ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ތެޔޮ ފާމް ތަރައްޤީކުރުމަށް ޝައުގުވެރިވާ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފިއެވެ.

އެ ކުންފުނިން ބުނީ އެއާޕޯޓްގައި މިހާރު ހުރި ތެޔޮ ފާމް ތިމާވެށްޓާ ރައްޓެހި ގޮތަކަށް ހިދުމަތް ފޯރުކޮށް ދެވޭނެ ގޮތަށް ތަރައްގީ ކުރަން ބޭނުންވާތީ އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު އަންނަ އާދީއްތަ ދުވަހާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ފިއުލް ފާމް ތަރައްޤީ ކުރުމަކީ ގަން އެއާޕޯޓު ތަރައްޤީގެ ތެރޭގައި ހިމެނޭ ކަމެކެވެ. ނަމަވެސް ގަން އެއާޕޯޓު ތަރައްޤީ ކުރުމަށް އޭއައިއޭއިން ވެސް އަދި ދިވެހި ސަރުކާރުން ވެސް އެއްވެސް މަސައްކަތެއް ކުރާތަނެއް ނުފެނެއެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓަށް މި ވަގުތު ޝެޑިއުލް ދަތުރުތައް ކުރަނީ މޯލްޑިވިއަން އާއި ސްރީ ލަންކަން އެއާލައިންސް އިންނެވެ. ގަން އެއާޕޯޓް ފާހަގަވެފައިވަނީ އަބަދުވެސް ޕްރައިވެޓް ޖެޓް ކޮންމެ އަހަރަކު ވެސް ގިނަ އަދަދަކަށް ޖައްސާ ތަނެއްގެ ގޮތުގައެވެ.

ކިޔުންތެރިންގެ ހިޔާލު