ދީނީ އިލްމުވެރިޔާ އައްޝައިޚް އިލްޔާސް ހުސެއިނަށް މެލޭޝިއާގެ އެމްބަސީގެ ރަމްޒީ މަގާމަކަށް އައްޔަން ކުރައްވައިފިއެވެ.

އިލްޔާސް އައްޔަން ކުރެއްވީ ކައުންސެލަ ޓު ދަ އެމްބެސެޑަރުގެ މަގާމަށެވެ. އިލްޔާސް އާއިލާ އެކު މެލޭޝިއާގައި ދިރިއުޅުއްވާތާ މިހާރު އަހަރުތަކެއް ވެއްޖެއެވެ.

ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވީ އިލްޔާސް އައްޔަން ކުރެއްވީ ހަމައެކަނި ރަމްޒީ މަގާމަަކަށް ވާތީ އިލްޔާސަށް މުސާރަ ނުވަތަ އިނާޔަތެއް ވެސް ލިބިވަޑައެއް ނުގަންނަވާނެ އެވެ.

އިލްޔާސް އަކީ ރައީސް ޞާލިހްގެ ސަރުކާރު ވެރިކަމަށް ގެންނަން އެންމެ ވަރުގަދަ އަށް މަސައްކަތް ކުރެއްވި ދީނީ އިލްމުވެރިޔާ އެވެ. އޭނާ ވަނީ ރައީސް ޞާލިހަކީ ކީރިތި ރަސޫލާ صلى الله عليه وسلم ދުޢާ ދެއްވާފައިވާ ފަދަ ބޭފުޅެއް ކަމަށް ވެސް ވިދާޅުވެފައެވެ.

އިލްޔާސަކީ ކުރީގެ ރައީސް ނަޝީދު ވެރިކަމަށް ގެންނަން ވެސް 2008 ވަނަ އަހަރު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ފަހުން ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާ، ނަޝީދުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ވެސް އިލްޔާސް ކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. ނުބައްލި

    މުސާރަނުލިބޭ ވަޒީފާއެކޭ... ހެހެހެހެހެ...
    ހަރާމް ވާނެ.

    84
    2
  2. އަބުޅޯ

    އެހެންވިއްޔާ މަހަކު ލައްކައެއް ނަގާނެ. ހެހެހެ.

    73
    3
  3. އެދުރުކަލޭގެ

    ކައުންސެލަ ޓު ދަ އެމްބެސެޑަރު، އޮޅުވާލިޔަސް މިއީ އެންމެ ބޮޑުއެއްމުސާރަ ދަޢުލަތުން ދޭ ވަޒީފާއެއް. މުސާރައާއި އިނާޔަތްތަކާއެކު 150000 (އެއްލައްކަ ފަންސާސް ހާސް ރުފިޔާ) މިމަގާމަށް ލިބޭނެ

    67
    4
  4. މިކީ

    ޝާހިދުގެ ދަރިވެސް ހުރޭ ތި މަގާމުގަ އެކަމަކު ލައްކަ އަކައްވުރެ ބޮޑު މުސާރަ ނަގާ

    72
  5. ހަސަނު

    ޔާމީން ގެންނަންވެސް މަސައްކަތް ކުރެއްވި

    15
    47
  6. ބެއްޔާ

    މުސާރައެއްނުލިބޭނެ! އެކަމަކު 25000ރ ގެ އެލަވަންސް އެއް ލިބޭނީ!

    55
    3
  7. ކުޑަމުހައްމަދު

    ތިޔައިލްމުވެރިޔާއަކީ މޮޅުމީހެއްއިލްމީހެއް އެންނަމަވެސް އަގަބޮޑުކަމުން މިހާރު އެއްމެއިތުބާރުނުކުރެވޭ ބޭފުޅަކީވެސްއ އިލްޔާއެއީކުޑަކުދިންހެން އަބަދު ވާހަކދައްކާ އޮޅުވާލާފައި ދޮގުހަދާތީ މިސޭހަކީ ހަމަ މަހުލޫފްކަހަލަ އަގަނބޮޑު ކުޑަސޭކްގޮތްހުންނަމީހެއް އަހަރެން މިހާރު މިސޭހުންއަދިމިސޭކް ދައްކާވާހަކަ ބަލައެއްނުގަންނަށް އަދި މިސޭހަށްވެސް މަތީ މަގާމެއްނުދޭތީއެގޮތަށް އެއުލޭނީ މިހާރު ރަގަޅުވާނެ މަގާމެއްލިބުނީއެއްނު މިހާރާ އިބޫ،ނަސީދުވަރެއްނެތް ކުރިންމިއިމުނާފިގުން އެހެންވަނީ އަލީޒާހިރު ސިދާތަމެންން އިމްރަނުމެނަށްވީގޮތް ބަލަ ހަމަ ހަރާން އެހެންނުުވާނީ ޒިންމާނުވާތި ހަތރަން

    49
    3
  8. ފެންނަގޮތް

    އުޖޫރަ ނުދީ މަސައްކަތް ކުރުވުމަކީ ދީނުގައި ހުއްދަ ކަމެއްބާ

    59
  9. އަޙްމަދް

    ކޮއްމެ ވެެރިކަމަކަށް عقيدة ބަދަލުވާ ދެމޫނުގެ ޝޭޙުން!

