އަތޮޅު ކައުންސިލްތައް ދެން އެކުލެވިގެންދާނީ ރަށްރަށުގެ ކައުންސިލްތަކުގެ ރައީސުން ހިމެނޭ ގޮތަށް ކަމަށް ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.

އަލީ ނިޔާޒް މިހެން ވިދާޅުވީ "ރާއްޖެ ޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަންނަ އަހަރުގެ ކުރީކޮޅު ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ތައްޔާރުވަމުން އަންނަ އިރު، ސަރުކާރުގެ ވިސްނުމަކީ އިންތިޚާބުގެ ކުރިން ލާމަރުކަޒީ ޤާނޫނަށް އިސްލާހު ގެނެސް އަތޮޅު ކައުންސިލްތައް އުފެދިފައި އޮންނަ ގޮތައް ބަދަލު ގެނައުމެވެ.

މިހާރު އަތޮޅު ކައުންސިލްތައް އިންތިޚާބު ކުރަނީ ކޮންމެ އިދާރީ ދާއިރާ އަކުން ކައުންސިލަރަކު އިންތިޚާބު ކުރާ ގޮތަށެވެ. ފުރަތަމަ ލާމަރުކަޒީ ޤާނޫނު ފާސްކުރިއިރު އަތޮޅު ކައުންސިލްތަކަށް ކޮންމެ އިދާރީ ދާއިރާ އަކުން ދެ ކައުންސިލަރުން އިންތިޚާބު ކުރިއެވެ.

އަލީ ނިޔާޒް ވިދާޅުވީ އަތޮޅު ކައުންސިލްގެ ރައީސް އަކު ދެން އިންތިޚާބު ކުރާނީ އަތޮޅު ރައްޔިތުންގެ ވޯޓަކުން ކަމަށެވެ.

އަލީ ނިޔާޒު ވދާޅުވީ ލާމަރުކަޒީ ޤާނޫނަށް ގެންނަ އިސްލާހުތަކުގެ މަގުސަދަކީ ކައުންސިލްތައް ބާރުވެރިކުރުވުން ކަމަށާއި، ބާރުތައް ދޫކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ވެސް ގެންނާނެ ކަމަށެވެ. ލާމަރުކަޒީ ގާނޫނަށް ހިމަނަންޖެހޭ ބައިބައި އެޖެންޑާ-19 ގައި ހިމަނާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ މިފާއިތުވެގެންދިޔަ އަހަރުތަކުގައި ކައުންސިލްތަކުގެ އިހުތިސާސްއަކީ ކޮބައިކަމާއި، އެމީހުންގެ މިލްކުވެރިކަމަކީ ކޮބައިކަން މިހާތަނަށް ފާހަގަކޮށްދެވިފައި ނުވާ ކަމަށެވެ.

"މިސާލަކަށް 2014 އިން ފެށިގެން 2018 އަށް ލާމަރުކަޒީ ނިޒާމަށް 8 އިސްލާހު ގެނެވިފައި. މި 8 އިސްލާހުން ވެސް ހާސިލްވި އެއްޗަކީ ކައުންސިލްތަކަށް ލިބިފައިހުރި ބާރު އަނެއް ކާ ވެސް މަރުކަޒީ ސަރުކާރުތައް ނަގާ އަދި ކައުންސިލްތައް ހިންގުމަށް ހުރަސްއެޅުމަށް ހުރި ގާނޫނުގެ ބަދަލުތަކެއްކަން އަޅުގަނޑުމެންނަށް ފާހަގަވި." އަލީ ނިޔާޒް ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނުން ކައުންސިލްތައް އުފެއްދިތާ މިހާރު ދިހަ އަހަރަށް ވުރެ ގިނަ ދުވަސް ވެފައި ވާއިރު އަދިވެސް ކައުންސިލްތަކުގެ ނިޒާމް އެންމެ ރަނގަޅަށް މަސައްކަތް ނުކުރުމަކީ ރައްޔިތުންގެ ވަރަށް ބޮޑު ޝަކުވާއެކެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. އަންވަރު

