މި މަހުގެ ތެރޭގައި ސްކޫލްތަކާ ޓެބްލެޓް ހަވާލުކުރަން ފަށާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ވިދާޅުވެއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ދެވަނަ ޓާމްގެ ކިޔެވުން ފަށާއިރު ހުރިހާ ސްކޫލެއްގައި ޓެބްލެޓް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު މިމަހުގެ ތެރޭގައި ޓެބްލެޓް ހަވާލުކުރަށް ފެށުމަށް ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ސްކޫލްތަކަކަށް ޓެބްލެޓް ދޫކުރަން ކަނޑައެޅިފައިވާ ވަގުތާ އެއްގޮތަށް އެކަން ކުރިއަށް ގެންދިއުމަށް ކަމަށެވެ.

އެގޮތުން ޝަފީއު ވިދާޅުވިގޮތުގައި ވައިފައި ނެޓްވޯކްގެ މަސައްކަތްވެސް ދިރާގުގެ އެހީގައި ކުރަމުންދާ ކަމަށާއި ނެޓްވޯކްލުމުގެ މަސައްކަތް ނިމި، އެކަން އެ މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް އިތުރު ކަނެކްޝަންއެއް ބޭނުންވާނަމަ ދިރާގުން ކޮށްދޭނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.

ސަރުކާރު ސްކޫލްތަކުގެ ގޮތުގައި ހިންގާ 212 ސްކޫލް ރާއްޖޭގައި ހުރި އިރު އެ ހުރިހާ ސްކޫލެއްގެ ދަރިވަރުން ބޭނުންކުރުމަށް 54،000 ޓެބްލެޓް އަދި މުދައްރިސުނާއި އެކު މުޅި ޖުމްލަ 71،000 އަށްވުރެ ގިނަ ޓެބްލެޓް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ގަނެފަ އެވެ.

އެގޮތުން އެއީ ވޭވޭ ބްރޭންޑްގެ މީޑިއާ ޕެޑް ޓީ 3 ޓެބްލެޓް ތަކެއް ކަމަށާއި 8 އިންޗީގެ އެޗްޑީ ސްކްރީނެއް ހިމެނޭ އެ ޓެބްލެޓުގެ ސްޓޯރޭޖް ކެޕޭސިޓީގައި 16 ޖީބީ ހުންނާނެ ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

ރާއްޖޭގެ ހުރިހާ ސްކޫލްތަކެއް ޑިޖިޓަލައިޒް ކުރުމުގެ މަޝްރޫޢާއި އާ މުގައްރަރު ތަންފީޒުކުރުމުގެ މަސައްކަތްކޮށް ނިންމުމަށް އަންނަ އަހަރުގެ ބަޖެޓްގައި ވަނީ 154 މިލިއަން ރުފިޔާ ހިމަނައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮކަރ

    ދުވަސްކޮޅަކުން މިގައުމުގެ އެންމެން ނަންބަރު އައިނު އަޅަން ޖެހިދާނެ.. އެކަމަކު ވައްކަން ކުރާމީހާގެ އަތްކަނޑާ ވާހަކަ ބުނާއިރަށް ބަޔަކުމީހުން ގޮވާނެ ދުވަސްކޮޅަކުން ރާއްޖޭގަ ތިބޭނީ އެއް އަތް ބުރިކޮށްފަ ތިބޭމީހުންނޭ.. މިވެސް ވާހަކައެއް..

  2. އަބްދުއްލާ

    އަޅުގަނޑުމެން މިތީބީ ސްކޫލްގާ އެއްވެސް އެއްޗެއް ނުލިބިގެން އުޅުނު 3 އަހަރު ވެސް ދެކިފާ ދުވަހެއް ދުވަހެއް ދިޔައީދަށަށް އެންމެފަހުންގޮސް އޮބިނޯވެގެން މުސާރަކޮޅުވެސް ކަނޑާލި .މިހާރު މިފންނަނީވެސް އަހރުތަކެއް އހަރަކަށްވުރެ އަހަރެއްރަނގަޅު މުސާރަ ބޮޑުކުރި ކިޔަވާދޭ ވަސީލަތް މަތިކުރީ ވީމާ މިވަރުގެ ހިދުމަތްތެރި ސަރުކާރެއް ހޯދާނީ ކިހިނެތް ؟

  3. ލަބީބު

    މިއަދު މިއީ އަހުރެމެންގެ ޒުވާންދުވަސްވަރުނަމަ ދޯ؟ ހާދަ ހެޔޮ ސަރުކާރެކޭ މިއޮތީ އިރާދަކުރެއްވީތީ!