ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު ރިޔާޒް ރަޝީދުގެ މެރީޑިއަމް ކުންފުނިން އެސްޓީއޯ އަށް 19 މިލިއަން ރުފިޔާ ދައްކަން ހައި ކޯޓުން ޙުކުމްކޮށްފިއެވެ.

މެރީޑަމް އިން އެސްޓީއޯއަށް ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ބުނެ ސިވިލް ކޯޓުން ކުރި ޙުކުމް އެސްޓީއޯ އިން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެމައްސަލަ ބެލުމަށް ފަހު މިއަދު ހައިކޯޓުން އިއްވި ޙުކުމުގައި ވަނީ 23 އޯގަސްޓް 2010 ން ފެށިގެން 28 ސެޕްޓެމްބަރު 2010 ނިޔަލަށް ކްރެޑިޓަށް ދޫކޮށްފައިވާކަމަށް ބުނެފައިވާ ތެލުގެ ބާވަތްތައް މެރީޑިއަމް އަށް ރައްދުވެފައިވާކަން މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކުންނާއި، ލިބިފައިވާ ހެކިންގެ ހެކިބަހުން ޝަރީޢަތަށް ސާބިތުނުވާކަމަށް ކަނޑައަޅުއްވާ، މި މުޢާމަލާތްތަކުގެ މައްޗަށް ބިނާކޮށް އެސްޓީއޯ އިން ހޯދުމަށް އެދިފައިވާ ފައިސާ މެރީޑިއަމްގެ ކިބައިން ނަގާދެވެން ނެތްކަމަށް ކުރައްވާފައިވާ ޙުކުމް ބާޠިލްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިހުގެ އިއްތިފާޤުން ކަނޑައަޅާ ކަމަށެވެ.

މި މައްސަލާގައި ބުނެފައިވާ ތެލުގެ ބާވަތްތަކަކީ މެރީޑިއަމް އަށް ރައްދުވެފައިވާ ތެލުގެ ބާވަތްތަކެއްކަމަށް މި މައްސަލާގައި ހުށަހެޅުނު ހެކީންގެ ހެކިބަހަށާއި، ގުޅިފައިވާ ޤަރީނާތަކަށް ބެލުމުން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، މި މުޢާމަލާތްތަކާއި ގުޅިގެން އެސްޓީއޯ އިން މެރީޑިއަމް އަށް ފޮނުވާފައިވާ އިންވޮއިސްތަކުގެ ޖުމްލަ އަދަދު ކަމަށްވާ 18949473.40 ރުފިޔާ އާއި ޖޫރިމަނާގެ ގޮތުގައި 384198.80 ރުފިޔާ އާއި އެކު ޖުމްލަ 19333672.20 ރުފިޔާ މިއަދުން ފެށިގެން ހަމަސް ދުވަހުގެ ތެރޭގައި މެރީޑިއަމް އިން އެސްޓީއޯ އަށް ދައްކަން ޙުކުމުގައި ވެއެވެ.

މިފައިސާ މެރީޑިއަމް އިން ނުދައްކައިފިނަމަ ފައިސާ ހޯދުމަށްޓަކައި މި ދެފަރާތު ދެމެދު 31 މާރޗް 2010 ގައި ވެވުނު އެއްބަސްވުމުގެ ދަށުން މެރީޑިއަމް އިން މޯގޭޖްގެ ގޮތުގައި ބާއްވާފައިވާ އަތަމާ އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބަނޑު (ކަލަމިދި) އަދި ބަނޑު (ރިޔާ 11) ކޯޓު މެދުވެރިކޮށް ނީލަމުގައި ވިއްކާލުމަށްފަހު، އެފައިސާ ހޯދުމުގެ އިހްތިޔާރު އެސްޓީއޯ އަށް ލިބިފައިވާ ކަމަށް ވެސް ހައިކޯޓުން މިއަދު އިއްވި ޙުކުމުގައި ވިދާޅުވެފައިވެއެވެ.