    65
    1
  10. އަން

    މުސާރަ ދޭނެ ކަމެއްނެތް. ހަތަރު ކަންނެލި އޮޑި ދިނީމަ ރަގަޅު ވާނެ. ސޭކު ހަމަ ރަގަޅު ސޭކެއް

    60
    5
  11. އިލްޔާސް

    މަކަރާއި ހީލަތް ދޯ؟؟؟؟؟؟؟؟

    57
    3
  12. 0ޓުދަ ބަނާނާ ސަރުކާރު

    ރައްޔިތަކުލައްވާ މަސައްކަތް ކުރުވާފަ އުޖޫރަނުދޭ ސަރުކާރެމީ.. މިސަރުކާރާ ދެކޮޅަށް ދައުވާކުރުމަށް ރައްޔިތުން ކޯޓަށް ދާންވީ.. ސަރުކާރު އެއްބަސްވެއްޖެ އުޖޫރަނުދޭކަމަށް.. ސަރުކާރުގެ އެއްވެސް މަސައްކަތެ މަސްއޫލިއްޔަތެ ޒިންމާއެ މީހަކާ ހަވާލުކުރެވޭނީ ކޮންމެވެސް އުސޫލެއްގެތެރެއިން.. އޭގެތެރޭގަ ހަވާލުކުރެވުނު ޒިންމާ މަސްއޫލިއްޔަތަށް ކަޑައެޅޭ އުޖޫރަ ހާމަކޮށް އިގެންޖެހޭނެ.. މިސަރުކާރުގެ ކޮމިޝަންތަކަށް ދޭމުސާރަ އިގޭމީހަކު އެބަހުރިބާ ހިލޭ ސާބަހައްތަ ކޮމިޝަނުގަތިބީ.. މިއީ އޮޅުވާލުން ވައްކަން ކޮރަޕްޝަން..

    35
    1
  13. ސަހާދާ

    ބަރާބަރު! ޢިމްރާނުސޭކުގެ އަގަ ފެހިގޮތަށް މިގޮލާގެވެސް އަގަފަހާފަ ބަހައްޓާ ! އޭރުންތާ ކަލޭމެންނަށް ރަގަޅަށް ދައުލަތް ދަވާލެވޭނީ! ޢިމްރާނުސޭކުވެސް މަޤާމު ދަމަހައްޓަން ބޭނުންކަން އޮތީ ހާމަވެފަ!

    47
  14. ރަސީދު

    މުސާރަ ނުލިބޭ ޕާސް ޕޯޓުލިބޭ ޑިޕޮލޮމެޓިކެއް، ހުރި ވާމީހުން އިބޫހާ މޮޔައެއް ނުވާނެ

    37
  15. ޢިޅިޠާށް

    ދެން ޑިޕްލޮމެޓިކު ޕާސްޕޯޓުގަ މީނާ އާއި މީނާގެ އަންހެނުން ދަތުރު ކުރަމުންދާތާ މިހާރު ކިތައް މަސް ވެއްޖެ؟! މީނާގެ އަންހެނުންވެސް ހުރި އެމްބަސިޑާގެ އެއްޗަކަށްތަ އޭނައަށް ޑިޕްލޮމެޓިކު ޕާސްޕޯޓު ދީފައޮންނަނީ؟ އަދި ހައްޖު ކޯޕަރޭޝަނުގެ ކޮން މަޤާމެއްގަ އިލިޔާސް ހުރީމަތަ އެތަނުން މުސާރަ ލިބޭކަމަށްވަނީ؟

    32
  16. އިލާ

    މިފެންނަނީ ތިކިޔާ މިރާއްޖޭގައުޅޭ މަޝްހޫރުކަމައްކިޔާދީނީ ޢިލްމްވެރިންގެ ފެންވަރު އެހެންތާވާނީ މަށައްވެސްމަޤާމެއްބޭނުންވާނެތާ މަށާއެކީއުޅުނު އަނެއްކަލޭގެވެސް އެހެރީ މިނިސްޓަރުކަމުގަވިއްޔަ އަމިއްލައެދުމައްގޮސް ހުސްވެފަ ރުޅިއަޔަސް ދައްކާފަހުރިވާހަކައިން މިއެއްޗެހި މިލިޔުނީ އަމިއްލައައް ވިސްނުމައް

