ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ޓަގް ބޯޓެއްގައި އިންޑިއާއަށް އެތެރެވުމުން ހައްޔަރުކޮށްފިއެވެ.

އަދީބު ހައްޔަރުކޮށްފައި ވަނީ އިންޑިއާ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.

އަދީބު އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫހެއްގައިވެސް ރިޕޯޓްކޮށްފައި ވެއެވެ. މިކަމާއި ގުޅިގެން ފޮރިން މިނިސްޓްރީން ވިދާޅުވީ، އެފަދަ މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.

އަދި ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އިންޑިއާއިން ހައްޔަރުކޮށްފައި ވަނީ އަދީބު ތޯ ޔަގީން ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ، އޭނާ ހައްޔަރުކޮށްފައި ވަނީ އިންޓަލިޖެންސް މައުލޫމާތަކަށް އިންޑިއާގެ ޓުޓިކޮރަން ސިޓީގެ ބަނދަރުންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހިލައާއި ހިލަވެލި އުފުލާ ޓަގް ބޯޓަކުން ކަމަށް އެ ނޫހުގައި ބުނެފައި ވެެއެވެ.

އިންޑިއާގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުން އަދީބު އިންޑިއާއަށް އެތެރެވާން އުޅެފައިވަނީ އިންޑޮނޭޝިއާއިން މއިންޑިއާއަށް އެތެރެވަނިކޮށް ކަނޑުމަތިންނެވެ. އެ ބޯޓު ކަނޑުމަތިން ފާސްކޮށްފައި ވަނީ ބޯޓުގެ ކްރޫއަކު ދިން މައުލޫމާތަކާއި ގުޅިގެންނެވެ.

ޓުޓިކޮރަން ބަނދަރަކީ ދިވެހި ވިޔަފާރިވެރިން ވަރަށް ގިނައިން މުދާ ގެންދާ ބަނދަރެއްކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ. އަދި އެ ބަނދަރަށް އާއްމުކޮށް ރާއްޖޭގެ ބޯޓުތައްވެސްގާތް ކުރާކަމަށްވެސް އެ ނޫހުގައި ވެއެވެ.

އަދީބު ހައްޔަރުކޮށްފައިވަނީ އިތުރު 9 މީހުންނާއެކެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑޮނޭޝިއާގެ އަށް މީހުންނާއި އިންޑިއާ މީހެއްކަމަށް އެ ނޫހުގައި ބުނެފައި ވެއެވެ.

އެ ނޫހުގައި ބުނެފައި ވަނީ އަދީބު އިންޑިއާއަށް ދާން މަސައްކަތްކޮށްފައި ވަނީ މިގެ ތިންދުވަސް ކުރިން ކަމަށެވެ. އޭނާ އެތެރެވީ ޓަގު ބޯޓެއްގެ ކުރޫއެއްގެ ގޮތުގައި އޮޅުވާލައިގެންކަމަށް ބުނެފައި ވެއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ، އަދީބާ ގުޅޭ ރިޕޯޓުތައް ލިބިފައިވާކަމަށާއި، އަދި އޭނާއާ ގުޅޭ މައުލޫމާތު ސާފުކުރުމަށް ފަހު ހާމަކުރައްވާނެ ކަމަށެވެ.

އިންޑިއާގެ ސަރުކާރުން ވިދާޅުވީ، އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައަކާ ވެސް ނެތި ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

