ރަށްރަށާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ލީޒް އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި އެމްއެމްޕީއަރުސީއަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއެބަލް" ޖަހާފައިވާ ހަ ޗެކެއް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެސްއޯއެފަށް ޖަމާކޮށްދީފައިވާ ކަމަށް، ކޮރަޕްޝަންގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ ކޮމިޝަނުން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެކޮމިޝަނުން ފޮނުވި ސިޓީއެއްގައެވެ.

އެ ސިޓީގައި ވަނީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން ކޮމިޝަނުން ހޯދާފައިވާ ލިޔެކިޔުންތަކުން އެ ކުންފުންޏަށް ލިބިފައިވާ ޗެކްތަކުގެ ތެރެއިން "ނޮޓް ނެގޯޝިއެބަލް" ޖަހާފައިވާ ހަ ޗެކެއް ބީއެމްއެލްއިން އެންޑޯޒްކޮށް، އެސްއޯއެފްގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަން އެނގޭ ކަމަށެވެ.

"އެ ބޭފުޅުން އެބަ އޮތް އަޅުގަނޑަށް ސިޓީއަކުން ލިޔެފައި، ކޮމިޝަނުން ބަލަމުންދާ އެމްއެމްޕީއާރުސީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލައާ ގުޅިގެން ހޯދާފައިވާ ލިޔެކިޔުންތަކުން ފެންނަ ގޮތުގައި އެމްއެމްޕީއާރުސީއަށް ރަށްރަށާއި ފަޅުތަކުގެ ލީޒް އެކިއުޒިޝަން ކޮސްޓުގެ ގޮތުގައި ލިބިފައިވާ ޗެކްތަކުގެ ތެރެއިން ނޮޓް ނެގޯޝިއެބަލް ޖަހާފައިވާ ހަ ޗެކެއް އެންޑޯޒްކޮށް ބީއެމްއެލް އިން އެސްއޯއެފްގެ ނަމުގައި އެ ބޭންކްގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގެއޭ" ނަޝީދު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވިއެވެ.

ނަމަވެސް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މީގެ ދެ ހަފްތާ ކުރިން ވިދާޅުވީ އެމްއެމްޕީއާރުސީއަށް ލިބެން ޖެހޭ ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ޗެކްތައް އެންޑޯޒްކޮށްގެން އަމިއްލަ ކުންފުނިތަކަކަށް ޖަމާކޮށްފައި ވަނީ ބީއެމްއެލްގެ އިހުމާލުން ނޫން ކަމަށެވެ. އޭނާ ވިދާޅުވީ ޗެކް އެންޑޯޒް ކުރުމުގައި ބީއެމްއެލް އިން އަމަލު ކުރީ ތަފާތު ކުރުމެއް ނެތި، އޭރު އޮތް ގަވާއިދުތަކާއި އުސޫލުތަކުގެ ތެރެއިން ކަމަށެވެ.

ޝަރީފް މަޖިލީހުގެ ކޮމެޓީގައި އެހެން ވިދާޅުވުމުން މަޖިލީހުގައި އިތުރުފުޅު ހެއްދެވީ ކަމަށް ވިދާޅުވެ ފުލުހުން މިހާރު ގެންދަނީ މައްސަލައެއް ތަޙްޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ބާރީ

  ބީއެމް އެލް އުވާލާ.... އިންޑުޔާ ބެންކުން ތިހެން ނުވާނެ....

  8
  3
 2. ސޫދު

  ބައްލަވާ މިތިބީ މިކޮމިޝަނުގެމީހުންގެ ގަމާރުކަން އަޅުގަނޑައް ސިޓީއެފޮނުވަނީ އަޅުގަނޑުތޯ ތަހުގީގުކުރަނީ އަޅުގަނޑު މިކުރާކަމަކީ މިތިއްބެވި މެންބަރުން އެކިއެކިފަރާތްތަކާ ކުރަންބޭނުންވާސުވާލުތަކައްފުރުސަތުދެނީ މިވަރުވެސް މިކޮމިޝަނުގެރައީސަކައްނޭންގެ

  10
 3. ޫތޔތ

  ޖުހާ ބުނީކީކޭކަން އެނގޭތަ ޖުހާބުނީ ނޭގޭމީހަކައް ކިތަންމެވަރަކަށް ބުނެދިނަކަސް ނޭގޭނެޔޭ

  • ދޮގެއް؟

   ޖުހާ ބުނީ އެމަނިއްޕުޅު ވިދާޅުވީ އެހެންނަކުން ނޫނޭ އެ މަނިއްޕުޅު ވިދާޅުވީ މިހެންނޭ.

 4. ދދދދދދ

  ދޮގެއް ނޫނީ ނުހަދާ މީހަކު ބުނެގެން ތިވާހަކަ ކިހިނެއް ގަބޫލު ކުރަނީ؟ ކުޑަކޮށްވެސް އިތުބާރު ކުރެވޭ ޒާތު މަސްދަރަކުން ތިވާހަކަ ހާމަ ކޮށްބަލަ. ބޮޑު ވަގެއް، ބޮޑު ޓެރަރިސްޓެއް، ބޮޑު ބާޣީއެއް ދައްކާ ވާހަކަ ކިހިނެއް ގަބޫލު ކުރާނީ!