ރައީސް އަބްދުﷲ ޔާމީން އިންތިހާބު ކުރި މަގުސަދު ގެއްލިއްޖެ ކަމަށާއި ވޯޓް ކަރުދާހުގައި އެމަނިކުފާނުގެ ނަމެއް ނޯންނާނެ ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާއި ގުޅޭގޮތުން ވީޓީވީގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމީން ވިދާޅުވީ ރައްޔިތުން އެކަންކަމަށް ނޫނެކޭ ބުނެފައިވާ ހުރިހާކަމެއް ރައީސް ޔާމީން ކޮށްފައިވާ ކަމަށާއި އެހެން ކަމުން ރައީސް ޔާމީންގެ ނަން މިއަހަރު އޮންނަ އިންތިހާބުގެ ވޯޓް ކަރުދާސްކޮޅުގައި ނޯންނާނެ ކަމަށެވެ.

"އަޅުގަނޑު ސަރުކާރުގެ ތެރޭގައި މަސައްކަތް ކުރެއްވި ދުވަސްވަރު އިވިވަޑައިގެން އަޑުތަކާއި، ކުރެވުނު ތަޖުރިބާއަށް ބަލާއިރު، އަދި ގުޅިފައިވާ ސިޔާސީ ޕާޓީތަކާއިއެކު ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ރައީސް ޔާމީން ނަން ވޯޓް ކަރުދާސްކޮޅުގައި އޮންނާނެކަމަށް ގަބޫލެއް ނުކުރަން" އަމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވަނީ ރައްޔިތުންގެ މައްޗަށް އަނިޔާވެރިކަން އިސްކޮށް، ސުޕްރީމް ކޯޓްގައި ތަޅުއަޅުވާ، ފަނޑިޔާރުން ހައްޔަރުކޮށް، ސިޔާސީ ހަރަކާތްތަކަށް ހުރަސްއަޅާފައިވާކަމަށް އަމީން ވިދާޅުވިއެވެ.

"ސަރުކާރެއްގައި ހިމެނެންޖެހޭ އެއްވެސް ސިފައެއްނެތް މި ސަރުކާރުގައި. އެކި މުއައްސަސާތަކާއި، އެ މުއައްސަސާތަކުގެ ވެރިންގެ މެދުގައި ވަރަށް ވަރުގަދަ އިތުބާރަކާއި، ހަރުދަނާ ގުޅުންތަކެއް އޮންނަންޖެހޭ" އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސަރުކާރުން ފެންނަނީ ފިތުނަވެރިކަން އެއްބަޔަކު އަނެއް ބައެއްގެ މެދުގައި އޮތް މަންޒަރުކަމަށާއި ރައީސް ޔާމީންގެ އަމަލުތައް ހުރީ ބިރުދައްކައިގެންނާއި، ގާނޫނީ ގޮޅިއަށް ހުރިހާ ބޭފުޅުންވެސް ފައްތައިގެން ސަރުކާރުގެ ތެރޭގައި ގެންގުޅުމުގެ ސިޔާސަތެއް ކަމަށެވެ.

"މާލޭގައި ތިބި އެންމެން ޖަލަށްލީނަމަވެސް އިރާދަކުރެއްވީތީ މި މަސައްކަތުގައި ދެމި ތިބޭނެ އެތަށް ލީޑަރުންނެއް ރާއްޖެއިން ބޭރުގައިވެސް އެބަތިއްބެވި." އަމީން ވިދާޅުވިއެވެ.

ސިޔާސީ ލީޑަރުން ޖަލަށްލައިގެން ރައީސް ޔާމީނަށް ހޯދޭނެ ކާމިޔާބެއް ނެތްކަމަށާ ރާއްޖޭގައި ތިބި އިސްލާހީ ފިކުރުގެ އެންމެން ޖަލަށްލީނަމަވެސް އިސްލާހީ މަސައްކަތް ނުހުއްޓުވޭނެ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ގަޅިބެ

    ކަލޭމެނަކައް އިސްލާހެއްނުކުރެވޭނެ.މަޑުންތިބެލާ...

  2. މަންދު

    ވޯޓު ކަރުދާހުގަ ނަން އޮންނަން ޖެހޭ މީހުން ކަޑައަލަނީ އަމީން އެއްނޫން

  3. ޢަލީ

    ކަރުދާސްކޮޅުގަ ނަން ބޭއްވުމަކީ އަމީނުގެ ކަމެއްނޫން. އަމީން ވޯޓު ނުދެންޏާ ނުދިނީމަ ނިމުނީ، ތި ބުނިގޮތުން ހީވަނީ ރައީސް ޔާމީން ވުޖޫދުން ގެއްލުވާލަން އުޅެނީ ހެން. އެއީވެސް އަމީނަށް ވާނެކަމެއްނޫން. ގޮނބޯހައްދަން ވާހަކަ ނުދައްކާ.

