އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރުނަސް ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން މެނިފެސްޓޯ އެއް ހަދާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ކައުންސިލް މެންބަރު އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިހާބު ބޯމަތި ވަމުން އަންނަ އިރު ޖުމުހޫރީ ޕާޓީން ވަކިން މެނިފެސްޓޯ އެއް ތައްޔާރު ކުރަނީ އިދިކޮޅުން ވަކިން ކެންޑިޑޭޓް އަކު ނެރެން ނިންމާފައި ނުވާތީ ތޯ "ވަގުތު" އިން ދެންނެއްވި ސުވާލަކަަށް ޖަވާބު ދެއްވަމުން މައުސޫމް ވިދާޅުވީ އިދިކޮޅުން އެއް ކެންޑިޑޭޓަކު ނެރޭނެ ކަމަށާއި ޖުމްހޫރީ ޕާޓީން ވަކިން މެނިފެސްޓޯ އެއް ތައްޔާރު ކުރަނީ ސިޔާސީ ޕާޓީއެއްގެ ހައިސިޔަތުން ކަމަށެވެ.

" ޖޭޕީގެ މެނިފެސްޓޯ އެއް މި ހަދަނީ ޖޭޕީގެ އަސާސީ ގަވާއިދުގެ ވާގޮތުން ސިޔާސީ ޕާޓީއެއްގެ ހައިސިޔަތުން ހަދާ މެނިފެސްޓޯ, ދެން އެ މެނިފެސްޓޯ ވާނީ ލީޑް ޑޮކިއުމެންޓަށް ރިޔާސީ މެނިފެސްޓޯގެ" މައުސޫމު ވިދާޅުވިއެވެ.

މައުސޫމު ވިދާޅުވީ ރިޔާސީ އިންތިހާބަށް އިދިކޮޅުން ގުޅިގެން ނުކުނަނަމަ ޕާޓީއެއްގެ ހައިސިޔަތުން ޖޭޕީ އިން ބޭނުންވާ ކަންކަން ވެސް ގުޅިފައިވާ މެނިފެސްޓޯގައި ހިމެނެން ވާނެ ކަމަށެވެ.

" ޖޭޕީގެ މެނިފެސްޓޯ ވެގެންދާނެ އިދިކޮޅު ކެންޑިޑޭޓް ނެރޭއިރު އިދިކޮޅު ކެންޑިޑޭޓްގެ މެނިފެސްޓޯ ހެދުމަށް ނުވަތަ ތައްޔާރު ކުރުމަށް ވަރަށް ބޮޑު ފަސޭހައަކަށް" މައުސޫމް ވިދާޅުވިއެވެ.

ޖޭޕީއިން ވަކިން މެނިފެސްޓޯ ހަދަމުންދާއިރު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ކަނޑައަޅަން އަލުން މަޝްވަރާތައް ފަށަން އެމްޑީޕީ އިން ވިސްނަމުންދާކަން ވަނީ ހާމަކޮށްފައެވެ. ނަމަވެސް މަޝްވަރާތައް އަލުން ފަށާނެ ދުވަހެއް އަދި ހާމަނުކުރެއެވެ.

އިދިކޮޅު ފަރާތްތަކުން ރިޔާސީ ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާތައް ކުރިން ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. އެމަޝްވަރާތަކަށް އެމްޑީޕީ އިން ހުށަހެޅީ ރައީސް ނަޝީދަށް ކުރިމަތިލެވޭނަމަ ރަނިންމޭޓަކަށް ގާސިމް ހަމަޖައްސަންށެވެ.
ްްްާާ

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ނަޢީމުބޭ

    އަވަހަށް ރައީސް ޔާމީންގެ މަސައްކަތްތައް ބަލައިގެން އެއްޗެއް ލިޔެލާ! ތިތާގައި ނުތިބޭނެ ކުރަފިވިސްނުމަށްވުރެ ވިސްނުންރަގަޅު އެކަކުވެސް! ފޮޓޯގައި ތިފެންނަ މީހުން ބަލާލަފަވެސް ބަޔަކު ހޭނެ!

  2. މަކަނާމާކަނާ

    ދެންވެރިކަން ދެންވެރިކަން ގާސިމްވެރިކަން؟؟ ރިޔާޒްވެރިކަން

  3. ކަންނަ

    ހެހެހެހެހެ މެނިފެސްޓޯއެކޭ. ތިޔާގެ މާނައަކީ ޖޭޕީއިން ވެސް ވެރިކަމަށް ކުރިމަތިލާނެކަން. ޢަހަރެމެންނަށް އެނގޭ އެއްގަލަކަށް ތިމީހުންނަށް ނޭރޭނެކަން. ހޯއް ހޯއް ހޮހޮ ހޮހޮ ކެކެކެ.

  4. ހައިހޫނު

    ޖޭޕީ ހުވަފެނުގެ މެނިފެސްޓޯ މޮޔަފުޅު ވެވޭނީ ތިވަރަށް .......

  5. ހުސޭނުބޭ

    މެނިފެސްޓޯގައި ލިއައްޗޭ ވޯޓްލާ ނިމުމުން ރައީސަކަށް ހޮވޭ މީހާއަށް ރިޝްވަތު ދީފައި ގަންނަ ވާހަކަ! އެއީ ކަލޭމެންނަށް އަދި ކުރެވުނު ކަމަކީ!

  6. އަހަންމަދޭ

    އިދިކޮޅުން އެއް ކެންޑިޑޭޓާއި އަދި އިދިކޮޅޭމެންގެ ކޮންމެ ލީޑަރަކަށް ކެންޑިޑޭޓެއް ނެރޭ. އެއްކަލަ ސިއްސައިގެންދާ، ދެ ބޯ ލީ ކެންޑިޑޭޓް ކޮބާ؟ އެއް ބީ ޖަލުގަ އަނެއް ބޯ ރާއްޖެ ފެންނަ ހިސާބަށް އަންނަން ނުކެރިފަ. ދެން ކިހިނެއް މިކަން ވާނީ؟