މާޗް، 2010 ގެ ނިޔަލަށް އެކި ފަހަރު މަތިން އެސްޓީއޯ އިން މެރީޑިއަމުން ނެގި ތެލަށް 19.3 މިލިއަން ރުފިޔާ ލިބެން ޖެހޭ ކަމަށް ބުނެ އެ މައްސަލަ އެސްޓީއޯ އިން ސިވިލް ކޯޓަށް ހުށަހެޅުމުން 2016 ވަނަ އަހަރުގެ ޖޫން މަހު ހުކުމްކުރީ ދައުވާގައި ބުނާ ތެޔޮ މެރީޑިއަމަށް ދޫކުރި ކަން ސާބިތުނުވާތީ އެ ފައިސާ ދޭން އަމުރު ނުކުރެވޭނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ބުރުގާ

    ރިޔާޒު ރަޝީދު މިރޭވެސް އެމްޑީޕީއައް ސޮއިކޮއްލާފިއްޔާ އެއްމެ ލާރިއެއްވެސް އެސްޓީއޯއައް ދައްކާކައް ނުޖެހޭނެ.

    8
    2
  2. ވިސްނާ

    ޙައްގައް ނަސްރުލިބޭނެ. ލަސްވުމާއި އަވަސްވުން އެއީ ﷲގެ އިންސާނާއަށްޓަކައި މިންވަރުކުރައްވާފައިވާ އިލާހީ މިންގަނޑު.

    12
  3. ޞަޙީފާ

    19 މލިޔަން ތިޔައީ ރިޔާޟުމެނަށް ހަމަ ވަޔެއްލުން ކަހަލަ ފަސޭހަ ކަމެކެވެ. ދެން އަމުދުން އެބުނާ ތެލަކީ ގަންޖާގެ ޒަމަނެއް އޮތްދުވަސްވަރު ހިންގަފައިވާ މުޢާމަލާތަކަށްވީމާ އަދި ވަކިން ފަސޭހަވާނެއެވެ.

    7
    1
  4. ޓިނު

    ރިޔާޒުމެން މިދުވަސް އަތުވެދާނެކަމަށް ހީވެސްނުކުރޭ

  5. ވގ

    ހުސް ވަގުންދޯ ޓީވީޔައްއަރާވާހަކަދައްކާއިރު ހީވަނީ މިދިޔަ 5 އަހަރު އެހެން ކަމެންހެން ދެން އަވަހައް ފައިސާދައްކާ

  6. ޖަމްނާ

    މިއީ މިދިޔަ ފަސްއަހަރު ހިނގާފަ އޮތްކަމެއްތަ؟ މިހާރު މިކަންތައް ވަޔެއްލާހާ ފަސޭހައިންވާނެ. ސަބަބަކީ މިސަރުކާރަށް އަރައި ތިބި ޢައްދާރުންނަކީ މިރާއްޖޭގެ ތިބި ހުރިހާ މުވައްސަސާތަކަށް ތިމާމެންގެ ކުލައިން ކުލަ ޖެހިފައިތިބި މީހުން އިސްކޮށްގެން ސަރުކާރު ހިންގާބަޔަކަށްވީމަ މިސަރުިކާރު ހިތްހަމަ ނުޖެހޭބަޔަކު ވެއްޖެއްޔާ ދާނީ ދުވަސް ދުއްވަމުން. ދެރަކަމަކީ މިއެމްޑީޕީ 3 އަހަރު ދުވަހު ހިންގި ސަރުކާރުން ހިނގި ޢުދުވާން ޔާމީން އަރައި ނުބަލައި ޙައްޤު އަދަބު ނުދީހުރިކަން. ކަރަޕްޝަނާ ވައްކަން މެންދުރުގެ އިރު ފަދައިން އެބައި މީހުންވަނީ ހިންގާފައި. އެކަންތައް ބަލާކަށް މިމީހުންނަށް ލާހިކެއްނޫން.