އަނިޔާވެރިކޮށް މަރާލާފައިވާ އުމުރުން 29 އަހަރުގެ މީސް މީޑިއާގެ އެކްޓިވިސް އަދި ބްލޮގާ ޔާމީން ރަޝީދުގެ ޝަރީއަތު މަޖިލީސްގައި ޔާމީންގެ "މަންމަގެ ރުއިމުގެ އަޑާއެކު މެނދު ކަނޑާލަން ޖެހިއްޖެއެވެ".

މިއަދު ކްރިމިނަލް ކޯޓުގައި އޮތީ އެ މައްސަލައިގެ ހެކި ބަސް ނެގުމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ޔާމީންގެ މަންމަގެ އިތުރުން، އާއިލާގެ އިތުރު މީހުންވެސް ހާޒިރުވިއެވެ.

މިއަދު ޝަރީއަތުގެ މަޖިލީސް ފަށައިގެން ހެކިންގެ ހެކި ބަސް ނަގަން ފެށިތަނާ ގިނައިރު ނުވަނީސް ޔާމީންގެ މަންމަގެ ރުއިމުގެ އަޑު އިވެން ފެށިއެވެ.

މިއަދު ޝަރީއަތުގައި ހެކި ބަސް ދިން މީހުން ވަނީ ޔާމީން ރަޝީދު މަރާލާން ރޭވި ގޮތާއި، މަރާލަން ޖެހުނު ސަބަބުގެ އިތުރުން، މަރާލާފައި އޮތް އިރު ހަށިގަނޑަށް ލިބިފައި ހުރި ޒަހަމްތަކުގެ ވާހަކަތައް ކިޔާދީފައެވެ.

ހެކިންގެ ހެކިބަސް ދެމުން ދިޔައިރު، ޔާމީންގެ މަންމަގެ ގިސްލުމުގެ އަޑު ދިޔައީ އިވެމުންނެވެ. އަދި ޔާމީންއަށް ލިބިފައި ހުރި ޒަހަމްތަކުގެ މައުލޫމާތު ޝަރީއަތުގެ މަޖިލީސްގައި ކިޔާދޭން ފެށުމުން ޔާމިންގެ މަންމަ ދިޔައީ "ބަޑި ފަޅައިގެންނެވެ".

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޖުމްލަ ފަސް ހެކިން ހުށަހަޅާފައިވާއިރު، އޭގެ ތެރެއިން އެއް ހެއްކަކީ، ޔާމީން ރަޝީދު މަރާލިރޭ އެތަނަށް އެންމެ ފުރަތަމަ ހާޒިރުވި ދެ ފުލުހުންގެ ހެކި ބަހެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނެގި ފުލުސް މީހާއާ ދައުލަތުން ކުރިމަތިކުރުވި ފުރަތަމަ ސުވާލަކީ ޔާމީން ރަޝީދުގެ ހަށިގަނޑު ފެނުނުއިރު އޮތްގޮތާއި ބެހޭގޮތުން ކުރި ސުވާލުވެ. އޭރުވެސް ޔާމީން ރަޝީދުގެ މަންމަގެ ރުއިމުގެ އަޑޫ މުޅި ޝަރީއަތުގެ މަޖިލީހަށް ދިޔައީ އިވެމުންނެވެ.

އެހެންކަމުން ފުލުސް މީހާ ކުރިމަތި ކުރުވި އެ ސުވާލަށް ޖަވާބުދެއްވަން ވީތޯ ގާޒީ ގެ އަރިހުން ތަކުރާރުކޮށް އެހުމުން އެ ކަމުގެ ތަފްސީލަށް ދިއުމަށް ގާޒީ ވިދާޅުވުމާއެކު ހެކިވެރިޔާ ވަނީ ޔާމީން ރަޝީދު މަރާލާފައި އޮއްވާ އެންމެ ފުރަތަމަ ފެނުނުއިރު އޮތްގޮތް މަޖިލީހަށް ކިޔާދީފައެވެ. މިއާއެކު ޔާމީން ރަޝީދުގެ މަންމަގެ ރުއިމުގެ އަޑު އިތުރަށް ގަދަވެ ޝަރީއަތް މެދު ކަނޑާލަން ޖެހުނެވެ. އަދި ޝަރީއަތް މަޖިލީސް ކުރިއަށްގެންދިއުމަށްޓަކައި މަޖިލީސް ދޫކޮށް ނުކުތުމަށް ގާޒީ އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ފަހުން ކުރިއަށްގެންދިޔައީ ޔާމީންގެ މަންމައާއި ނުލައެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ތަރުބައްޔަތު