    34
  17. ނޫރު

    ބަލަ ު މުސާރަ ދިނަސް ހަމަ އޯކޭ ނުންތޯ، އެއްވެސް މަސްއޫލިއްތެއް އުފުލޭތޯ އުޖޫރައަކާނުލާ. އެމްބަސީގެ މިނިސްޓަރ އޭކިޔާފަ ބަހައްޓާ. މިފަދަ މީހުންގެ ބޭނުމަކީ މާއްދިއްޔަތުގެ ލޯބި.. ޕީއެޗްޑީ ހަމަޔަށްކިޔަވާއިރު ދަތިވާނެ، އަދި ސޭޓް ދެއްވި ދޯނި ހަދިޔާ އިން މާބޮޑް އިންކަމެއްނުލިބޭ ނުންތޯ.

    28
  18. ރާނީ

    ފަތްޖަހާފަހުރި ފޮތިތައް ނިއުޅާފަ އަލުން ފަތްޖަހަން ދިން ވަޒީފައެއްދޯ؟ މުސާރައެއް ނުލިބޭނެ! ލިބޭނީ އެޕާޓްމެންޓްގެ ކުއްޔާ ލިވިން އެލަވެންސްގެގޮތުގައި ދެވޭ 100000 ރުފިޔާ! މި މިސްމީހުންނަކަށް މިއަދަކު ޙަރާމެއް ޙަލާލެއް ނޯންނާނެ! ރައްޔިތުންގެ ޚަޒާނާ ކަމެއްނުކޮށްތިބެ ކައި ހުސްކުރިޔަސް އެ ވަންނަނީ ތމާމީހާގެ ފައިކޭޓަށް ކަމަށް ވާނަމަ އެވާނީ ޙަލާލު ފައިސާއަށް!

    31
  19. ނޫސްކިޔާމީހާ

    މަޖާ، މުސާރަ ނުލިބޭގޮތައް، މިހާރުވެސް ދިރިއުޅެނީ ލަފާކުރެވޭގޮތުން މެލޭޝިޔާގަ، އެހެންވީމަ ދެންތިންމަސް ހަމަވުމުން ވިސާ އެކްސްޕަރއެއްނުވާނެދޯ، ވިސާ ފުރީކޮށްލީތަ، އޮޅުވާލުމަކަށްނުވާނެތައް.

    34
  20. ކުޑަބަޖަރާ

    މުސާރައަކަށްނޫން ، ހިލޭސާބަހަށް ރައްޔިތުންނަށް ޚިދުމަތް ކޮށްދިނުމަށް. ބައިނަލް އަގްވާމީ ގަވާއިދުގައިވާގޮތުން ހިލޭސާބަހަށް މަސައްކަތްކޮށްދޭ ފަރާތަކަށް އެލަވަންސް ދޭންޖެހޭ. ކެއިން ބުއިމާއި ހުންނާނެތަނެއް ހަމަޖައްސާދޭންޖެހޭ. މިވީގޮތުން މުސާރައަށްވުރެ މާރަނގަޅެއްނު. މުޅި އާއިލާގެ ހުރިހާ ޚަރަދެއް ސަރުކާރުން ބަލަހައްޓާދޭ ގޮތަށް އިބޫ އެ ހަމަޖައްސާދިނީ. ވަﷲއަޢްލަމް.

    19
  21. އަމާކުންޑި

    ހަމަ ޔަގީނުންވެސް ދޫވެއްސަށްް ވަން ފައިސާ ހަލާލެއް ނޫން! ޔާނު

    3
    13
  22. ލާބަ

    ބޮލުގެ އެއްޗެއް ހަދާފަ އެއޮތީ. އާއިލާ އާއެކީ އުޅެން ފަސޭހަ ކޮށްދީފަ އެއޮތީ. ކޮބާތޯ ކަރެޕްޝަނަކީ...

    17
    2
  23. ކެކެކެ

    ކަންނެލި އޮޑިއެއް ދިނީ ދޯ؟

    18
  24. މީހާ

    ތީ ޕަޕެޓެއް

    14
    1
  25. ޛސޖސހ

    ތީ އިލްޔާސް ކިޔަވަން ހުންނަ މުއްދަތުގައި އެކޮމޮޑޭޝަން ފްރީކޮށް ބަހައްޓަން ޖެހި މަޅިޔެއް. ރައްޔިތުންނަކީ މޮޔައިން ކަމަށްތަ ހީކުރީ.

    16
    1
  26. ސައްޔިދު ދީދީ

    މެލޭގަ ހުރުމާ ކެއުން ދަތިވީމާ އެކަން ހަމަޖައްސައި ދެން ދައުރަކަށް މިސަންގި ތައްޔާރު ކުރަނީ.

