ނޫސްވެރިޔާ އަދި ބްލޮގާ ޔާމީން ރަޝީދު މަރާލުމުގައި ބައިވެރި މީހުން ހާއްސަ ތަމްރީންތަކެއް ހެދުމަށްފަހު އެ މީހުންގެ ސިފަ ބަދަލުކުރި ކަމަށް ކްރިމިނަލް ކޯޓުގައި ހެކި ބަސް ދިން މީހަކު މިއަދު ބުނެފިއެވެ.

ކްރިމިނަލް ކޯޓުގައި ހެކި ބަސް ދިން މީހާ ބުނީ، ޔާމިީން މަރާލުމުގައި ބައިވެރިވި އެންމެންވެސް "ފިޒިކަލް ޓްރެއިނިންގ"ހެދި ކަމަށެވެ. ހެކި ބަސް ދިން މީހާ ބުނީ، އެ މީހުން ތަމްރީން ހެދުމުގެ ގޮތުން ދުވަންށާއި، ފަންތަވެސް ދިޔަ ކަމަށެވެ.

ޔާމީން މަރާލުމުގެ މަޝްވަރާތައް ފުރުޤާން މިސްކިތުގައި ކުރިއިރު، އެކަމުގައި ބައިވެރިވިވި މީހުންގެ ސިފަ ބަދަލު ކުރުމަށް އެ ބައްދަލުވުމުގައި ނިންމިއެވެ.

އެގޮތަށް ނިންމީ އެކަމުގައި ބައިވެރިވާ މީހުން ތުނބުޅި ދިގުކޮށް ފަޓުލޫނު ކުރުކޮށްފައި ހުރުމުން ހައްދުފަހަނައަޅާ ދާ ބަޔަކަށް ވެދާނެތީއެވެ.

ހެކިބަސް ދިން މީހާ ބުނީ، އެގޮތަށް ނިންމުމަށްފަހު އެކަމުގައި ބައިވެރިވި މީހުން ތުނބުޅި ބާލާ ފަޓުލޫނުގެ ފައިކުރިވެސް ދިގު ކުރި ކަމަށެވެ.

ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި ތޫނުއެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވަނީ މ. އަންނާރުމާގޭ އިސްމާއީލް ހައިޝަމް ރަޝީދާއި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދާއި މ. ތާއިފް، އިސްމާއީލް ރަޝީދާއި މ. ކުދެހިގޭ، ހަސަން ޝިފާޒާއި، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. އިރާސްމިކުގެ އަހުމަދު ޒިހާން އިސްމާއީލްގެ މައްޗަށެވެ.

އޭނާ މަރާލާފައި ވަނީ 2017 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ފަހުކޮޅުއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ބޭނިހުސް

    ތިމީހަކު ވައްތަރީ ތިކަމުގަ އުޅެފަ ހުރިމީހަކާ...ހެހެހެ ރަނގަޅައް ބާނުވާލާތި

    85
    3
  2. ނޫނު

    ހެކިބަސް ދިންމީހާގެ އަތެއް ވާނެ ތިކަމުގަ

    75
    5
  3. ބުޅާ

    ކޮބާ ހައްދުފަހަނެޅީން މީހުން މަރަންވީމަ ސިފަވެސް ބަދަލު ކުރޭ. ތުބުޅިވެސް ބާލާ. ފައިކުރު ވެސް ދިގު ކުރޭ. މަ އޭރުވެސް ބުނަމެއްނު؟

    37
    61
    • އަން

      މިއީ2019ގެ ބޮޑު ޑްރާމާ، ނޮމިނޭޓްވެ ގިނަ އެވޯޑް ތަކެއްވެސް ތިޔަށް ލިބޭނެ. ރަސޫލާގެ ސުންނަތަށްއުޅޭ މީހުންގެ އަގުވައްޓާލުމަށްޓަކައި ކުޅެފައިން ޑްރާމެއް ތަޔައީ

      83
      23
      • މޮޔައެނޮނިމަސް

        ނައިޖީރިޔާގަ މިދިޔަ ހަފްތާގަ އަގު ހިފެހެއްޓި އެއްނު

      • އިންޓެލިޖެންސް އެޖެންސީ

        އަން. ސަތޭކައިގެ ކޮމެންޓެއް ތިއީ. މިސަރުކާރުން އިންޑިއާ ސިފައން މިތާ ބައިތިއްބަން ވެގެން ސުއްނަތައް އުޅޭ މުސްލިމުންގެ ނަމުގައި ލަންކާ އަށް ދިން ގޮތަށް ރާއްޖޭގެ ރިސޯޓަކަށް އެބައުޅޭ އައި.އެސްގެ ނަމުގައި މިތަނަށް ޓެރަރިސްޓް ހަމަލާއެއް ދޭން ވެގެން. އެވެދާނެ އައްޑޫ އަށް ކަމަށް ވެސް.

