މިއަހަރުގެ ބައިނަލް އަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބާއްވާ އަތުގުޅާލުމުގެ ހަރަކާތާއިގުޅިގެން މާލޭ ރިންގްރޯޑުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މާލޭ ސިޓީ ކައުންސިލުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ކުރެއްވި އިއުލާނެއްގައި ވިދާޅުވީ ބައިނަލްއަޤްވާމީ ރަޙްމަތްތެރިކަމުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ހޯމްއެފެއާރޒުން އިންތިޒާމްކޮށްގެން ބާއްވާ އަތުގުޅާލުމުގެ ޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ޖުލައި 30 ވަނަ ދުވަހުގެ ހަވީރު 04:30 ން 06:00 އަށް ރިންގްރޯޑުގައި އިންޖީނުލީ އެއްގަމް އުޅަނދު ނުދުއްވާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

މިގޮތަށް ހަމަޖައްސަންޖެހުނީ ލާމަރުކަޒީ ޤާނޫނުގެ 42 ވަނަ މާއްދާގެ (ޖ) ގައިވާ ގޮތުގެމަތިން މާލޭ ސިޓީކައުންސިލުން ދޭންޖެހޭ ޚިދުމަތެއް ކަމުގައިވާތީ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ހަވީރު 04:30 އިން 06:00 އާއި ދެމެދު އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ރިންގްރޯޑުގައި ދުއްވޭނީ ވަކި ހާއްސަ އުޅަނދުތަކަކަށެވެ. އެއީ ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދު، އެމްބިއުލެންސް، ޚާއްސަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަ ކުރެވިފައިވާ ސައިކަލް އަދި ޕަބްލިކް ޓްރާންސްޕޯރޓްގެ ގޮތުގައި ދެމުންގެންދާ ބަސްތަކެވެ.

މިއެންގުމާއި ޚިލާފްވާ ފަރާތްތައް އެއްގަމު ދަތުރު ފަތުރުގެ ޤާނޫނުގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެކަމަށް ވެސް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކުޅަދާނަ

    ސާބަސް ރައްޔިތުންނައް ދަތިވާނެކަމެއްވިއްޔާ ހަމަކޮންމެހެންވެސް ސިޓީކައުންސިލުން ކުރެވޭތޯބަލާތި ހަފުތާއަކު ތިންދުވަހު ވެހިކަލް ދުއްވޭގޮތައް ހަދަންވީނު

    25
  2. މަމެން

    މީ ކޮށްފަ ނުކުރާނެ ކަމެއް ނޭންގިގެން ކޮންކަމަކާ ތެޅިއަރުވާ ބައެއްތަ.ކަމެއް ކުރާހިތްވަންޏާ ބަންގާޅީން ކަރުކެހިކެހިފަ މަގުމަށްޗަށާ ސައިކަލު ތަކަށް ތަޅާ ކުޅު ތެޅުން ހުއްޓުވަބަލަ ކަލޭމެން އެންމެން.ނުކިުމެގެން ނަމަވެސް

    24
  3. ފުއްކޭ

    ގަލޮޅުދަނޑު.ހެންވޭރުދަނޑު.ސްޓޭޑިއަމް.ވަދެތިބެބަލަ އަތާފަޔާ ގުޅައިގެން ކޮންމެހެން ދުއްޕާން ކުުރަން މަގުތަކަައް ނުނުކުތަކަސް ވެދާނެދޯ.

    18
    1
  4. ސެއިޚް އިލްޔާސް ސެއިހް

    މިހާރު ވަރަށް ގިނައިން ފެނޭދޯ ތާރުއެޅިމަގާއި މާލޭ ރިންގްރޯޑުވެސް މިހާރު ސަރުކާރު ހަފްލާއެއް ބާއްވަންވިޔަސް ތިނޫން ތަންތަނެއް ނުފެނެނޭ

  5. މިނިވަން

    މިމީހުން ނަށް ނޭގޭ ތަ ހައްޖައް ބަޔަކުފުރާކަމެއްވެސް ބޮޑު ވަބާއެއްތަ މީ ބަލާއޭގައުމައް މެދުވެރިވީ….ހަލާކާގެއްލުމާލިބިގެން ..