    20
  27. ޢަލީ ހަމީދު

    ވަޒީފާ އެއް އަދާ ކުރަނީނަމަ ކޮންމެވެސް ހައިރާކީއެއް އޮންނާނެ..އެވެދާނެ 50000 ރުފިޔާ އައްވެސް..

    20
  28. ހުސޭނުބޭ

    ތި މަޤާމުގައި ހުރެގެން ލިބެންޖެހޭ މުސާރަ އިލްޔާސަށް ލިބޭނީ ޞަދަޤޤާތުގެ ގޮތުގައިދޯ! މުސާރަނުލިބޭ މަޤާމެއްގައި އިލްޔާސް ހުންނަވާނީ ހިލޭ ސާބަހަށްކަން ޔަޤީން! ތި މަޤާމުގައި ހުރެ ލިބޭ ނަހަލާލު ފައިސާ އަކީ ކެވޭ އަފިފާންކަމުގައި ވާނެ! އަދި އެ ތަކެތި އިލިޔާސް އުފަލުން ހަޖަމްކުރައްވާނެތަ؟

    16
  29. އަބުދުﷲ

    މުސާރަ ނުލިބުނަސް 2 ކޮޅު ޓިކެޓު ދީފަ ، ޑިޕޮލަމެޓިކުޕާސް ޕޯޓުދިފަ ، ދުއްވާނެ ކާރެއް ދީފަ އެލަވަންސެއް ދިނިމައޯކޭ

    19
  30. ާމަމެންއަސުރައްގުއިނަ

    ޙުވަފެންދައްކާލީ

  31. އަހްމަދު

    މެލޭސިޔާގައި ތިބޭ ކިތަންމެ ކުދިންނަކަށް އެމްބަސީން ވަޒީފާދީފި.

  32. ރާޅު ބޯއީ

    މުސާރަ ނުލިބޭ ވަޒީފާގައި މެލޭޝިއާގައި އަނބިދަރިން ގޮވައިގެން ހުރުމުގެ ޚަރަދު. ފުލެޓް ކުލި ޓްރާންސްޕޯޓް ޚަރަދު ކެއުން ބުއިން. ސަޅި ވަރަށް ސަޅި. މި ލާދީނީ ބައިގަނޑު ހީކުރަނީ ދިވެހިން މީ މޮޔައިން ކަމަށްތަ. ބަލަ އިލިޔާސަކަަސް އިބިލީހަކަސް ދިރިއުޅުމުގައި ކުރަން ޚަރަދުތަކެއް ހުރެޔޭ. އެ ޚަރަދުތައް ކުރަން އިލިޔާސަަށް ކޮންތާކުބާ ފައިސާ ލިބެނީ. ބިން ކޮނެގެންތޯ؟؟

  33. ލިން

    ސީވީ ބަރުކޮށްލަން އެކަނި ހަމަ ވަޒީފާއަކަށް ނަމެއްގަ ގޮސްފާނެބާ؟؟؟ ޤަބޫލުކުރަން ދަތި.. މިކަން ބަލައިދީބަލަ އުމަރެން ކުއްޖަކު

  34. ޞޮރޭ

    ތީ ހާދަ މޮޅު ވާހަކައެެއް ފައިދާއެއް ނުވާ ކަމެއް ކުރާނީ ކާކު، ދެން އެމްބަސީއަށް ދިއުމުގެ ޚަރަދު ހޯދަނީ ކިހިނެއް ހާދަ މޮަޔައޭ

  35. އ. ޖ. އ

    މުސާރަ ނުދިނަސް އާމްދަނީ ހޯދޭނެ

  36. މިއަދު

    މުސާރަވެސް ޢިނާޔަތްވެސް ނުލިބި ރާއްޖެއިންބޭރުގައި ވަޒީފާއަދާކުރާނެކަމަށް ޤބޫލުކުރާނެ މޮޔައިން އަދިވެސް އުޅޭނެތަ ހުރުމުގެޚަރަދު މަހަކު 6000 ދޮލަރު ދުވާލަކަށް 200 ކެއުން މަހަކު 12000 ދުވާލަކަށް 400 ފެމިލީ އެލަވަންސް މަހަކަށް 15000 ދުވާލަކަށް 500 މިހެންގޮސް މަހަކު 150000ރ އާއި ދަތުރު ޚަރަދުވެސް ލިބޭނެ

  37. އަހުރެން

    އިލްޔާސްވިދާޅުވި ޔާމިންސަރުކާރުންވަޡިފާއެއްހުށަހެޅިކަމައްގަބުލުނުކުރިއްޔެ ވެދާނެއެރުމުސާލިބެތިކަމައް