    މަގޭ ދަރި ރަސޫލާއަށް ފުރައްސާރަ ކޮށްފިއްޔާ މަ އޭނަގެ މައްޗަށް ހިތް ހަރާމް. ރަސޫލާގެ ދެކެ އަހަރެން މާ ލޯބިވޭ

    297
    14
    • ބުނާނީކީކޭ

      މިހާރު މީހުންގެ ވިސްނުން ފެނިފަ އަހަރެން ހަމަ ހައިރާން ވެ އަންތަރީސް.
      ފުރަތަމަ ކަމަކަށް އިސްލާމީ ޝަރީއަތުގަ ނޯވޭ މީހަކު ދީނަށް ފުރައްސާރަ ކުރާ ތަނަކުން އެމީހަކު މަރާކަށެއް. އޭނައަށް ދޭން ޖެހޭނީ ނަސޭހަތް. މީހަކު މެރުން އެއީ އިސްލާމް ދީނުގަ އެމީހަކު ސަލާމަތް ދުވަހަކު ނުވާ ވަރުގެ ބޮޑު ކުށެއް ކަން އެއީ ފުރަތަމަ ވިސްނަން ޖެހޭ ކަމަކީ. ﷲ އާއި ރަސޫލާ އަންގަވާފަ އެބަ އޮތްތަ ދީނަށް ފުރައްސާރަ ކުރާތަނުން އެމީހާ މަރާކަށް،؟ ރަސޫލާ ދެކެ ލޯބި ވާ ކަމަށް ވަންޏާ ފުރަތަމަ ރަސޫލާ އެންގެވި ގޮތަށް އަމަލު ކޮށް އެންގެވި އެންގެވުން ތަކަށް ލޯބި ކުރާނީ. ކާކަށްތަ އިނގެނީ ބަލަ ކުށަކާއި ނުލާ ބަޔަކު އޭނަ ރަހުމު ކުޑަ ކޮށް މަރާލީމަ އޭނަ ވީ ޝަހީދަކަށް ކަމެއް. ކަލޭމެން ކިޔާ އެއްޗައްސެއް ނުވާނެ ދޯ އޭނަ އަކަށް ކަމެއް ވަކި ބަލަ މިއުޅެނީ މީހަކު ރަހުމުކުޑަ ގޮތަކަށް މަރާލީމަ ދެންވެސް އެ ކުށްވެރިން އިސްލާހު ކޮށްފަ މަރުވި މީހާއާއި އޭނަގެ އާއިލާ މި ކުށްވެރި ކުރަނީ. ކަލޭ މެން ތީ ކޮންތާކުން ދީން ކިޔަވައިގެން އުޅޭ ބައެއް . ކާކަށްތަ ވަކި ކެތް ކުރެވޭނީ އެމީހެއްގެ މީހަކަށް މިގޮތަށް ކަންތައް ކުރީމަ. ރަސޫލާ އަންގަވާފަ ވޭ ފަހު ޒަމާނުގަ މި ވައްތަރު މީހުން އުޅޭނެއޭ ތިމާ ހިތު ހުރި ގޮތަކަށް އުޅެން ތިމާ ވިސްނާ ވުސްނުން ތަކަށް އިސްލާމް ދީން ބަދަލު ހިތުހުރި ގޮތަށް ބަދަލު ކުރާނެއޭ ވެސް.

