ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ކުރެވިފައި ނުވާތީ ފުލުހުން ހޯދަން އިއުލާން ކޮށްފައިވާ ޝާހިދު ރަޝީދު އަކީ ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް) ގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަން "ވަގުތު" އަށް ކަށަވަރު ކުރެވިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ޝާހިދު ރަޝީދު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ޝާހިދު ރަޝީދު ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.

ޝާހިދު ރަޝީދު ހޯދަމުންދަނީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ސާބިތުދަރަނީގެ ފައިސާހޯދުމުގެ މައްސަލައަކާ ގުޅިގެން ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުވެފައި ނުވާތީ، އޭނާ ބަންދުގައި ބަހައްޓައިގެން ޖުލައި 31 ވަނަ ދުވަހު 11:15 އަށް ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ޝާހިދު ރަޝީދުއާ ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓުގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން އެދެއެވެ،

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އ. ޖ. އ

    މިއަދު އެއްބަނޑު އެއްބަފާ ކަމުގެ ގުޅުން ކަނޑާ މައިގަނޑު ސަބަބަކަށް ޕާޓީ ސިސްޓަމް ވެއްޖެ.. އެއް ގެއެއްގައި އެތައް ޕާޓީއެއްގެ މީހުން ވެސް އުޅެދާނެ

    23
    2
  2. ޖަމީ.

    އެމްޑީޕީ މީހެކޭ. ނަމެއްގަ ޒީރޯ ޓޮލަރެންސް

    20
    3
  3. ރަދީފް

    ތިއްތަންބެގެ ޝާހިދު ދީ.ހެހެހެހެހެ.

    12
  4. އަންމަކަޅޭ

    މިޤަޢުމުގެ އާބާދީގެ ތިންބައި ކޮށްފަ ދެބަޔަކީ އެމްޑީޕީ މީހުން. ވީމާ ރަނގަޅުކަމެއްކުރިޔަސް ނުބައިކަމެއްކުރިޔަސް އުޅޭނީ އެމްޑީޕީއަށް ނިސްބަތްވާ ކޮންމެވެސް މީހެއް.

    10
    15
    • ކެކެކެ

      ރަނގަޅު ކަމެއް ކުރިއްޔާ ކުރާނީ ތިންބައިކޮށް އެއްބައި މީހުން. ހުރިހާ ޖަނަވާރު ކަންތައް ކުރާނީ އަނެއް ދެބައި މީހުން.

  5. ވަގުތު ހޭޓަރ

    އެއް ގެއެއްގައި އުޅޭނީ އެއް ޕާޓީ މީހުންތަ..

    5
    1
  6. ރަޙިމުގެ ގުޅުން

    ކޮއްކޮ ކުރި ކަމަކުން ބޭބެ ގެ ވާހަކައެއް ނުދެއްކޭނެ އެވެ. ކޮއްކޮ އަކީ ވެސް ތަޞައްރަފް ފުދިފައި ހުރި ބޮޑު ފިރިހެނެކެވެ. ވަރަށް ގިނަފަހަރު ކޮއްކޮ ނުވަތަ ބޭބެ ގެ ސަބަބުން ޢާއިލާގަ ދެންތިބޭ މެމްބަރުންގެ ދިރިއުޅުމަށް ނޮހޮރުއްޕާން ޖެހެއެވެ. މި ޙަޤީޤަތް މިއަދު ހަމަ ކޮންމެ ދިވެއްސަކު ޤަބޫލު ކުރާނެ އެވެ.