38 ކޮމެންޓް

 1. ޕީޕީއެމް

  ރައީސް ޔާމީންގެ ނައިބްރައީސް ހެހެހެ ޕީޕީއެމް

  9
  62
  • ޝިދާތާވުން

   އަމިއްލަ ނަފްސަށް މަލާމާތްކޮއްފަ ތިހެވެނީ.. މިސަރުކާރުން އަދީބު ފިލުވީ. ހިޔާނާތުގެ ފައިސާ ހޯދަދޭން އައި ސަރުކާރުން ހިޔާނާތުގެ ބޮޑުން މިނިވަންކޮއްފަ މިފައިސާ މިސަރުކާރު ގެނައުމަށް ހަރަދުކުރީ.. މޑޕ މީހުންގެ އެކައުންޓްތަކުން މިފައިސާ ދުވެފި.. މިސަަރުކާރުގެ މީހުންގެ ގެތަކަށް މިފައިސާވަދެއްޖެ.. އަދީބަށް ޓަގު ބޯޓަކުން ފިލުނީ މިސަރުކާރުން ފިލުވީމަ.. މނޑފ ކަސްޓަމް އިމިގްރޭޝަން މިތަންތަނުން މިކަންއިގޭނެ.. އިންޑިޔާގެ ރާޑަރަށްވެސް ނޭރި މިކަމެ.. ދިޔާމަ ފޮޓޯ ނަގާފަ ދެންމިއެގުނީ.. ވިސްނާ ރީދޫނުވެ.. އަދީބު ފިލުވީ... ލުތުފީ ފިލުވީ...

   62
   6
   • ލަދު

    ސަރުކާރުންތަ އޭނާ ފިލުވީ؟ އެއްކަލަ ޖުޑިޝިއަރީން އޭނާ ދޫކޮށްލީ އެހެންވެތާ ޖުޑިޝިއަރީ އިސްލާހުކުރާ ވާހަކަ މިދައްކަނީ އެކަމަށް މަސައްކަތް މި ކުރަނީ. އެނގިއްޖެދޯ

    5
    7
  • ބޮޑު ޓެރަރިސްޓު ވަގު

   މައިބަދަ ރައީސް ގާތުން ދަސްކޮށްގެން އެއުޅެނީ. ކެކެކެ. ލާދީނީ ބާގައާ ދިމާއަށް ބަލާލި ގޮލައަކުވެސް އުޅޭނީ އެވައްތަރަށް.

   35
   2
 2. އަޒޫ

  ހަމަ ކުރީގެ ޓޫރިޒަމް މިނިސްޓަރ، ނައިބު ރައީސް، އަދީބުގެ ވާހަކަތަ؟؟ ދެޓް އަދީބް؟؟؟؟ "ވަގުތު" ޔަގީންތަ؟؟

  49
  1
 3. ހުސީ

  ތެދު ޔަގީން ހަބަރެއްތޯ މި؟؟ ކާންޓް ބިލީވް.!!!! ފުރަތަމަ ރާއްޖެއާއި އިންޑިޔާ ދެމެދު ފެރީގައި ދަތުރު ފެށީ އަދީބު ދޯ؟؟؟

  75
  2
  • ކުންބެ

   ތިކަމުން ތިއެގެނީ ޔާމީން ހައްޔަރުކުރަން ވެގެން އަދީބު ލައްވާ ކުޅުނު ފިލުމަކައް
   ދެންވާނެ ގޮތަކީ އިންދިޔާއިން ބުނާގޮތަކައް
   ޢަދީބު ޖެޙޭނީ ޔާމީން މައްސަލާގަ ހެކިދޭއް
   މިހާރު އިންޑިޢާ އެންމެ ޖެހެލިންވަނީ ޔާމީން
   2 ކެ

   57
   4
 4. ޕީ އާރު ސީ

  ލާރި ކައިގެން ފިލަން އުޅޭމީހުން ފެނޭތޯ.........

  52
  1
 5. މަރީން

  މީނަ ކުޅޭ ފިލްމުތައް މިހުންނަނީ މިޒަމާނުގެ ހިންދީ އެކްޝަން ފިލްމުތައްހެން. މިފިލްމުތަކަށް ދެން މަދުވަނީ ސިންގހަމް އެއް. ހިޔެއްނުވޭ ރާއްޖޭން ލިބޭނެހެނެއް. އެހެންވެތޯއްޗެ ކައިރި ހިސާބުތަކަށް ދަތުރުކުރަނީ. ކޮރަޕްޓް ޕޮލިޓީޝަނުންނާއި ޖަޖުންނާއި ޕޮލިހުން ލިބޭނެ ހަބޭހަށް މިރާއްޖޭން. މިފިލްމު އެބަޖެހޭ ވަރަށް އަވަހަށް ޕްރިމިއާރ ކުރަން.