      35
      11
    • ސިއްތި

      ޔާމީނާއި އޭނަ މަރާލި މީހުންނަކީވެސް ނުބައި ވެގެންވާ ބައެއް. ޔާމީންވެސް ކުރީ ނުލަފާ ކަމެއް. އޭނަގެ ބްލޮގުންވެސް ފެނުނީ ހަމަ އެކަހަލަ ކަންތައް. އޭނަ މަރާލި މީހުންނަކަށްވެސް އެކަން ކުރުމުގެ ހައްގު ލިބިގެނެއް ނުވޭ

      42
      5
    • ގަމާރުމޯލްޑިވިއަންމ

      ޔަގީންތަ؟

      13
      6
  2. ނަދާ

    ތިހާވަރަށް ދަރިފުޅު ދެކެ ލޯބިވާއިރު، އިސްލާމް ދީނަށް އެވަރަށް ފުރައްސާރަކުރި އިރު ނުހުއްޓުވީ ކީއްވެހެއްޔެވެ. ތިޔަ ރުއިމަކީ ހަމަ އެކްޓެކެވެ. ޝުކުރިއްޔާ

    110
    26
  3. ނަޢީމް

    އޭ މަންމާއެވެ. ދެން ނުހޭރޭށެވެ. ކަލޭގެ ދަރިއަކީ ޝަހީދެއްނަމަ އޭނާއަށް ހުރީ ސުވަރުގެ އެވެ. އަދި އޭނާ އެ މަރުވީ ދީނަށް ފުރައްސާރަ ކޮށްގެން އެކަމުގައި ނަމަ ދެން އަހުރެން ބުނާނެ އެއްޗެއް ނެތެވެ.

    115
    14
  4. Anonymous

    ޢޭގެ މާނައަކީ ޔާމީންއަށް އަދިވެސް އަނިޔާ ލިބެމުން ދާކަން

    43
    7
    • ސުހެއިލް

      ނަރަކާގަތަ؟

  5. .........

    މަރަކީ ކޮންމެސް ސިފައެއްގައި ކޮންމެސް ދުވަހަކުން ބައްދަލު ކުރާން އެއްޗެއް. އެކަމުން ދިރިތިބި މައިންބަފައިންގެ ހިތަށް އަސަރު ކުރުވާނެ. ހިތާމަވެސް ކުރާނެ. އެކަމަކު ދަރިން ނަރަކައިން ސަލާމަތް ނުކުރެވިގެން ހިތާމަ ކުރަނީ ކިތައް މައިންބަފައިންބާ

    103
    7
  6. ލަޔާލް

    ދީނަށް ފުރައްސާރަ ކުރަމުންްްްްްް ދިޔައިރު މަންްމަ ވިސްނައިދިންބާ

    94
    7
  7. އޭނަ

    މިއަދު ފިލައިގެން ތިއްބަސް، އިންސާފުން ކަންތައް ހިނގާނެ ދުވަސް އެއީ ޔަޤީނުންވެސް އޮތް ދުވަހެކެވެ.

    63
    2
  8. ޢަލިބެއްޔާ

    ރޯންވީ މިއަދަކު ނޫން. ރޯންވީ ދަރި ދީނާ ދުރުވެ، ދީނާއި، ޤުރުއާނާއި، ކީރިތިި ރަސޫލާއަށް ފުރައްސާރަ ކުރި ދުވަހު. ތަރުބިއްޔަތު ކުރުމުގައި މައިން ބަފައިން ވަނީ އިހުމާލުވެފައި.

    116
    9
  9. އިންސާފް

    ރަސޫލާ ޞޢވ އަންގަވަނީ އެންމެންނާއި މެދު ގައިވެސް އިންސާފުން ކަންތައް ކުރެއްވުމަށެވެ! ޚުދު އެކަލޭގެގާނަށް ފުރައްސާރަ ކުރަމުން އަނިޔާ ދެމުން ދިޔަ މީހުންނާއި މެދުގައި ވެސް ޙަދީޘް ކުރެއްވެވީ "އެބައި މީހުންނަށް ހަމަ ނުވިސްނެނީ ކަމަށެވެ." މަރާލާކަށް ނާންގަވަ އެވެ. އެކަލޭގެފާނު ދެކެ ލޯބިވާނަމަ، އެކަލޭގެފާނަށް ތަބާވާނެ އެވެ. ޝަރީޢަތް ބޭއްވި ކުށް ޘާބިތު ކުރުމެއްނެތި އިންސާނަކު ކޮށާ ކުދިކުދި ކޮށެއް ނުލާނެ އެވެ.

    83
    8
  10. Juhaa

    މި ގައުމުގެ އެންމެ ގިނަ މީހުން ލޯބިވަނީ އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކުރާ މީހަކު ދެކެ. އެއީ އެމީހުންގެ ހިތްތަކުގެ ވެރިޔާޔޯ.

