ރައްޔިތުންގެ މަޖިލީހުގެ ފަސް މެމްބަރަކަށް އެމްއެންޑީއެފުން ސެކިއުރިޓީ ދޭން ފަށައިފިއެވެ.

މަޖިލީހުގެ ޑިރެކްޓާ އޮފް މީޑިއާ ހަސަން ޒިޔާއު "ވަގުތު"އަށް މައުލޫމާތު ހިއްސާކުރައްވަމުން ވިދާޅުވީ ސެކިއުރިޓީ އަށް އެދުނު މެމްބަރުންނަށް ސެކިއުރިޓީ އެމްއެންޑީއެފުން ދޭން ފަށާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން ބޭފުޅުންނެއް ކަމެއް ހާމަ ކޮށްފައެއް ނުވެއެވެ.

“ސެކިއުރިޓީ ފޯރުކޮށްދޭން ރިކުއެސްޓު ކުރުމުން އެކަން އެމްއެންޑީއެފުން ދޭން ފަށައިފި“ ޒިޔާއު ވިދާޅުވިއެވެ.

18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ބައެއް މެންބަރުންނަށް ބިރުދައްކުމާއި އިންޒާރުގެ ހަމަލާތައް އަންނާތީ ބައެއް މެމްބަރުންނަށް ވަނީ ސެކިއުރިޓީ ފޯރުކޮށްދީފައެވެ. މިއަދު ދޭން ފެށީ ސެކިއުރިޓީ އަކީ 19 ވަނަ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް އެމްއެންޑީއެފް އިން ސެކިއުރިޓީ ދޭ ފުރަތަމަ ފަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ހުސޭނުބޭ

    ކޮންމެ ގޮލަޔަކު ޔާސީން ތައްޓަކަށްލައިގެން މަތިން ގޮއްޓެއްޖަހައިގެން ތަންތަނަށް އުފުލައި ހަދަންވީނު! ނުވިތާކަށް އެއިން ކޮންމެ މީހަކަށް ވަޅުގަނޑުވަރެއްވެސް ހަދައިދެންވީނު! ވަރެއްގެ ސްޕަ މެޖޯރިޓީއެއް ތިއޮތީ! ދެއްކެން ނޫން އެހެން ކޮންކަމެއް!

  2. ހަސަ

    އެއީކޮންމެންބަރުންނެއްކަންވެސްޚަބަރުންނޭނގެ