ރ.އަތޮޅު ހުޅުއްދުއްފާރުގައި ޝަރުޢީ ހަމަތަކުގެ މަތިން ރުޤުޔާ ކުރަމުން ދަނިކޮށް އެރަށު ކައުންސިލުން އެކަން ހުއްޓުވައިފިއެވެ.

ހުޅުދުއްފާރުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ސިހުރު ޖެހިފައި ހުރި މީހަކަށް ރުޤުޔާކޮށް އެރަށުގެ ބައެއް ތަންތަނުގައި ވަޅުލާފައި ހުރި ސިހުރުތައް ނެގުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކައުންސިލުން އެކަން ނުކުރަން އަންގާފައިވާ ކަމަށެވެ.

"ރުޤުޔާ ކުރުން ހުއްޓާލަން އެންގީ ސިހުރި ހަދާ ކަމަށް ތުހުމަތު ކުރެވޭ މީހާ ކައުންސިލަށް ގޮސް ޝަކުވާ ކުރުމުން. އެންމެ މީހަކު ގޮސް ބުނި ބަހަކަށް ކައުންސިލުން މިއެންގީ މިކަން ހުއްޓާލަން." އޭނާ ބުންޏެވެ.

އޭނާ ބުނީ ރުޤުޔާ ކޮށް، ސިހުރު ނެގުން ހުއްޓާލަން ކައުންސިލުން އެންގިއިރު އެއީ އެއްވެސް ބަޔަކަށް ސިއްރުން ކުރި ކަމެއް ނޫންކަމަށާއި ތަންތަނުގައި ވަޅުލާފައި ހުރި ސިހުރުތައް ނަގަމުން ދިޔައީ ވެސް އެންމެންގެ ކުރިމަތީގައި ކަމަށެވެ.

ރުޤުޔާ ކުރުން ހުއްޓާލަން ކައުންސިލުން އެންގިއިރު ރުޤުޔާ ކުރަމުން ގެންދިޔައީ ރަށުން ބޭރު މީހަކު އެރަށަށް ގެންގޮސްގެންނެވެ. އޭނާ އެރަށަށް ގެންދިޔައީ ސިހުރު ޖެހި ބަލި ވެފައިވާ މީހާގެ އާއިލާ އިންނެވެ. ރުޤުޔާ ކުރުން ހުއްޓާލަން ކައުންސިލުން އެންގުމުން މިހާރު ރުޤުޔާ ކުރުން ހުއްޓާލާފައި ވާއިރު އަދިވެސް ބަލި މީހާގެ ހާލަތު ރަނގަޅެއް ނުވެއެވެ. "އޭނާ އަދިވެސް އޮތީ ތެޅިތެޅި" ކަމަށް އެރަށުން މައުލޫމާތު ދިން މީހަކު ބުންޏެވެ.

ރުޤުޔާ ޝަރުޢިއްޔާ (ޝަރުޢީ ފަންޑިތަ) އަކީ ﷲ ގެ ކަލާމްފުޅާއި (ޤުރުއާން) ﷲ ގެ އިސްމުފުޅުތަކާއި ސިފަފުޅުތައް ބޭނުންކޮށްގެން ޙަރާމްކަމެއް އެކުނުލެވޭ ގޮތަށް ޝިރުކުނެތި ކުރާ ރުޤުޔާ އެވެ. އަދި ރަސޫލާގެ ޙަދީޘްފުޅުތަކުން ވާރިދުވެފައިވާ ދުޢާތަކާއި ބަސްފުޅުތައް ބޭނުންކޮށްގެން ޝިރުކުނުވާގޮތަށް ކުރާ ރުޤުޔާ އެވެ. މިފަދަ ރުޤުޔާ ތަކަކީ ހުއްދަ އަދި ސުއްނަތުން ސާބިތުވާ ކުރުން އެދެވިގެންވާ ރުޤުޔާ ކަމަށް އިލްމުވެރިން ވިދާޅުވެއެވެ.