    21
    3
  11. އަބޯ

    އަހަރެންވެސް އެ ބުނާ ބޮލޮކް ރައްޓެއްސަކު ބުނީމަ ބެލިން އެއީ އޭނަ މަރާލި ފަހުން . އޭރުވެސް އެ ބްލޮކް ގާހުރި ރަސޫލާ އަށް ފުރައްސާރަ ކޮށްފާހުރި ލިއުން . ކުޑައިރު އިންޑިޔާއަށް ގެންގޮސްގެން މަންމަޔާ ބައްޕަ ވެސް ކައިރީގަ ތިބެ ދަސް ކޮށްދިނީ އެ ކަން ކުރަންކަމަށް ވާނަމަ މިހާރު ރުއިމުގެ ބޭނުމަކީ ކޮބާ ؟ އިސްލާމްދީނަށާ ރަސޫލާ އަށް ފުރައްސާރަ ކުރާމީހާ މުސްލިމަކަށް ނުވާނެ . އެފަދަ މީހާ ބަޔަކު މަރީލިޔަސް މރުވީ ސަހީދު މަރެއްގަ ކަމުގާ ނުވާނެ އެއީ ރަސޫލާ އަށް ފުރައްސާރަ ކުރާމީހާ އެހުރީ އިސްލާމަދީނުން ބޭރު ވެފާކަމުގައިވާތީ މުސްލިމަކަށް ވެވޭނީ ސަހާދަތުގެ ދެކަލިމަ ކިޔައިގެން ސަހާދަތުގެ ދެކަލިމަކިޔޭނީ ރަސޫލާ އަށް ފުރިހަމަޔަށް ތަބައަވެގެން.

    31
    4
  12. ނޮޓް ފޯ ޔާމީން އެންޑް ނޮޓް ފޯ އެކްސްޓްރީމިޒަމް

    ޑެން މިކަން ނިންމަންވެއްޖއްނު. ޚކަލޭގއ ދަރިޔާ ހެދި މި ގައުމުގަ ފިތުނަ ފަސާދަ އުފެދެނީ އަނެއްކޮޅުން މިތިބީ ހައްދު ފަހަނަ އަޅާފައި ތިބި މީހުން. ޚަކަލޭގެ ދަރި ކުުރިކަމަކީ ހައްދު ފަހަނަ އެޅި މީހުން އިތުރަށް އިތުރަށް ރުޅި އަރުވައިގެން އެމީހުންގެ ސިކުނޑިއާ ކުޅެލީ.

    24
    6
  13. ދެރަ

    ހެޔޮގޮތް އިންގުމަކީ ނިޔުމަތެއް! ހެޔޮމަގު ނޭނގޭއެތައް ބައެއް ރަނގަޅުވެ ތައުބާވެ! ނަމަވެސް ހެޔޮގޮތް އިންގިއެކަމަށް ބޮޅާވެ ނުބައިމަގު ހިޔާރުކޮށް ތި އޭނާ ގަތުލުކުރީ! ދީނުގެ ނަމުގަ މިފަދަ އަމަލު ކުރުން ހުއްޓާލާ! ﷲއެއީ މާފްކުރާ އެންމެ ޙަކީމް ވަންތަ ރަސްކަލާންގެ!

    16
  14. އިންމަބެ

    އޭނަ އުޅުނުގޮތުގެ ބަދަލު އޭނާ އަށް ފެންނާނެ

    23
    3
  15. އަލިބެއްޔާ

    ތި ޔާމީނުމެން ކަހަލަ ހާފް ބޮއިލްޑް އެގްސް، މާމޮޅަށް ކިޔަވައިގެން ކަމަށް ހިތާ އައިސް ތިމާމެންވަރެއް ނެތިގެން ތެޅެނީ. މިތަނުގައި ފިތުނަ ފަސާދަ އުފައްދަނީ. އެ، އުޅެން ބޭނުންވާ ގޮތަށް އުޅެވޭނަ ތަންތަނާއި ގޮތްގޮތް ހުއްޓާމެ އައިސް މިޤައުމުގައި ހުރާފާތުގެ ގޮތްތައް ފަތުރަން މަސައްކަތްކުރަނީ.

    18
    2