ރާއްޖޭގައި ދެވަނައަށް އުފެއްދި ސިޔާސީ ޕާޓީ ޑީއާރުޕީއަށް މެމްބަރުން އިތުރު ކުރުމަށް މިއަދު ހާއްސަ ހަރަކާތެއް ހިންގަން ނިންމައިފިއެވެ.

"ވަގުތު"އަށް މައުލޫމާތު ދެމުން ޑީއާރުޕީގެ ސެކްރެޓަރީ ޖެނެރަލް އިބްރާހިމް މުއާޒު އަލީ ވިދާޅުވީ ޑީއާރުޕީގެ ލީޑަރ ޝިޕާއި ކާށިދޫ ދާއިރާގެ މެމްބަރު ހަވާލުވެވަޑައިގަތުމަށް ފަހު ޑީއާރުޕީއަށް މެމްބަރުން އިތުރުކޮށް ޑީއާރުޕީ އިތުރަށް ވަރުގަދަ ކުރުމަށްޓަކައި މިދަނީ ވަރަށް ގިނަ މައްސަކަތްތަކެއް ކުރެވެމުން ކަމަށެވެ.

އެގޮތުން "ޑީއާރުޕީ ރަން ޒަމާނަކަށް" މިނަމުގައި މެމްބަރުން އިތުރުކުރުމުގެ ޚާއްސަ ހަރާކާތެއްް ބެންކް އޮފް ސިލޯން ކުރިމަތިން އޮންނަ ސަރަހައްދުގައި މިއަދު ހަވީރު 4 އިން 6 އަށް ކުރިއަށް ދާނެ ކަމަށެވެ. އެސަރަހައްދުގައި ޓެންޓް ގާއިމު ކުރެވި ޑީއާރުޕީއަށް މެންބަރުން އިތުރު ކުރުމުގެ މައްސަކަތް ކުރެވޭނެ.

"މިއަދު ކުރިއަށް ދާނެ މި ހަރަކާތުގައި ޑީއާރުޕީގެ ލީޑަރު ޖާބިރުގެ އިތުރުން ޑީއާރުޕީގެ ލީޑަރ ޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ބައިވެރިވާނެ" މުއާ ވިދާޅުވިއެވެ.

މުއާ އިތުރަށް ވިދާޅުވީ މިއީ އަދި ފެށުމެއް ކަމަށާއި ކުރިއަށް އޮތް ތަނުގައި މާލޭގެ އެކި ސަރަހައްދު ތަކުގައި އާއި ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި ޑީއާރުޕީއަށް މެމްބަރުން އިތުރު ކުރުމުގެ ހަރާާކާތްތައް ކުރިއަށް ދާނެ ކަމަށެވެ.

ބަލިކަށިވެފައި އޮތް ޑީއާރުޕއަށް މެމްބަރުން އިތުރުކޮށް އަލުން ވުޖޫދު ކުރަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައްޔިތުންނަށް އުފާވެރިކަން ހޯދައި ދެއްވަން ކަމަށް އެ ޕާޓީގެ އާ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ފިނިފެންމާ

    ރައްޔިތުން މިބީ ވަންނާނެ ޕާޓީއެނެތިފަވިއްޔާ. ރަށުތެރެއަށް ނުދިޔަސް މޭޒުކައިރިއަށް އަންނާނެ މާލުދިނީމަ.. މޓޑއަށް ބޯގިނަކޮށް ޕާޓީ ރަޖިސްޓްރީކުރީ 3ދުވަހުން. ޖަލްސާ ބޭއްވީމަ ފެނުނީ ކޮންބައެއްކަން މެމްބަރުންނަތިބީ.. އެގޮތަށް ޖާބިރު ޕާޓީއަށްވެސް މާލުދެނިކޮށް ބޯގިނަވެދާނެ.. ވޯޓުގިނަވެސް ވާނީ މާލުދިނީމަ.. މިފަހަރު ޑރޕގެ ތެރެއިން އަލިފާން ނޫނީ ދުން ފެންނާނެ ކަމަށްހީވޭ.. މުއާ އަށް ސަލާމް..

  2. ލަކީ

    ޙެހެ ތީ ވަރަށް ނުރައްކާވީ ހާއްސަކޮށް ޖާބިރު ނިކުމެއް
    ޖެއިޔާ ގެރެންޓީ އާ އެކު އެއްލައްކަ މީހުން ސޮއިކުރާނެ

    2
    1
  3. ޣީހުޓާވރ

    ރަށުތެރެއަށްވުރެ މީހުން ގިނަވާނީ މަރުކަޒުތެރޭގައި ނޫންތޯ

  4. 235ފރ

    ފުރަތަމަ ދަރަނިތައް އަދާކުރޭ..