އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މަސްއޫލިއްޔަތުތަކުގެ ތެރެއަށް ސުޕްރީމް ކޯޓުން ވަދެފައި އެބަ ހުރި ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި
މެންބަރުން އެއްސެވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވީ އިންތިހާބާ ގުޅިގެން ކަންކަން ކުރާނެ ވަގުތު ކަނޑައެޅުމަކީ އީސީގެ ގާނޫނުން އެ ކޮމިޝަނަށް އޮންނަ މެންޑޭޓެއް ކަމަށް ވިޔަސް ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކާއި ގައިޑްލައިންތަކުގައި ގާނޫނު އަސާސީން އީސީގެ މައްޗަށް ދީފައިވާ މެންޑޭޓްގައި ހިމެނޭ ބައެއް ކަންކަން ކުރަން ވެސް ކޮމިޝަނަށް އަންގާފައިވާ ކަމަށެވެ.

"މިއީ އީސީގެ މެންޑޭޓް ތެރެއަށް ސުޕްރީމް ކޯޓުން ވަނުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން އިންތިހާބާ ގުޅުން ހުރި ކަންކަން ކުރަންވީ ގަޑި އާއި ވަގުތު ވެސް އަންގާފައިވޭ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މީގެ ސަބަބުން ސުޕްރީމް ކޯޓުން ކަމެއް ނިންމާފައި އޮތް އިރުގައި ގަޑިއާއި ވަގުތާ ދީފައި އޮތުމުން އީސީއަށް ގަޑިއަށް ފެއްތުމަށްޓަކައި ހޭލައި ތިބެގެން މުވައްޒަފުން ނެރެގެން މައްސަކަތް ކުރަން ޖެހުނު ކަމަށެވެ.

"ސުޕްރީމް ކޯޓުން ވެސް ގަބޫލު ކުރަން ޖެހޭނެ އަޅުގަނޑުމެންގެ މެންޑޭޓުގެ ތެރޭގައި ހިމެނިފައިވާ ކަންކަން ކޯޓުން ނިންމުމުގައި ވިސްނަން ޖެހޭނެ ކަމަށް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުން ނެރެފައިވާ ބައެއް އަމުރުތަކާއި ގައިޑްލައިންތަކުގައި އީސީން ކަން ބޮޑުވާ ކަންކަން އެބަ ހުރި ކަމަށާއި 2013 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބާ ގުޅިގެން ސުޕްރީމް ކޯޓުން ގައިޑްލައިންގައި ހިމެނޭ ބައެއް ކަންކަން މިހާރު ގާނޫނު ތެރޭގައި ހިމެނިފައިވީ ނަމަވެސް ގާނޫނުގެ ތެރޭގައި އަދިވެސް ނުހިމެނި ހުރި ކަންކަމާ ގުޅިގެން އަމަލު ކުރަންވީ ގޮތަކާ މެދު ކޮމިޝަންގެ ފަރާތުން ދެ ފަހަރެއްގެ މަތިން ސުޕްރީމް ކޯޓުގައި އެދުނު ކަމަށެވެ.

"މަޖިލީހުގައި ގޮނޑީގެ ސައްހަކަމާ މެދު ސުވާލު އުފެދުނު 12 މެންބަރުންގެ މައްސަލާގައި ސުޕްރީމް ކޯޓުން އެކި ފަހަރު މަތިން އެކި ގޮތަށް އަމުރު ނެރުމުން އީސީން ކަންކަން ތަންފީޒު ކުރަން ދަތިތަކެއް ދިމާވި" ޝަރީފް ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ހުސޭނުބޭ

    ސްޕްރީމްކޯޓަކަސް ބޮޑެތި ވަގުންގެ މިނިވަންކަން ނަގާލައިގެން ނުވާނެނު! ޝަރީފްމެން ވައްކަންކުރުމުގެ ފުރިހަމަ މިނިވަންކަން ކޯޓުތަކުންވެސް ދޭންޖެހޭނެނު! އެވާހަކަ އެ ބުނަނީ!