  4. މަ

    ބަލަ ހެކިބަސް ދިންމީހާ ތިހުރިހާ ކަމެއް އެނގޭއިރު ، މަރާލުމުގެ ކުރިން ތިވާހަކަ ނުދެއްކީ ކީއްވެ؟ އެހެންވީމާ ތިކަމުގަ ބައިވެރިވެވިފަތާ ތިއޮތީ.ޕޮށް

    98
    4
  5. ޢިބްރާހީމް

    އަފްރާޝީމް މަރާލުމުގައިވެސް ވާނީ ތި ހައްދުފަހަނައެޅި މީހުން ކުރީގެ ސަރުކާރަށްވެސް އެގޭ އެކަމަކު ހައްދުފަހަނައެލިމީހުންގެ ވާހަކަ ދައކަން ބޭނުންނުވީ

    21
    23
    • އަން

      އަފްރާޝީމް މަރާލިމީހުން އެންމެ ރަަގަޅަށް އެގޭނީ ކެނެރީގޭ ރޯނުއެދުރަށް. އެސޮރު ބުންޏެއްނު އެމީހާ ފުރާފިޔޭ ކަރައަށް

      65
      10
      • ބޯ ޕާޓީ ޑީޕީ

        ކެނެރީގެ ރޯނު އެދުރަށް ރަގަޅަށް އިނގޭނެ އަފްރާޝީމް މަރާލުމުގައި ވެސް އިންޑިއާގެ އިންޓެލިޖެންސް ރޯ ގެ އަތެއް ވާކަން.

  6. ބިރުހުރި

    ދުވަން ދިއުމާ ފަތަންދިއުމަކީ މީހަކު މަރާލުމަށް ހާއްސަ ތަންރީނު ތަކަކީތަ...
    ދުވަންދާ އަދި ފަތަންދާ މީހުނާ ދެކޮޅަށް ދަައުވާކުރޭ ސައްކުކުރެވޭތީ...

    45
    2
  7. ޝެއިޙް ހަސަން

    ހުސްދޮގު! ޔާމީން، ރިލްވާން އަދި އަފްރާޝީން މަރަކީ ރޭވިގެން ދިޔަ މަރުތަކެއް! އޭގެ ކޮންމެ މަރަކީ ބަދަލް ހިފުމެއް

    44
    2
  8. Anonymous

    ލާދީނީ ބަކަރިން ދޮގު މައުލޫމާތު ތިދެނީ.

    56
    10
  9. އައްލެއިކަލޯ

    ދާއިމީ ހައްލަކީ ދީނަށް ފރައްސާރަ ކުރާ މައްސަލަތަކުގައި ވެރިކަމުގެ ފަރާތުން އިސްވެ ފިވަޅު އެޅުން. ނުހައްގުން އެއްވެސް މީހަކު މެރުމަކީ ފާފައެއް، ބޮޑު ފާފައެއް. ދީނަށް ފުރައްސާރަކުރުމާއި ޝަރީކު ކުރުމަކީ އެންމެ ބޮޑު ފާފަ. ލާދީނީ ފިކުރު ގަސްތުގައި އާލާކުރުން ހުއްޓވުން މަޖުބޫރު.

    31
    2
  10. ބުރާންތި

    ހެކިބަސްދިންމީހާ ހައްޔަރުކުރޭ ޔާމީނު މަރާލިމީހާ އަގައިން ކިޔާތިދިނީ

    18
  11. ހޭހޭ

    ހެކިބަސްދިންމީހާއަކީ ލާދީނީ ބާގަޑުގެމީހެއްކަން ޔަގީން ތިމީހާއަކީތި ޑުރާމާގެ އެޑިޓަރު

    21
    2
  12. ސަމީރު

    މީ ވަރަށް ގަދަ ދެމީހުން

    4
    5
  13. މުހަންމަދު

    އަފްރާޝީމް ގެ ޖަރީމާގެ ފަހަތުގައި އޮތީ ސީދާ މިސަރަހައްދުގައި ކިންގް ހެދިގެން އުޅޭ ގެރިޑިޔާ. އެކަމުގެ ދިވެހި އެޖެންޓް ޒަކީ އަދިވެސް ހުރީ އިންޑިޔާ ހިމާޔަތުގައި. ހުރިހާ ޕްލޭނެއް ހެދީ ޒަކީ ގޭގައި ރީކޯ ދަނބިދަރި އޮފީސްތެރޭގައި

    20
    2
  14. އަލިބެ.

    ބަލަ މިހުރިހާ މަރުތަކުގެ ފަހަތުގައި ހުރީ ކުރީގެ ރައީސް ޔާމީނެއްނޫންބާ؟ އެމްޑީޕީ މީހުން ވެރިކަން ހޯދުމަށް އެއްމެ ބޮޑަށް ދެއްކި ވާހަކައަކީ މިރާއްޖޭގައި މަރާ ހުރިހާ މީހުން ގެ ފަހަތުގައި ހުރީ ޔާމީންކަމަށް. ދީނީ ޢިލްމުވެރިޔާ ޝައިޚް އިލްޔާސް ވެސް ކޭމްޕޭން ތެރޭގައި ރައްޔިތުންނަށް ވިސްނައި ދީފައި އޮތީ އެގޮތަށް.ޔާމީނމަށް ވެރިކަން ގެއްލުނީވެސް އެހެންވެގެން.

    10
    1
  15. ޅޮހި

    ދެން ތިބުނާ ކުރެހުންތައް ކޮބާ؟

  16. ގާގަބުރު

    ބައިވެރި އެއްހެންވަރަށް ހީވޭ

    1
    1