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ރުޤުޔާ ކުރުމަކީ މިހާރު އާއްމު ކަމެކެވެ. ނަމަވެސް އެއްވެސް ރަށެއްގެ ކައުންސިލަކުން މީގެ ކުރިން މިފަދަ އެންގުމެއް އެއްވެސް ފަރާތަކަށް އެންގި ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. މިއަދު

    ހުޅުދުއްފާރުގައި އެކަން ކުރީ ކައުންސިލުންހުއްދަ ހޯދައިގެންތޯ އަދި އެފަދަކަމެއްކުރުމުގެ ކުރިން އެކައުންސިލުން ހުއްދަ ހޯދަން އެއްވެސް އިރަކު އަންގަފައިވޭތޯ ނުބަލާ އަދި އެކަމަކީ އިސްލަމްދީނުގައި ހުއްދަކަމަކަށްވެފައި އެކަންކުރީ ދީންހުއްދަކުރާމިންގަނޑުގެތެރެގައިކަމަށްވަނަމަ އެކަން ހުއްޓުމަށް ނުވަތަ އެކަން ނުކުރުމަށް ކައުންސިލުން އެންގިދާނެކަމަށް ޤަބޫލެއްނުކުރެވެ މިޙަލަތުގައި ތިކައުންސިލް އޮތްކަމަށްވާނަމަ ބަންގިވާއަނޑު އަހަންބޭނުންނުވާ މީހަކު އައިސް ޝަކުވާކުރުމުން ބަންގިގޮވުން ހުއްޓާލުމަށްވެސް ތިކައުންސިލުން ފަސްޖެހޭނެހެން ހީއެއްނުވޭ ހުޅުދުއްފާރުކައުންސިލުން ތިކުރެވުނީ ރަނގަޅުކަމަކަށްނުވާތީ ތިކަންކުރިމީހުންގެ ފަރާތުން މަޢަފަށްއެދި އެބައިމީހުންނަށް އެފުރުސަތު ދިނުމަށްގޮވާލަން

    57
    2
  2. ނަބާ

    ރުޤުޔާ ޝަރުޢިއްޔާ (ޝަރުޢީ ފަންޑިތަ) މިހެންނެއް ނުލިޔެވޭނެ. ޜުޤުޔާ އެންޑް ފަންޑިތަ އިޒް ޓޫ ޑިފެރެންޓް ތިންގ.

    29
    4
    • ޢިމްރާނު

      ފަންޑިތަ ލިޔެވިދާނެ ހުއްދަ ރުޤޔާއަށްްްްމަމެންްް ދިވެހިން ކިޔަނީފަންޑިތަ ހުއްދަނޫން ހިސާބަށް ދިޔައިމަ މިކިޔަނީ ސިހުރު ސިހުރު ހެދުމަކީ ހުއްދަކަމެއް ނޫން

  3. ުަިަޖަޖީ

    ކައުންސިލު ވަނީ ބެރު ހަރާމް ގުރޫޕުގެ ދަށުވެފަ. ސިހުރު އޯކޭ

    35
    1
  4. ބާރީ

    ރުޤްޔާ ކުރުމުގެ ހުއްދަ ނެތީމަ ކަމަށްވެދާނެއެއްނު ކައުންސިލުން ހުއްޓުވީ.

    7
    20
    • ޢާދެ

      ކޮންްމެ މުސްލިމަކަށް ވެސް ހުއްދަ އޮންނާނެ.

      16
  5. ތަކުރު

    ޚަބަރުގަ ވާ ކަހަލަ ހުއްދަ ރުޤްޔާ އެއްކަމަށް ނުބެލެވޭނެ ވަޅުލާފަ ހުންނަ ތަންތަން އެމީހާޔަށް އެނގެންޏާ. އެ ވާނީ ޣައިބު އެނގޭކަމަށް. ޝިރުކަށް މިކަން ނުވޭބާ.

    11
    28
    • މީ

      ބުރޯ، ނޭނގެ ވާހަކަ ނުދައްކާ އިނގޭ.

      26
      3
  6. އަޅުގަނޑު

    ސިހުރ ހެދުން ނުހުއްޓުވޭ އިރު ފަރުވާތަ ހުއްޓުވަންވީ.. ސިހުރު ހަދާ މީހުންގެ ބލ ބޑ ކަމުން ޢެތައްބަޔަކު ހާދަ ހާލެއްގައި އެބަ ދިރި ތެޅެޔޭ

    42
  7. ތަކުރު

    ކޮބާތޯ މެލޭ ސަފީރު

    12
    1
  8. ޢާދެ

    ޤުރްއާން ކިޔެވުމަކީ މުއުމިނުންނަށް ހުރި ޝިފާ އެއް ރަހުމަތެއް. ޤުރުއާން ނުކިޔަވާށޭ ކައުންސިލުން ބުނުން ކަހަލަ ކަމެއް ތީ.
    ކައުންސިލަރު ބަނދެފަ ބާއްވާ ކިޔަވާލަބަލަ ހީވަނީ ޖިންނި ވަދެފަ ހުރީހެން.