    24
    2
  2. ކާފަބޭ2019

    ޝަރީފުއެވެ. ނިޔާޒުއިބުރާހިމަށްވީގޮތް ހަނދުމަފުޅު ކުރަށްވާށެވެ. ދުނިޔެއަކީވަގުތީމަންޒިލެކެވެ. ކިތަންމެފައިސާއެއްހޯދިއަސް ހަލާލުގޮތުގައިހޯދައިފަވާ އެއްޗަކުންނޫނީ އާޚިރަތުގެފޮނިމީރުކަމެއްނުލިބޭނެއެވެ

  3. އަހުމަދު

    މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީ ތޯ މިހާރު ގައުމު ހިންގަނީ އަޅޭ ފަހެ މީހަކު ހައިރާނެއް ނުވާނެތަ ވުޖޫދުގައި ނެތް ކަންކަން ނުހިނގާ ކަންކަން ވެސް ނެރެ ހަދަ ހަދަގެން ވާހަކަ ދައްކަނީ ކިހާ ހެއްވާ ޝަރީފު ބުނި ނޫންތޯ ދެން އަޅުގަނޑު އަދާ ކުރާނީ ސަރުކާރުގެ ކުންފުންޏެއްގެ ވެރިޔާ ކަމޭ އަންނަ މަހު އެވަޒީފާ އެބަ ހަމަ ޖެހޭ ... ތިމަރަފުށީގައި ނުހުންނާނެ ސަހަލު މީހެއް ...ޕަކަ ޕަކާސް.... މިިނިވަން ވެފާ ހުރި މިންވަރު އެބައިނގޭ....

  4. އ. ޖ. އ

    ސުޕްރީމް ކޯޓަށް ސަލާމް ބުނި.. ?? މިހެން ހެދި މީހާ

    1
    7
  5. ނުރަބެ

    އީސީ ސަރީފު ވަގެއްކަމަށް ސުޕުރިމްކޯޓުންް އަދިއެއް ނުނިންމައެއްނު ޓެގު ނާޅުވާހިނދަކު ބިރުންތެޅެންޏާ ގޯހެއްވެދާނެ ބުއްދިވެރީ ހައްޕުކިޔައިގެން މިވަގުތު ހުރުން.

  6. އަހުމަދު

    ދެދުވަހުން އެއް ދުވަހު މިނިވަން މުއައްސަސާ ތަކުގެ ކޮމެޓީ އަށް މީނާ މިދަނީ ކީއްކުރަންތަ ނޫހަށް ފަލަ ސުރުޚީ އަރުވަން މާދަމާ ދައްކާނީ ކޮންވާހަކަ އެއް ކަމެއް ވެސް ނޭގޭ ކިހާ ދެރަކަމެއް މީ.... މުޅި ގައުމު ހިންގުން ރައްޔިތުންގެ މަޖިލީހާ ހަވާލު ކުރަން ވަރަށް ފެނޭ އެތާގެ އެޑްވައިޒަރަކަށް ޝަރީފު ހަމަޖައްސާފައި ބަހައްޓަންވީ ... ތިމަރަފުށީގައި ސަހަލު މީހަކު އުޅޭތަ. ތިމަރަފުށީ މުއައްމަދު ފުޅު،، މުސްތަފާ، އަބްދުﷲ ރިޔާޒު. ޝަރީފު ... ބޮޑު ލިސްޓެއް ކިޔާދެވިދާނެ....

  7. ށަރީފޫ

    ތިގޮތައް އެމީހުން ނުވިކޭތީތަ މިނިވަންކަމޭ ކަކުންޏޭ
    ކިޔާފަ ފަތިވަރު ދަމާފަ ރައްޔިތުން އޮޅުވާލަން ތިއުޅެނީ.