ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގައި ހިނގާ އެކްސިޑެންޓްތަކުގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށާއި އެއީ މުޅި މުޖުތަމަޢަށް ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެއްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް ފައިސަލް މިހެން ވިދާޅުވީ ދަރިވަރުންނަށް އަމާޒުކޮށްގެން މިއަދު ފެށި "ރޯޑް ސޭފްޓީ ކެމްޕޭން" އިފްތިތާޙްކުރުމަށް ހިރިޔާ ސްކޫލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖޭގެ ސްކޫލްތަކުގެ ދަރިވަރުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވައި މަގުމަތީގެ ޤަވާއިދުތަކަށް އަހުވެރިކުރުވުމުގެ މަޤުޞަދުގައި މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ފަރާތުން ކުރިއަށްގެންދާ "ރޯޑް ސޭފްޓީ ކެމްޕޭން" އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، މަގުމަތީގައި ދުއްވާއެއްޗެހި ދުއްވުމުގައި އެކަކު އަނެކަކަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސް ކުރައްވާފައެވެ.
ދަަރިވަރުންނަށް ފިލާވަޅުތަކެއް ނަގައިދެވޭނީ ކްލާސްރޫމްގެ ތެރެއިން އެކަނި ނޫން ކަމަށާއި މިއަދު ހިނގަމުން މިދާ ޙަރަކާތަކީ ވެސް ކްލާސްރޫމުން ބޭރުގައި ދަރިވަރުންނަށް ދަސްކޮށްދެވޭ ވަރަށް މުހިންމު ފިލާވަޅެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނައިބު ރައީް ވަނީ ރަނގަޅު ޖީލެއް ބިނާކޮށް މުޖުތަމަޢު އަމާން ތަނަކަށް ހެދުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރާ މުދައްރިސުން ކުރާ މަސައްކަތް ފާހަގަކުރައްވައި، ދަރިވަރުންނާއި ރައްޔިތުންގެ ނަމުގައި މުދައްރިސުންނަށް ޝުކުރު އަދާކުރައްވައިފައެވެ.
ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނެއް އެކުލަވާލައި ސަރުކާރުން ކުރިއަށް ގެންދާ ރޯޑް ސޭފްޓީ ކެމްޕޭނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށްޓަކައި މަގުމަތީގެ ޤަވާއިދުތަކަށް ރައްޔިތުން އަޙުލުވެރިކުރުވުމުގެ ގޮތުން ނޭޝަނަލް ރޯޑް ސޭފްޓީ އެކްޝަން ޕްލޭނާ އެއްގޮތަށް ހިންގާ ދިގުމުއްދަތުގެ ކެމްޕޭނެކެވެ.
ބަލަ މިހިރަ ނައިބާ! ވޯޓުން ވައްކަންކޮށްގެން ފޭރުނު ވެރިކަން މަޖުތަމަޢަށް ބޮޑު މުޞީބަތަކަށް ވެއްޖެ!
ބަލަ ކަލޭ ފޯއްމުލަކު ލިންކުވެސް ތިހަދަނީ އެކްސިޑެންޓުތަކަށް މަގުފަހިވާގޮތައް ހަނިކޮށްކަން އިނގޭތަ
އޭނަާއިބޫ ކަލޭމިހާރު އަގަފެޅީތައް ކަލޭގެހުރިބޮޑާކަމާ ފޮނިކަން ރަށުމީހުންނައް ދައްކާލާފަ ނޫންތަ ތިހުރީ
މުއިއްޒުގެ ކަންތައް