  40
 6. ހުސެން

  މިއީ ފެރީ ނިޒާމުގައި ހުރި ދޯދިޔާ ކަންތަކެއްގެ ފެށުން.އިންޑީޔާ އިން ހަކުރު ތިޔަ ފެރީ ނިޒާމުގެ ދަށުން ފަސޭހަ ވާނެކަމަށް އެ ވިޔަފާރިވެރިން ވިސްނަނީ

  42
 7. އެހެންވީމާ

  އެހެންވީމާ ގެއްލިގެން ހޯދަމުންދާ ރިލުވާން ވާނީ ރާއްޖޭންބޭރުގަ ކަމަށްބެލެވޭ!

  46
  2
 8. އަފިރިންގެ ޚިޔާލް

  މިއީ ވަރަށްދެރަ އަދި އެހާ ލަދުވެތިކަމެއް، އަދީބު ފުރުވޭނީ ދިވެހި ހާބަރ އިމިގުރޭޝަނަށް އެގިގެން، ނުވަތަ ސްޓޯވޭ އެއްގޮތުގަ، އެއީ ވަރަށްބޮޑް އިންޓަނޭޝަނަލް ކުރައިމެއް. އަދީބުފަދަ ސްމާޓްމީހުން މިފަދަ ދަށްދަރަޖަޔަށް ވެއްޓުނީތާ... ނަޝްފާ މީތި ސަޅިއެއްނޫން...

  54
  1
 9. ނަފީސާ

  ފެރީ ނިޒާމް ފެއްޓުމުގެ ރަސްމިއްޔާތު؟

  53
 10. މާއިގޭ

  ރައްޓެއްސަކުބުނި ރޭގަ އޮޑިގައްލާގަ ހުއްޓާ ދުޝީމޭ

  27
 11. ގެރި

  ސައްހަ ހަބަރެއްބާ ޔަގީން ކޮއްދިނުން ވަރައްމުހިއްމު

  21
  1
 12. ޖޫނި

  އަދީބުއަށް ބުރޯ ކިޔަނީ ކިޔަންވެގެން. އެކަމު މަށަށް ފެނޭ މީނަގެ ނަން ފުޅިމަދު އުނގުރިއަށް ބަދަލުކުރަން. މިނިސްޓަރަކަށް، ނައިބު ރައީސްއަކަށް، ގޭންގް ސްޓާރަކަށް، ޑީލަރަކަށް، އެކްޓަރަކަށް، ލަވަކިޔުންތެރިއަކަށް އެންމެފަހުން ސީމަނަކަށްވެސް ހަމަ ހެޔޮވަރު.

  37
 13. ބަކުރުބެ

  ތި މީހާ އުމުރު ދުވަހު ތިތަނުގެ ޖަލުގަ ބަންދުކޮށްފަ ބަހައްޓަބަލަ.. ބޮޑު މުސީބާތެއް ތިއީ..

  32
 14. ބޯހލކު

  އަދީބުގެ ވަގުކަމާ، މަކަރުވެރިކަން މިސަރުކާރުގެ މީހުންނަށް ރަނގަޅަށް އެނގިތިބެމެ، ޔާމީނާއި ދެކޮޅަށް ހެކިބަސް ހޯދުމަށް އޭނާގެ ޖަލުޙުކުމްތައް ކެންސަލްކޮށްފަ މިނިވަންކުރީ ގަޞްދުގައިކން ޔަގީން ވެއްޖެއެއްނުުން. ސްޕްރީމްކޯޓުންވަނީ އޭނާގެ ޕާސްޕޯޓުހިފަހަށްޓާފައޯ. އޭނާވަނީ ރަށުބަންދަށް ދޫކޮށްލާފަޔޯ. ރައްޔިތުންނަށް މުޅިންއޮޅުވާލީ. މިސަރުކާރުގެވާހަކަ ރައްޔިތުންނަކަށް ގަބޫލެއްނުކުރެވޭ. އެހެންވެ އޭރު ވެސް އަހަރުމެން ބުނަމުން އައީ މިއީ ގޯސްކޮށް އައިސަރުކާރެކޭ.