    • އައި.ޒެޑް.އެމް. ލ. ގަމު ތުނޑި

      ތެދު ވާހަކަތަކެއްނު އެއީ! ޔާﷲ ! އަޅަމެންނީ ޙައްޤު ޙައްޤުގެ ގޮތުގައި އަދި ބާޠިލް ބާޠިލްގެ ގޮތުގައި ބަލައިގަންނަ ބަޔަކުކަމުގައި ލައްވާނދޭވެ! ( ހުކުރު ޚުތުބާ ތަކުގައިވެސް މިދުޢާ ވިދާޅުވާތަން ފެނޭ ) ވީމާ، ޔާމީނަކަސް ގޯސްވީމާ ހަމަ ގޯހޭ ބުނެވެން ޖެހޭނެދޯ!

  4. އަބްދުއްލާ

    އަމީން . ވޯޓް ކަރުދާހުގަ ނަންޖަހަނީ އަމީނުތަ ؟ ދޮގުހަދާނެ ކަމެއްނެތް . މިވެރިކަން އިންތިހާބުގެ ކުރިން މާތް ﷲ ގެ އިރާދަ ފުޅުން ނުވެއްޓޭނެ .އަދި އިންތިހާބު ކާމިޔާބުވެ މާތްﷲ ގެރަހުމަތްފުޅުން 2023 ނިމެންދެން ޔާމީން ވެރިކަމުގާ ދެމިހުންނަވާނެ.

  5. ފައިޒް

    ރައީސް ޔާމިންގެ ނަން ކަރުދާސް ކޮޅުގައި ނެތްނަމަ ކަލޭގެ އިސްކޮޅުގައި 7 ފޫޓް ހުންނާނެ...

  6. ތިމަންނަ

    ބަލަ މޮޔަ ނުގޮވާ! ލުމުގެ ކުރީގައިވެސް އޮންނާނީ ހަމަ އެ ނަން....

  7. ކަތީބު

    ތިބުނާ ނަމެއް ނެތިއްޔާ އަމީނު ބުނި މީހަކަށް މަށާއި މަގޭ ޢާއިލާ 35 މީހުން ވޯޓް ދޭނަން. ޢެކަމު އެނަން އޮތިއްޔާ އަމީނު އަމިއްލަ ތީ އަނގަފިދެއް ކަމަށް ޤަބޫލުކޮށް ސިޔާސީ އަދި އެއްވެސް ޕޯޑިޢަމެއް އަދި ޕަބްލިކް ސްޕީޗެއް ނުދޭން އެއްބަސްވޭ ބާ..... ނިކަން ފިރިހެނަކަށް ވެބާ....

  8. މަނިކު

    އަމީނު ކަލޭއެދޭހާގޮތައްއެއްވެސްކަމެއްނުވި ދައުރުނިމެނީ ނުވެސްހުއްޓުވުނު ކަލެއާކަލޭގެބައިވެރިން ނުލިބިގެންއުޅޭ ދީނީމިނިވަންކަމެއްވެސްނުލިބުނު

  9. ައަހްމަދް

    ހަ ހަ ހަ ވޯޓް ކަރުދާހުގައި އޮނާނީ އަމީނުގެ ނަމާއި އަމީތުގެ ނަން. އަމިއްލަ އެދުމާއިގެން ފުރިފއަިވާ އާއިލާ އެއް. ކޮއްކޮ ގެ ގޮޑި ގެއްލުނު ކަމަށް ހަސަދަ ވެރިވީ ދޯ.. ލޮލް އަމިއްލަ ދާއިރާއަށް ކުރިމަތިލައިގެން ވެސް ފެއިލް ވީ ދެން ލަލަލަ.....ނނ.

  10. އަމީތު

    އެއްވަރުގެ މީހުން، މިވެސް ރައީސެއް، ކަލޭމެން ކީކޭ ހިތައްއަރައިގެން ތިއުޅެނީ، ކަލޭ ހާދަމޮޅޭ ކުރިޔަށް ވާންހުރި ކަންކަން ތިބުނެލަނީ، ކުފުރުނުވެ ވޭތީބަލާތި މީދަ ބޯގޯސް ސޮރާ