ކޮންމެ މަހެއްގެވެސް އެއްދުވަހު މާލޭ ސިޓީގައި އުޅަނދުފަހަރު ނުދުއްވާ ގޮތަށް ކަނޑައެޅުމަށް މަޝްވަރާ ކުރުމަށް ނިންމައިފިއެވެ.

ސިޓީ ކައުންސިލުން މިގޮތަށް ނިންމާފައި ވަނީ، އެއްގަމު އުޅަނދު ދުއްވުން މަނާ ގަޑިތަކެއް ކަނޑައަޅައިދިނުން އެދޭ ކަމަށް ބުނެ، ސިޓީ ކައުންސިލު ޓެގުކޮށް، މީހަކު ކުރި ޓުވީޓަކާއި ގުޅިގެންނެވެ.

އެ ޓްވީޓް ރީޓްވީޓް ކުރަމުން މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވީ، އެކަން ހަމަޖައްސަން ބޭނުންވާ ކަމަށެވެ. އަދި އެކަމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މިޑީއާތަކަށް މައުލޫމާތުދެއްވަމުން ޝިފާ ވިދާޅުވީ، މިކަމަކީ ގިނަ ބަޔަކަށް އުފާވެރިކަން ލިބޭ ކަމަކަށް ވާތީ މަހަކު އެއް ފަހަރު "ވެހިކަލް ފްރީ" ދުވަހެއްގެ ގޮތުގައި ކަނޑައަޅަން މަޝްވަރާ ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިކަން ކަނޑައަޅާނީ ކަމާއި ގުޅުން ހުރި ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށްވެސް ވިދާޅުވިއެވެ.
ހާއްސަ ދުވަސްތަކާ ގުޅުވައިގެން، މިހާރު ވެސް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާކުރެއެވެ. އަދި މިގޮތަށް ކޮންމެ މަހެއްގައި ނިންމައިފިނަމަ ގިނަބަޔަކު އެކަން ބަލައިގެންނާނެކަން ޔަގީނެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ދދދދދދ

    . އަޅުވެތިކޮށް ހަފުސް ކޮށްލާ. ބޮޑު މުސީބާތެއް މިއޮތީ.

    16
    3
  2. މައި ބީl

    އާން. އޭރުން ފޮށި ތަންމަތި ކިހިލި ޖަހައިގެން އަހަރެން ފުރަންދާނަން. ާ

  3. ސަޒީނާ

    މި ސަރުކާރައް ގެނެވޭނީ މިކަހަލަ ތަރައްގީ.. އެއްވެސް ތާކުންތާކު ނުޖެހޭ ސުރުހީތަކުން އަދިވެސް އަރައިނުގަނެވިގެން އުޅެނިކޮއް މިޔޮއްގެން އަންނަނީ 2020 ވަނަ އަހަރު. 2020ގެ ތަސައްވުރައްބަލާއިރު ކިރިޔާވެސް ފާހަނގަކޮއްލެވޭ ތަރައްގީއެއް ގެނުވިފަ އޮތީ ރައީސް ޔާމީންގެ ވޭތުވެދިޔަ ފަސް އަހަރު. އެއީ ބުރިޖްއާއި އެޔާޕޯޓް އެކްސްޓެންޝަން އާއި ދަރުމަވަންތަ އާއި 23 ރަށެއްގެ ބަނދަރާއި އަދި 50އެތައް ރިސޯޓަކާއި އެމްބޫދޫގެ ބިޔަ މަޝްރޫއާއި.. މަލޭގެ ތާރުއެޅިމަގުތަކާއި މާލޭ އިންޑަސްޓުރިއަލް ޒޯނާއި އައްޑޫގެ ހޮސްޕިޓަލާއި..މި ކަންކަމެވެ. މި ސަރުކާރައް އަދި ފޮޑިޔެއް ހާހިސާބުވެސް މިއުޅެނީ ނުޖެހިގެން.

    11
    2
  4. އަހްމަދު

    މާލެސިޓީކައުންސިލް ޓެގްކޮށް ކުރަންއެދޭކޮންމެކަމާމެދު މަސްވަރާކުރާގޮތައްތޯ އޮތީ އެހެންކަމައްވާނަމަ ވަރައްގިނަކަންކަން އެބަހުރި

    4
    1
  5. ޢަލީ

    ވ ރަނގަޅުކަމެއް އަސްލުވެސް..ކޮބާތަ ކުޅުޖެހުން މަނާކުރާ ގާނޫނު ދެލޯފުޅާ..ބަންގާޅުވެރިންގެ ކުޅުޖެހުމާހުރެ މަގުމަތީ ހިނގޭވަރުނުވޭ ދިމާވިތާކަށް މޫނަށް ދިމާވީ މޫނަށް މީހަކުގެ ގަޔަށްދިމާވިޔަސް ހަމަ އޯކޭ..މިކަމަކާހެދި ބަލިތައް ފިލާނުދޭ...

    3
    3
  6. އަދާލަތު

    މިއީ ވަރަށް ރަނގަޅުކަމެއް. ރާއްޖެތެރެއިން މާލެ އައިސް ކުދި ދަރިންތަކެއް ގޮވައިގެން ކޮޓަރީގައި ބަންދުވެފައިތިބޭ ކުދިންނަށް އުފައުވެރި ދުވަހަކަށް އުއްމީދުކުރަން. މައްސަލަޔަކީ، އެފަދަ ދުވަސްތަކުގައިވެސް މަގުމަތި އަމާން ނުވާތީ. ބަންގާޅު ބައިސްކަލާއި، ޒުވާން ސައިކަލްތައް ކޮންޓްރޯލް ނުކުރެވޭތީ.

    4
    3
  7. ޒައިޝާ

    ވަރަށް ރަގަޅު ކަމެއް.

    1
    1