މާލޭގެ ގެއެއްގެ ތެރޭގައި ނިޔާވެފައި އޮއްވައި ފެނުނު ހއ.ބާރަށު އަލީ މުހައްމަދު ،52، (އަލިމަނިކު) ގެ މަރާއި މެދު އާއިލާ އިން ސުވާލު އުފެއްދި ނަމަވެސް، މިހާތަނަށް ބެލި ބެލުމުން އެއީ ގުދުރަތީ މަރެއް ކަމަށް ބެލެވިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

އަލިމަނިކުގެ މަރާއި ގުޅިގެން އާއިލާ އިން ސުވާލު އުފައްދަނީ އޭނާގެ ހަށިގަނޑު އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލަށް ގެންދިޔައީ ކާކުކަން އެ ހޮސްޕިޓަލަށް ބުނެދެވިފައި ނުވާތީ އާއި ހަށިގަނޑުގައި ޒަހަމްތަކެއް ހުރުމުންނެވެ.

އަލިމަނިކުގެ ޅިއަނެއް ކަމަށްވާ ބާރަށު ކައުންސިލްގެ ނައިބު ރައީސް އަލީ ޝަމީމް ވިދާޅުވީ އަލިމަނިކު ނިޔާވީ މާލޭގައި ދެތިން ހަތަރު މީހަކު ހިއްސާކުރާ ކޮޓަރިއެއްގެ ތެރޭގައި ކަމަށެވެ. އޭނާ ނިޔާވވި ޚަބަރު ލިބިގެން މާލެ އަށް އައި އިރު ހަށިގަނޑު އޮތީ ސަހަރާ އަށް ގެންގޮސްފައި ކަމަށާއި ބޭރުފުށުން ބައެއް ޒަހަމްތައް ފެންނަން ހުރުމުން އެ މައްސަލަ ފުލުހުންނަށް ހުށަހެޅުއްވީ ކަމަށް ޝަމީމް ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ މަރުވެގެން އާ ސަހަރާއަށް ގެންގޮސްފައި އޮތް 52 އަހަރުގެ ފިރިހެނެއްގެ ހަށިގަނޑުގައި ޒަހަމްތަކެއް ހުރި ކަމަށް އާއިލާއަށް ފާހަގަ ކުރެވިގެން އިއްޔެ މެންދުރު ފަހު ރިޕޯޓްކުރި ކަމަށެވެ.

އޭނާ މަރުވީ ގުދުރަތީ މަރަކުން ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

"މިގޮތަށް ހުށަހެޅޭ މަރުގެ ކޮންމެ މައްސަލައެއްގައި ވެސް ފުލުހުން ބަލަން ޖެހޭ ކަންތައްތައް ބަލައި ރެކޯޑް ކުރާނެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

އަލިމަނިކު ނިޔާވި ދުވަހު އެއާއިލާގެ އަންހެނަކު ބާރަށުގައި ވެސް ނިޔާވެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާބިދާ

    ކޮބާ ކޮމިޝަނެއް ހަދާކަށް ނުވޭ؟ މިދިޔަ ވެރިކަމުގައި ހިނގިކަމެއްނަމަ ބޮޓުންތައް ލައްކަ ފޯރި ހުރީސް. މިހާރު އިންސާފު ލިބޭކަށް ނުޖެހޭބާ؟

    17
    3
  2. ބުރުގާ

    ދިވެހި ރާއްޖޭގެ ޕޮލިހުންނަކީ ވަރައް ވިޔާނުދާ، ކޮރަޕްޓް، މީހުން އަތުން ބޮޑެތި ރިޝްވަތުނަގާ، އަނިޔާކޮއް، ބުލެކްމެއިލްކޮއް، އޮޅުވާލާ، މީހުން ރަޙީނުކުރާ ބަޔެއް. ތިމީހުން ދައްކާވާހަކަ ގަބޫލުކުރަން ހެޔޮނުވާނެ.

    3
    1
    • ާސަކީނާ

      ޙައްގު ތެދު، މަށަށް ވަރަށް އަނިޔާ ކުރި ތީގެ މީހެއް ރައްޓެހި ނުވީމަ، ތަޅާ އަނިޔާކޮއް ވައްޓާލާ، ދަތްއަޅާ ހެދި، ރިޕޯރޓް ކުރީމަ ހައްޔަރު ކޮއްފަވެސް ދޫކޮއްލީ،

  3. ހިނދިކޮޅު

    އައްޔައަކީ ޕީޕީއެމް އެކްޓިވިސްޓެއް އެހެންވެ ތިމައްސަލަ މައްސަލައަކަށް ނުވީ، އެމްޑީޕީ މެމްބަރުއްނަމަ ނުފޮރުޅާ އެއްމެ ގާކޮޅެއްވެސް ނުބާއްވާނެ

    14