    ރައްޔަތުންގެ ފައިސާ އިތުރަށް އިސްރާފު ކުރެވޭނެގޮތެއްތޯ ތިހޯއްދަވަނީ

  2. އަލިބޭ

    ކަލޭމެން ތިދައްކަނީހުސްބޭކާރުވާހަ އަތޮޅުތަކުގެރަށްތަކުއި ހަދާފައިހުރި ރިސޯޓްތަކުލިބޭލާރި އެއަތޮޅެއްގެރަތްޔެތުންނަށް ލިބޭގޮތަށްކެރެންޏާމް ނިކަންހަދާދީބަލަ %100 ޔަގީން ކަލޭމެންނަށްނުކެރޭނެކަން އަތޮޅުތަކުގައިހުންނަ ފަޅުރަށްތަކުންލިބޭލާރިވެސް ތިބުނާމައިސަރުކާރުންބޭނުންކުރާނީ ދެން ކޮންބާރުވެރިކަމެއްދޭންތަމިއުޅެނީ ކޮންމެވެސް އެހެންކަންތައްތަކެއްކުރަންވެގެންތިއުޅެނީ

  3. ނަން

    ދިވެހި ދައުލަތަކީ ގާނޫނު އަސާސީ ގައި ބަޔާން ވެގެންވާ ފަދައިން ޔުނިޓަރީ ދައުލަތެއް. ލާމަރުކަޒީ ނިޒާމަކީ ޔުނިޓަރީ ދައުލަތެއްގެ ސިފައެއް އަދި އަސާސެއް ވެސް ނޫން. ތިކަހަލަ ލޯކަލް ގަވަރުމަންޓް ތަކާއި ކައުންސިލް ތަކާއި އިންތަކާއި މިންތައް ވަކިކުރެވިފައިވާ ޕްރޮވިންސް ތަކަކީ ފެޑެރަލް ދައުލަތްތަކުގެ ސިފައެއް. މީގެ ހުރިހާ ވެސް ބޭނުމަކީ ޕާޓީ ސިސްޓަމް ގެނެސްގެން މި ގައުމު ބައިބައި ކުރެވުނު ވަރު ކުޑަ ވެގެން އެެއަށްވުރެ ފަސާދަ ބޮޑު ބައިބައި ވުމަކަށް ދިވެހި ދައުލަތުގެ ނިޒާމު ގެންދިޔުން. އަލީ ނިޔާޒާއި ތިޔަ ނިސްބަތްވާ ޖަމާއަތުގެ މީހުން ފިޔަވާ ދެން ތިބި އެންމެންނަކީ މޮޔައިން ކަމުގައި ހީނުކުރައްވާ!

