ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު ސީޝޭލްއަށް ފުރައިވަޑައިގެންފިއެވެ.

ރައީސް އޮފީހުން ވިދާޅުވީ ސީޝެލްސްއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ރާއްޖެއިން ފުރާ ވަޑައިގަންނަވާފައިވާ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުންގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ބޭފުޅުން ހިމެނޭ ވަފުދެއްވެސް މިދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

ރައީސް އޮފީހުން ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ސީޝެލްސްގެ ރައީސް ޑެނީ ފޯރޭގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާ ސީޝެލްސްއަށް ކުރައްވާ މި ދަތުރުފުޅުގައި ދެޤައުމުގެ ދެމެދުގައި ބައެއް އެއްބަސްވުން ތަކުގައި ސޮއިކުރެއްވުމާ، ދެޤައުމުގެ މެދުގައި މަތީފެންވަރުގެ މަޝްވަރާތައް ބޭއްވެވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއްވައެވެ.

ސީޝޭލްސްއަކީ ވެސް ވެސް ދިވެހިރާއްޖެ ފަދަ ޖަޒީރާ ގައުމެކެވެ. އާބާދިގައި އެއްލައްކަ މީހުން ވެސް ހަމަނުވާ ސީޝޭލްސް އެފްރިކާ ބައްރަށް ނިސްބަތްވާ ގައުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އައްޑޫސިޓީ

    ސާބަހޭ ދަރިޔާ. ދަތުރަކަށްފަހު ދަތުރެއް ކޮށްފަ ބަހައްޓާތި. ރައްޔެތުމީހާ ހަނާވިއަސް ޕޯޑިއަމްތަކަށް އަރާ 2ރައީސުން ބާސާކެނޑީމަ ޕާޓީކުދިން ހެވިދިލިފަ ތިބޭނެ.

    35
    1
  2. އަހުމަދު

    މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިން މިކަހަލަ ދެތިން އެއްބަސް ވުމުގައި ސޮއި ކުރެވޭނީ އެހީ އެއް ނުލިބޭނެ އެއްބާރު ލުން ލިބޭނީ ތިޔަ ދަތުރަށް ދާ ޚަރަދުވެސް ނުލިބޭނެ.... ފުރިތާވެސް ނުޖެހޭނެ ... ކަންކަން ކޮށްދޭން ބުނި ޔޫރަޕް މީހުން ކޮބައިތަ... އިންޑިޔާ އިން އުކުޅަހުގައި އަޅަން ބުނި ކޮންފަރެންސް ހޯލުވެސް ތޮޅި އަށް ދެން ކީއްކުރާނީ އެމީހުން ބުނީ ޓީ ބިލް ގަންނާނަމޭ އެގަންނާނެ ދިވެހިން ވެސް އެބަތިބި .... ހުސް އަތާ އަންނަން ޖޭހޭ ދަތުރުތައް ނުކުރައްވަވާ ފައިދާ ހުރި ކަންކަން ކުރައްވަވާ....

    15
  3. ޢިޔާބު

    ދުނިޔޭގަ ޒިއްމާއެއް ނެތް ރައީސެއް މިނޫނީ ނުހުންނާނެ

    16
  4. ބޮފާ

    ކަޕުލް ގޯލްސް

    11
  5. ޢަލީ

    މަށަށްހީވާކަހަލަ މީނަވެރިޔަކަށްވީ އެހެންގައުމުތަކުގެ ވއޕ ހިދުމަތް ލިބިގަންނަންވެގެންހެން އާއެހެންޏަ އަދި ދެފައިއެއްތީނުޖެހެ ހަޔާތުގަނުދެވި ހުރި ހުރިހާގައުމަކަށް ސަރުކާރުގެ ހަރަދުގަ ދެންސުވާލުވެވޭނެ ދުވަހެއްވެސް އަންނާނެ

  6. ނަފާ

    ޚުރާނެކަމެއްނޭގިގެން އުޅެނީ. ހިތައްވެސް ނައަރާވިއްޔާ ރައީސްކަންލިބިދާނެއެކޭ. ހަމަ ކުފޫހަމަނުވޭ ވެރިކަމައް.