    23
  9. ބޯކިބާ

    ފަސޭހައިން ގެއްލޭ އެއްޗިހި، މިސާލަކަށް ފޯނު، ސައިކަލް، ތަޅުދަނޑިފަދަ އެއްޗެހީގައި ކުޑަ ސިހުރެއް ލިޔެފަ ބަހައްޓަންވީ. އޭރުން ގެއްލޭއިރަށް ރުގުޔާ ގުރޫޕުން ލޮކޭޓްކޮށްދޭނެ ދުނިޔޭގެ ކޮންމެތާކު އޮތަސް.

    26
  10. ޙިމޭން

    ޢަނިޔާ ލިބުނުފަރާތުން އެކަމުން ސަލާމަތްވާން މަސައްކަތް ކުރުމުން އަނިޔާ ދިންފަރާތުން އެކަން ކުރިޔަ ނުދޭން އުޅުން އޯކޭ. ކައުންސިލުން ނިކަމެތި ރައްޔިތަކައްދިން ވ ބޮޑު އަނިޔާ އެއްތީ.

    23
  11. ސާހިބު

    ޜައްޔިތުންނައް އަނިޔާނުކުރޭ

    17
  12. ޒަކިއްޔާ

    ތިހެން ރުޤިއްޔާކުރާ މީހަކު ލައްވައި ރުޤިއްޔާކޮށް ނިމުނުއިރު މަށަށްމިވަނީ ރަފިއްޔާއެއް ލިބިފަ... ޝަރުޢީ ރުޤީޔާކުރަނީއޭ ކިޔާފައި ވިޔާނުދާ ކަންކަން ކުރާމީހުންވެސް މަދެއްނޫން... ރުޤިއްޔާކުރާ ބައެެއްގެ ޙަޤީޤަތް ރަގަޅަށް ހޯދަންޖެހޭ..

    4
    7
  13. ރުގިއްޔާ

    ރުގުޔާ ކީއްކުރަން މިސްކިތް މިސްކިތަށްވެސް ތިމީހުން އަރުވާނެ ކަމެއްނެތް. އެތާވެސް ސައްލާ ކުރާނީ މީހުން މަރަން

    1
    12
  14. ހަގީގަތް

    އަސްލު ތިކުރާ ރުގުޔާ އަކީ މަސްލަހަތު ގެއްލޭ ކަމެއް.. ރުގުޔާ ކުރާ މީހާ ސިފަތަކެއް ކިޔާ ދިނީމާ ދެން ސައްކު ކުރެވޭ މީހާގެ ފަހަތުން ދުވަނީ.. ހަގީ ގަތެއް ނުބަލާ.. ވެދާނެ ރަނގަޅު މީހާ ކަމައްވެސް ނޫނީ ނުބާ މީހާ ކަމައްވެސް...
    ސިހުރު ޖެހިފާވާ މީހާ ފަހުވަގުތު ޑޮކުޓަރަށް ދައްކާއިރު މިވަނީ ކެންސަރު ބައްޔައް ނޫނީ ކޮންމެސް ބައްޔަކަށް..

    3
    15
    • Nadha

      އެހެން ދޯ ވާނީ ސިހުރު ހަދާފާނެ ވިއްޔަ ކައުންސިލުންނަށް ވެސް..ރިސްކެެއް ނުނެގޭނެ ދޯ..ތަންކޮޅެއް އަމިއްލަ މީހާ އާ ދޭތެރޭ ވިސްނުނީ ތޯއްޗެއް

  15. މޮޔަ

    އެއިރުން ސިހުރު ހެދުން އެރަށުގައި ހުއްދަވާނޭތާ ދޯ؟؟؟؟؟؟؟

    10
  16. ހުސޭނުބޭ

    ކައުންސިލް ހުއްދަ ނުހޯދާ ބަންގި ގޮވިޔަސް ހުއްޓުވާފާނެ! މިހާރު ކައުންސިލްތައް ވަނީ ބާރުވެރިކުރެވިފައި! ކެކެކެކެކެކެކެކެކ

    15
  17. ކަހުރަބު ޖިންނި

    ވ. ރަނގަޅު ކަމެއް ހުރިހާ ރަށްރަށެއްގަވެސް މިގޮތަށް ފަންޑިތަ އާއި ސިހުރުހާހޫރައާއި ޖިންނި ކުޅިގަނޑުކަހަލަ ސޫޑޯސައިންސް ކަންކަން ހުއްޓުވާ ނަފުސާނީ ޑޮކްޓަރުންލައްވައި މިކަހަލަ ނަފްސާނީ ބަލިތަކަށް ފަރުވާ ކުރަންވެއްޖެ

    5
    17
    • މީހެއް

      ސިހުރުޖެހި ޖިންނީންގެ އުނދަގޫ ފޯރާ ބަލިމީހަކު ނަފްސާނީ ޑޮކްޓަރެއްގެ ކައިރިއަށް ގޮސްގެން ހޯދޭނެ ފަރުވާއެއް ނޯންނާނެ..މިކަމަށް އޮތް ހަމައެކަނި ފަރުވާއަކީ ކީރިތި ޤުރުޢާނުގެ އަލީގައި ފަރުވާކުރުން.މިކަން ސުންނަތުން ސާބިތުވޭ..

