ރ. އިނގުރައިދޫގައި ޤާއިމްކުރުމަށް ހަމަޖެހިފައިވާ ނަރުދަމާގެ ނިޒާމްގެ ސާރވޭ އަދި ޑިޒައިން ކޮންސަލްޓެންސީ ޙިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް އަނެއްކާވެސް އިއުލާނު ކޮށްފިއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމެންޓް އެންޑް އެނާޖީ އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ ކޮންސަލްޓަންސީގެ މަސައްކަތްތަކުގެ ތެރޭގައި ސާރވޭ މަސައްކަތްތަކާއި، ޕްލިމިނަރީ ޑިޒައިންގ، ޑީޓެއިލް ޑިޒައިންގ، ޓެންޑަރ ޑޮކިއުމަންޓްސް އަދި އެންވަޔަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް ތައްޔާރުކުރުމާއި އަދި މޮނިޓަރިންގ ހެދުން ހިމެނޭ ކަމަށެވެ.

އިއުލާނުގައި ބުނެފައި ވަނީ އެ މަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ކޮންސަލްޓަންޓުން ރިކުއެސްޓް ފޯރ ޕްރޮޕޯސަލް (އާރް.އެފް.ޕީ) އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހަޅަން ވާނެ ކަމަށެވެ. އަދި މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށް ދިނުމުގެ މައުލޫމާތު ވެސް ހުށަހަޅަން ވާނެ ކަމަށް ވަނީ ބުނެފައެވެ.

އެ މަސައްކަތަށް ޝައުވެރިވާ ފަރާތްތަކަށް އެންވަޔަރަމެންޓް މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޓެންޑާ ޑޮކިއުމެންޓް ލިބެން ހުންނާނެއެވެ. އަދި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 5 އެޕްރީލް 2018ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް މެއިލް ކޮށްގެން ރެޖިސްޓަރ ވާން ޖެހޭނެއެވެ.

އެންވަޔަރަމެންޓް މިނިސްޓްރީގެ އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީއަށް ލިބިގެންވާ ކަމަށާއި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު އެ މިނިސްޓްރީ އަށް ލިބިގެންވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މުދިމް

    ސާބަހޭ ދާއިރާގެ އެމްޕީ އިބްރާހީމް ފަލާޙް

  2. މިހަާރު

    ފަލާހު ގެސްޓު ހައުސް އަކުން ނެރުނު ހަބަރު ތެދުތޯ