އެކި މައްސަލަތަކާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރަލާއި މަސްތުވާތަކެތި މިއަދު ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވޭ ބަނގުރަލާއި މަސްތުވާތަކެއްޗާއި ބެހޭ މައްސަލަތަކުގައި ހެކީގެ ގޮތުގައި ހިފެހެއްޓޭ އެއްޗެއްސާމެދު އަމަލުކުރާނެ ގޮތުގެ ޤަވާއިދުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމިޓީގެ ބެލުމުގެ ދަށުން މިތަކެތި ނައްތާލާފައިވަނީ މިއަދު ދޫނިދޫގައެވެ.

މިއަދު ދޫނިދޫގައި ނައްތާލާފައިވަނީ 2011 ވަނަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބަނގުރަލާއި މަސްތުވާތަކެއްޗެވެ.

އެގޮތުން މިއަދު ނައްތާލި ބަނގުރަލުގެ ތެރޭގައި ހިމެނެނީ 23 މައްސަލައަކާއި 20 އިންސިޑެންޓެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ 172 ބަނގުރާ ފުޅިއާއ 19 ޕެޓް ފުޅިއާއި 112 ބިއަރު ދަޅާއި އެހެނިހެން ތަކެތީގެ ތެރޭގައި ހިމެނޭ 20 އައިޓަމެވެ.

މިތަކެތީގެ އިތުރުން ޖުމުލަ 25،854.3261 ގްރާމްގެ މަސްތުވާތަކެތި މިއަދު ވަނީ ނައްތާލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އ. ޖ. އ

    ސާބަސް ދިވެހި ފުލުހުން

  2. ޘާތީ

    ރިސައިކަލް ކޮއްބަލަ ކަލޭމެން ކުދިންނޭ! ތި އުކައި އަންދައި ހެދީމަ އެއީ ކިހާ ބޮޑު އިސްރާފެއްތަ ? ޕިސް ޕިސް