    19
  4. މިއަދު

    އިދާރީދާއިރާތަށް ލާމަރުކަޒީ އުޞޫލުން ހިންގުމަށްބަލާއިރު އަތޮޅެއްގައި އަތޮޅުކައުންސިލެއް އޮތުމެގެ އެއްވެސް މާނައެއް ނުފެނުނު ރަށުކައުންސިލެއްގެ ޒިންމާދާރުވެރިއެއްގެގޮތުގައި މަސައްކަތްތަކުރާތާ 10 އަހައަހަރަށްވުރެ ގިނަދުވަސްވެފައިވާ މީހެއްގެ ހައިސިއްޔަތުން އަޅުގަނޑަށްލިބިހުރި ތަޖުރިބާއަށްބަލާއިރު އަތޮޅުކައުންސިލުގެ ސަބަބުން ރަށުކައުންސިލްތަކަށް ކުރާއެއްވެސް ފައިދާއެއް އަދި ފަސޭހައެއް ނެތް ރަށުލކައުންސިލްތަކުގެ ރައީސުން ހިމެނޭގޮތުން އަތޮޅުކައުންސިލްތައް އެކުލަވާލުމުން ހަމަޔަޤީނުންވެސް ކައުންސލްގެ ބަޖެޓަށް ބާރުބޮޑުވާނެ ކޮންމެމަހަކު 1 ނުވަތަ2 ފަހަރުވިއަސް ޖަލްސާބާއްވާ ކޮންމެފަހަރަކު މެމްބަރުން ދެކޮޅުދަތުރު ކުރަންޖެހޭނެ ނިޒާރުގެ ތި ނިންމުމަކީ 2008 ވަނައަހަރާހަމަޔަށްރާއްޖޭގައިއޮތް ރކ ކޮޓީތަކާއި އެކޮމެޓީތަކުގެ ތެރެއިން އުފެދުނު އަތޮޅުކޮމެޓީތަކުގެ ގޮތް ތަފާތަކީ ހަމައެކަނި ތިކިޔާ ނަން އެހެންކަމުން އަދިވެސް ރާއްޖެއަށް އެއްމެރަގަޅީ ރކ ކޮމެޓީތަކުގެ ސިފަކަން މިއަދު ތިބޭފުޅުންނަށް ތި ޤަބޫލުކުރެވެނީ އެއީ ރާއްޖޭގެ ރަޢިއްޔަތުން އަދިވެސް ބޭނުންވާގޮތް ކައުންސިލް އިދާރަގައި 1 ކައުންސިލަރަކު ހުރެފައި ރަޢިއްޔަތުންގެކަންކަން ރަވަން ކޮމެޓީއެއް އެކުލަވާލެވިފައިއޮތުން ރާއްޖެއަށް ފައިދާބޮޑީވެސް އަދި ރާއްޖޭގެ ރަޢިއްޔަތުން މިހާރުވެސް ބޭނުންވަނީ ހަމައެގޮތް

  5. ބަރުގޮނު

    ރަށުކައުންސިލްތަކަކީ އެރަށްރަށުގް ރަޢިއްޔަތުންގެ ވޯޓްން ހޮވޭ ކައުންސިލް ތަކަކަށް ވާއިރު ، ރަށުކައުންސިލްތަކުގެ ރައީސުންނަކީ އެޓޮމެޓިކުން އަތޮޅު ކައުންސިލް ކަމަށް ވާގޮތަށް ހަމަޖައްސާފައި އަތޮޅުކައުންސިލްހެ ރައީސާ ޖެހުނީމާ އަނެއްކާ މުޅިއަތޮޅު ގެ އިންތިޚާބަކަށް ދިޔާމާ ޚަރަދު ބޮޑުވޭ. އަތޮޅުކައުންސިލް ގެ ޖަލްސާތައް ފެށުން ލަސްވޭ.

  6. ރައްޔިތުން

    އަތޮޅު ކައުންސިލްތައް އުވާލުމަށް ގޮވާލަން- ރަށްރަށުގެ ކައުންސިލްތަކުން އެރައްތައް ހިންގަމުން ދިޔައިމާ ނިމުނީ ހަމަ އެގޮތަށް ސިވިސަރވިސް ވެސް އުވާލަންވީ

    ކައުންސިލްތައް ހިންގުމުގައި އެކަންކަން މޮނިޓަރ ކޮށް ބެލެހެއްޓުމާއި އަދި ކައުންސިލްތަކުގެ މުވައްޒަފުންގެ ކަންކަން ކުރާނީ އެލް.ޖީ.އޭ އިން ކަނޑައަޅާ ގަވާއިދު ތަކާއި އަދި އުޞޫލުތަކާއި އެއްގޮތައް ކަމަށް ކަނޑައަޅައި ނިންމަން ފެނޭ

  7. ކުރިގެ މެމްބަރ ޗޯބެ

    މީ މިކަން އޮންނަންޖެހޭ ގޮތަކީ .ވަކިން ހޮވާކަށް ނުޖެހޭ.. ވަކި ކައުންސިލް ހެދީމަ ވާގޮތަކީ އާބާދީ ބޮޑު މެމްބަރުން ގިނަދާއިރާތަކަށް ފައިދާ ބޮޑުވެ އާބާދިމަދު ރައްޔިތުންތިބޭ ރަށްރަށް ބާކިކޮށްލާ. މިސާލަކަށް ކުޅުދުއްފުށީ މެމްބަރުންގެ ބަލާ ވބޮޑު ހދ.އަތޮޅުކައުންސިލްގަ.