މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު، ދައުލަތުން ރިކަރަންޓް ހަރަދަށް ހޭދަކުރި މިންވަރު މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ އެއް ބިލިއަން ރުފިޔާ އިތުރު ވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ރިކަރަންޓް ހަރަދުގެ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަ މަހު ނުވަ ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި ހޭދަކޮށްފައި ވަނީ 8.3 ބިލިއަން ރުފިޔާ އެވެ.

މި އަހަރުގެ ފުރަތަމަ ހަ މަހު މުސާރަ އާއި އިނާޔަތްތަކައް ހޭދަކުރި މިންވަރު ވެސް ވަނީ އިތުރުވެފަ އެވެ. މި އަހަރު ފުރަތަމަ ހަ މަހު 4.8 ބިލިއަން ރުފިޔާ ހަރަދު ކުރި އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި މުސާރައާއި އިނާޔަތްތަކަށް ހޭދަވީ 4.5 ބިލިއަން ރުފިޔާ އެވެ.

ރިކަރަންޓް ހަރަދު ބޮޑުވި ނަމަވެސް މި އަހަރުގެ މިހާތަނަށް ސަރުކާރުން ހޭދަކުރި މިންވަރު މިދިޔަ އަހަރަށް ވުރެ ކުޑަ އެވެ. މިއަހަރުގެ ފުރަތަމަ ހަ މަހު 11.7 ބިލިއަން ރުފިޔާ ހަރަދު ކުރި އިރު މިދިޔަ އަހަރު ހަރަދު ކުރީ 12.7 ބިލިއަން ރުފިޔާ އެވެ.

ޚަރަދު ކުރި މިންބަރު މަދުވި ސަބަބަކީ މަޝްރޫއުތަކަށް ހޭދަކޮށްފައިވާ މިންވަރު މަދުވުމެވެ. މިދިޔަ އަހަރު ފުރަތަމަ ހަމަސް ދުވަސް ތެރޭ މަޝްރޫއުތަކަށް 4.4 ބިލިއަން ރުފިޔާ ހޭދަކޮށްފައި ވާއިރު މިއަހަރު ފުރަތަމަ ހަ މަހު ހޭދަކުރީ 2.6 ބިލިއަންގަ އެވެ. ތަފާސް ހިސާބަށް ބަލާއިރު މިދިޔަ އަހަރަށް ވުރެ މި އަހަރު މަޝްރޫއުތަކަށް ހޭދަކުރި މިންވަރު ގާތްގަނޑަކަށް ދެ ގުނަ މަދެވެ.

ރައީސް ޞާލިހްގެ ސަރުކާރަށް އަށް މަސް ދުވަސް ފުރިހަމަ ވެފައި ވާއިރު ސަރުކާރުގެ ސްޕީޑް މަޑުކަމަށް ބުނެ ވަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައެވެ. ސަރުކާރުގެ ސްޕީޑް މަޑުކަމަށް ސަރުކާރުން ވެސް އެއްބަސްވެއެވެ. ސަރުކާރުން ވިދާޅުވާ ގޮތުގައި މަސައްކަތްތައް ލަސް ވަނީ ރޭވުންތެރިކަމާއި އެކު ކަންތައްތައް ކުރަން އުޅޭތީއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މާކުންބެ

    ކުރާނެ. މިހާރުވެސް ހެލްތު މިނިސްޓަރ ހިންގާ ޖަރީމާތައް އެބަޖެހޭ ރަނގަޅަށް ބެލެން. މިކަން ވަރަށް ސީރިއަސް.

    16
  2. ރީންދޫ

    ރޭވުންތަކެއް ރާވައިގެންނޫންތަ ވެރިކަމަށް އައިސް ތިތިބީ

    15
  3. ޝާފިޢު

    ތިޔައީ އެނގިގެން ކައްވައިލި ޢަދަދު! އެއީ ގާތްގަނޑަކަށް 6 މިލިޔަން ޑޮލަރު! އެކަމަކު އަޅައިގަނެގެން މި އުޅެނީ ބޭނުންނުކޮށްހުރި 1 މިލިޔަން ޑޮލަރާ! ޙަޤީޤީ ވަގުންނަކީ ކޮބއިކަން މިހިރަ ސާފުވަނީ! އަހަރީ ބަޖެޓަށް ފާސްކުރި 32 ބިލިޔަން ރުފިޔާއިން ރިކަރަންޓް 40 ޕަސެންޓް އުނިކުރީމާ ބާކީހުރި އެތަކެއް ބިލޔަންރުފިޔާ ވަނީ ބަނޑުއަޅާފަ! ހަމަ ގައިމުވެސް އެ ފައިސާއިން މަސައްކަތެއް ކުރާތަނެއް ނުފެނޭ! މިހާރު އެ އުޅެނީ އަލުން ސަޕްލިމެންޓްރީ ބަޖެޓޭކިޔައިގެން ދައުލަތް ދަވާލަން.! ވަގުންނަކީ ކޮބައިތޯ؟

  4. މިއަދު

    ހަމަސް ދުވަސް ތެރޭ ސަރުކާރުން އެއް ބިލިއަން ރުފިޔާ އިތުރަށް ޚަރަދުކޮށްފި
    ތިއަކީ ރައިސްސާލިހުގެ ވަޢުދެއްނޫން ފުރަތަމަ 6 މަސްދުވަހު ހުރިހަރަށަކުން ގޯތިދޭންބުނި ކޮބާ ނުވިތާ ފުރަތަމަ ދުވަހު ރިލްވަނަށް ވީގޮތް ހޯދަންބުނި ކޮބާނުވިތާ

  5. ނޯޖަވާނު

    ތަރައްޤީ މަސްރޫއުތަށް އެއްކޮށް ވަޅުޖަހާފައި. 8 މަސް ވާއިރު ތިޔަ ބުނާ ރޭވުންތެރިކަން ނުދެއްކިގެން އުޅޭ ބަޔަކަށް 8 އަހަރުވިޔަސް ނުވާނެ.. މުސާރަޔާއި އިނާޔަތް ތަކަށް ކުރި ހޭދަ މި ހަމަސް ދުވަހު ބޮޑުކަމަށް އެއިތީ ޔާގުންޑާ ސަރުކާރަށްވުރެ ޕާޓީ މީހުންނަށް މަގާމުތައް އުފައްދާފަ ސިޔާސީ މަގާމު ގިނަވީމަ... ބަޔަކު މުސާރައެއް ބޮޑެއް ނުކުރޭ... ޔަހޫދީ ރޭވުންރާވަނީ މޯދީ އެކީގައި

  6. އަހްމަދު

    މިސަރުކާރު ކިހާދަގަ. އެބުނީ ވިއްޔާ 6މަސްދުވަހުގެ ތެރޭގައި ކުރީސަރުކާރުން ޚަރަދު ކުރިވަރަށްވުރެ 1ބިލިއަންރުފިޔާ އިތުރަށްޚަރަދުކުރިވާހަކަ. ރައީސްސޯލިހަށް އައްސަރިބަހާ ސާބަސް . ރައްޔިތުމީހާގެ ޖީބު ފުރި ބަންޑުންވަނީ. ބާރަށްކުރިއަށް.

  7. އ. ޖ. އ

    އާމްދަނީ ވެސް ބޮޑުތަނުން އިތުރު