އއ.ރަސްދޫ ކައުންސިލް އިދާރާގެ ގޯތިތެރެއިން ބަނގުރާ ހުސްކުރި ފުޅިއެއް ފެނުމުން އެކަން އެއްވެސް ފަރާތަކަށް ނާންގާ މީސްމީޑިއާ އާއި ޚަބަރުތަކަށް (މީޑިއާތަކަށް) އެމައުލޫމާތު ދީފައި ވަނީ ސިޔާސީ ބޭނުމެއްގައި ދުރާލާ ރާވައިގެން ބަޔަކު ގަސްދުގައި ރަސްދޫ ކައުންސިލާއި، ކައުންސިލްގެ މުވައްޒަފުން އަދި ރަސްދޫ ރައްޔިތުން ބަދުނާމު ކުރަން ކަމަށް ރަސްދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ރަސްދޫ ކައުންސިލް އިދާރާގެ ގޯތިތެރެއިން ބަނގުރާ ހުސްކުރި ފުޅިއެއް ފެނުނު ޚަބަރު މީޑިއާތަކުން ގެނެސްދިނުމުން އެކަމާއި ނުރުހުން ފާޅުކުރަން ރަސްދޫ ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ ރަސްދޫ ކައުންސިލް އިދާރާގެ ގޯތިތެރެއަކީ ކޮންމެ އިރަކުވެސް ވަނުމަށް ދަތިކަމެއް ނެތް ތަނަކަށް ވެފައި އެފަދަ އެއްޗެއް ކޮންމެ މީހަކަށް ބޭނުން އިރަކު ކައުންސިލްގެ ގޯތިތެރޭގައި ބެހެއްޓިދާނެ ކަމަށެވެ.

ކައުންސިލްގެ ބަޔާނުގައި ވަނީ ބަނގުރާ ހުސްކުރި ފުޅި ފެނުނު ޚަބަރު ޗެނަލް-13 އާއި "ވަގުތު" އަދި ފަސޭހަ.ކޮމް ގައި ގެނެސްދީފައި ވާތީ އެކަން ވެސް ކުށްވެރިކޮށްފައެވެ.

ރަސްދޫ ކައުންސިލުން ބުނީ އެކައުންސިލަކީ ޤާނޫނާއި ހިލާފު އަމަލެއް ކުރުމަށް ހިތްވަރު ދޭނެ ކައުންސިލެއް ނޫން ކަމަށާއި އެކަމުގެ ޔަގީންކަން ދޭކަމަށެވެ.

ރަސްދޫ ކައުންސިލަކީ އެމްޑީޕީގެ އަޣުލަބިއްޔަތު އޮންނަ ކައުންސިލެކެވެ.

ރަސްދޫ ކައުންސިލްގެ ގޯތިތެރެއިން ބަނގުރާފުޅިއެއް ފެނުނު މައްސަލަ ތަޙްޤީޤު ކުރަމުންދާ ކަމަށް ފުލުހުން ރޭ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

 1. ބޮކަރ

  ބަނގުރާ ހުސްކުރި ފުޅި ހުރޭ ގޭގޭ ކަބަޑުތަކާއި އަލަމާރިތަކުމަތީގައި، އެކަމަކު އެޔަށް ހުންނަނީ ބޮއްޔާއި އަކިރިއާއި ވެލި އަޅާފުރާފައި.

  11
  1
 2. އ. ޖ. އ

  ވަރަށް ރަނގަޅު ވާހަކައެއް... ތިޔަ ވާނީ ޕިންކީންނަށް އެއްލައިލާނެއް އެހެން ތަނެއް ނުފެނުނީ ކަމަށް

  3
  21
 3. ނާދިރާ

  ތިޔަވީ އަދި މާ ބޮޑަށް ބަދުނާމް..

  19
  1
 4. ހަޖަމު

  ދެން ހިންހަމަނުޖެހުނަސް ފެނިއްޖެއްޔާ ފެނުނުކަމައްވާނެ ކޮންމެމީހަކު ބެހެއްޓިޔަސް ދެންތިކަން ތަޙުޤީޤުކުރީމާދޯ އެނގޭނީ ކިހިނެއްހިނގިކަމެއްކަން

  19
  1
 5. ...

  ޙަހަހަ ދެން ރޔ ވައްކަން ކުރިކަން ސާބިތު ނުވަނީސް ރާޓީވީ އާ ސަންގު އިން ރޔ ވައްކަންކޮށްފިއެޭ ކިޔާފަ ހަބަރު ގެނައިމަ އޯ؟ އެ އޯކޭ ދޯ؟
  މިމީހުން ކުރަންވީމަ އޯކޭ

  23
  1
  • ޢަލީ

   އާން އެހެންނުވާނީ އެއީދޮގުދަންނަވެސް ބައެއްނޫން މާތްކަލާކޯ ފެނިފެނި ލޯމަތީގަ ވޭވެހުންނަކަމެއްވެސް ހަމަ ބަދަލުކޮއްލާފަ ދޮގުހަދާބައެއް ރޓީވީއަކީ އޭތިއޯކޭ މާބޮޑަކައްނު

   5
   1
 6. ނައިބުތުއްތު

  ހުންނާނެ ހުންނަންޖެހޭނެ މާގިނައިން ހުންނަންޏާ ފޮޓޯތައްގިނަވޭ>

 7. އަފީފާ

  އެމްޑީޕީ މެޖޯރިޓީއޮއްނަތަނެއްގަ ބަގުރަލުގެ
  އަމަލުނުހިންގައެއްނުހުންނާ ރޭވެފަ އަލިވިލޭ
  ހެންއަހަރު މެންނައްއިގެއޭ؟ ތެދެއްނުހަދާތި
  އަދިވެސް ރައްޔެތުންގެބޮލުގަ ތިކަންވެސް
  އެޅުވޭ ތޯބަލާ ސަލާމަތްވާނެއޭމިހާރު ކަލޭމެންގެ
  ސަރުކާރުމިއޮތީ ބޯންވާނެ ބޮވެންޖެހޭ ނުބޮއިވާކައް
  ނެއް؟ މާދަމާ ވާނެގޮތަކައްބަލާނެކަ މެއްނެއް
  ކަލޭމެން ގެސަރުކާރުގަ ކުއްވެރިއެއްނުވާނެ؟
  އެއްދޮރުން ވައްދާފަ އަނެއް ދޮރުންނެރޭނެ؟
  ކީތްވެބިރުން ތިނޫންކަމައްހެދެނީ؟ ހާސްކަޑާ
  ލާ؟ މިއަދުކަމަކައްނުވާނެ؟ ނަމަވެސް
  ކެއްނުކުރެވޭނެދުވަހެއްއެބައޮތް؟ ވިސްނާ
  ވަގުތުވަރައްކުޑަ؟ ތިކަމުންސަލާމަތްވާން
  އޮތްހަމައެކަނި ދޮރަކީ؟ ތައުބާވުން؟
  ﷲ އައްބިރުވެތިވޭ؟ މީވަރައް މާތް މަސް
  ވަރެއް ބަރަކާތްތެރި ހައްޖުމަސްވަރުކަން
  ހަދުމަ ފުޅުކޮއްލައްވާ؟ މީވަރައްގިނަވާހަކަ؟؟؟

  6
  1