނު އެއްމެޚަރަދު ބޮޑު އިންތިޚާބު ވޯޓުގަނެވިއްކިކަމަށް ބައިނަލްއަގުވާމީ ފަރާތްތަކުންވެސް އެދަނީ ބުނަމުން ޤަބޫލުކުރިޔަސް ނުކުރިޔަސް ކުރިކަމެއް އޮންނާނީ ކޮށްފައި އިބުރާހިމް މުޙައްމަދު ސާލިހު އެކުރާ ގަނޑިކޮއްކޮ ރައިސްކަމަކީ މިގައުމުގެ ރަޢިއްޔަތުން ވޯޓުދީގެން ހޮވިގެން ކުރާރައިސްކަމެއްނޫންއެއީ މަކަރުހެދިވޯޓުން ،އޮޅުވާލިވޯޓުން ،ރިސްވަތުވޯޓުން ޝަރީފް ދިންވެރިކަމެއް ހެޑްރިކުހަދަންނުކުމެ އެކަން ނުވީ ޝަރީފް ނުބައިރޭވުމަށްރަޢިއްޔަތުން ތައްޔާރުވީމަ އިންޝާﷲ ކައުންސިލްއިންތިޚަބުގަވެސް ބ ކައުންސިލް އިންތިޚަބުގައި ދައްކާލިކުޅި ޝަރީފަށް ދައްކާލަނު

    18
  23. ޢިޔާބު

    ހެހެހެ.. ފައިސާޔާހެދި މިސޮރު މޮޔަވެއްޖެ.. ނަފްސާނީ ބަލި ޖެހި އަވަދިވެއްޖެ.

    17
  24. ހުރާގަނޑު

    ސަރީފޫ ކަލޭ ފައިސާޔަށް ޓަކާ މޮޔަވިިވަރުން ކަލެޔަށް ފެންނަނީީ ކަލޭގެ އޮފީހުން ހުސްސައިންޓިސްޓުން މި ސައިންޓިސްޓުން ލައްވާ ގޯހެއް ނުހަދާތި އަހަރެން ހަމަގައިމު ބިރު އެބަގަނޭ ސަބަބަކީ ނިކުކުލިއަ ޓެސްޓެއް ހަދައި މިރާއްޖެ ކަލޭ ގޮއްވާލަފާނެ ކަމުގެ ބިރު.