      12
    • ދޮންބެ

      ތަންދޮރު ނުދަންނަ ޖާހިލުން ކޮމެންޓް ނުކޮށް ތިބުން ވެސް ތިމާ ބޭޒާރުވުމަށްވުރެ ރަނގަޅުވާނެއެވެ.

      1
      1
  18. ޜަނާ

    ތިޔަވާނީ ސިހުރު ހަދާމީހާއާ ކައުންސިލާ ގުޅިފައިވަނީ ކަމަށްް އެހެންނާފަހެ މީހަކު މައްސަލަ ޖެއްސިޔަސް ހުއްދަކަމެއް ކުރުން ހުއްޓު ވައިގެން ނުވާނެ މީހަކަށް ބޭސްފަރުވާ ކުރުމަށް ކައުންްސިލުންް ހުއްދަ ނަގާކަށްވެސް ނުޖެހޭނެ

    10
  19. ޢަބްދުއްސަލާމް ބާލީ

    ޜުގިއްޔާ އޭ ކިޔާގެން ތި ޖަހާ ސަކަރާތް ގަނޑަކީ ލާރި ހޯދާން ކުރާކަމެއް މާ ބޮޑު އިލްމެއްހުރެގެނެއް ނޫން އެކާން ކުރަނީކީ...ތިޔާ ބުނާ ރާޤީ އޭ ކިޔައިގެން އުޅޭމީހާވެސް ކުރީ ސިހުރު ފަންޑިތަ ކަމަށް ބެލެވޭ ޒާތުގެ ކަމެއް ބޮޑަށް ވައްތަރީކަހީނު ކަމާ...އޭނާ ބޭރުކުރޭ އަވަހަށް

    3
    8
    • ރޮނޑޭ

      އިލްމް ހުރެގެންނޭ ތިބުނެވެނީ ޤުރްއާން ކިޔެވޭނީ. ބުރޯ އަށް އިނގޭތަ ޤުރްއާނިކް ހީލިން. އެއީ ރުޤްޔާ އަކީ ޤުރްއާން ކިޔެވި ވަރަކަށް ހީލް ވާނެ. އިތުރަށް ކުރަންޖެހޭ ކަމަކީ ޤުރްއާން ކިޔަވަމުން ފެން އެއްޗަކަށް ފުމެލުން އެވެސް ހަަމަ ޤުރްއާނިކް ހީލިން އިނގޭތޯ؟

      6
      2
  20. ދުއްމީހާ

    ޝަރުޢީ ހަމަތަކުގެ މަތީން ރުޤްޔާ ކުރުމަކީ ކޮބަައިތޯ؟ ޤަބުރުސްތާނުން ވެލިނެގައި މޫދަށް އެޅުން، ގޮނޑު ދޮށުގައި ވަޅުގަނޑު ގަނޑު ކޮނުމާއި ބަނދަރުމަށްޗަށް ފެންއެޅުން ފަދަ މިބާވަތުގެ ކަނކަން ކުރުމަކީ ހަމަ އިސްލާމިކް ޝަރުޢީ ރުޤްޔާ ތޯއެވެ؟

    4
    1
  21. ބަޑިތަކުރު

    ޝަރުޢީ ރުޤިޔާ ނޫންކަމައް ބައެއްމީހުން މިތާންގަ ބުނެފި ހަމަ އެފަދައިން ޝަރުޢީ ރުޤިޔާ ނޫންކަމައް ޝައްކު ކުރެވޭނަމަ ކީއްވެބާ ޕޮލިހައް ގުޅައިގެން ޕޮލިހާ ރުޤިޔާ ކުރަން އައިސް ހުރިމީހާ ހަވާލުނުކުރެވުނީ

  22. އާދަމް އިބުނު މުހައްމަދު

    އަޅުގަނޑުވެސް ތިޔަރަށައް ރުޤްޔާ ކުރަން ދިޔައީން ތިޔަވެދާނެ ވަކިމީހަކުލައްވާ ނުކުރުވާތީ ހުއްޓުވީކަމަށް ތިޔަރަށުގަ ރުޤްޔާ ކުރަންޖެހެނީ ވަކިމީހަކުލައްވާ އެހެންނޫނީ ކޮންމެސް ގޮތަކުން ހުއްޓުވާނެ.