ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން މެއި މަހު ހޯދަން އިއުލާން ކުރި މީހަކު އަދި މިހާތަނަށް ވެސް ނުފެނިފައި ވާތީ އޭނާ ހޯދަން ފުލުހުން މިއަދު އަނެއްކާވެސް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުން މިއަދު ވިދާޅުވީ މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. ފޭދޫ، އުޖާލާގެ / މުޙައްމަދު ޢިމާދު އަޙްމަދު (24އ) އެވެ.

މުޙައްމަދު ޢިމާދު އަޙްމަދަކީ މެއި 18 ވަނަ ދުވަހުވެސް ހޯދަން އިޢުލާނުކޮށް ނުފެނިފައިވާ މީހެކެވެ.

މުޙައްމަދު ޢިމާދު އަޙްމަދާއި ގުޅޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި ޙިއްސާކުރެއް ވުމަށް ފުލުހުން އެދެއެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މިފުރުޞަތުގައި ފާހަގަކޮށް ޝުކުރުދަންނަވާކަމަށް ފުލުހުން ވިދާޅުވިއެވެ.