  29
  2
 15. ނަވީދު

  ހެޔޮ ނުވާނެ. އަދީބުގެ ނަމުގެ ކުރިޔަށް "ނައިބް ރައީސް" ކިޔުން ދިވެހި ރައްޔިތުން މިހާރު ހުއްޓާލަން ވެއްޖެ. މީނާ ކުރާ ކަންތައްތަކާއި ކޮށްފައިވާ ކަންތައްތަކުން ޤައުމުގެ އަގު ވެއްޓުން ނޫން ކަމެއް ނުވޭ. ރައްޔިތުންގެ މަޖުލީހަށް ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން ގޮވާލަން މިފަދަ މީހުންގެ ނަމުގެ ކުރިޔަށް އަންނަ "ނައިބް ރައީސް" ދިވެހި ރައްޔިތުން ލައްވާ ނުކިޔާ ވާނެ ގޮތަކަށް ޤާނޫނަށް ބަދަލު ގެންނަން. ލަދުން ބޯ ހަލާކު..

  21
 16. ސަމީ

  އެހެންވެގެންތާ ރ ޔާމީނު އެމީހުން ޖަލައްލާފަ ބޭތިއްބީ
  ރ ޔާމީން ވަރުގެ ބޭފުޅެއް އަދި ރައީސަކަށް ނާދޭ ފަހުގެ ތާރިއްޚެއްގައި ވެސް.

  40
  1
 17. ނޯޖަވާނު

  ބުރޯ... ކުރޫއަކަށް.....
  އަދީބުރޯ ފިލުވަން މިސަރުކާރުން ކޭހައި ކަނޑުލެއް ގުޔަށްވީ....
  ލުތުފީ ފިލުވި ހާއިނުންގެ ބަގަ މިހާރު ދެން ތިކަން އެގުނަސް ނުބުނާނެ އެގެޔެކޭ...
  ރިސްވަތު....
  ޜިސްވަތު...
  ރިސްވަތު....
  ރިސްވަތު...

  25
  1
 18. ތާޅަފިލި

  ތީ އިންޑިޔާގެ ތަހްގީގަށޭ ބުނެ ރައީސް ޔާމީން ހައްޔަރުކޮށްގެން އިންޑިއާ އަށް ގެންދަން ކުޅުނު ގޭމެއް ކަމަށް ޝައްކު. މި ސަރުކާރާއި އިންޑިއާ އާއި ދެމެދު ވީ އެގްރިމެންޓުން މިކަމަށް ހުރަހެއް ނެތް މިއަދަކު.

  18
  1
 19. ގޮލާގެ ބްރޯ

  ދޯނި ތެރޭގަ ޕަލެޓް ކޮޅު އޮންނާނެ ކަމަށް މިބަލަނީ

  11
 20. ޖޭއާރު

  މިކަމުން މި އެނގިގެން ދިޔައީ ރާއްޖޭގެ ސަލާމަތީ ބާރުތައް ނާޤާބިލުވި މިންވަރު އަދި މިފަހަކަށް އައިސް ސަލާމަތީ ބާރު ތަކަށް އެކަށޭނެ ތަމްރީނާއި ޓްރޭނިން ނުދެވޭ މިންވަރު. އަދީބު މަސައްކަތް މި ކުރާނީ ރާއްޖޭގެ ވެރިކަން އިންޑިޔާގެ އަދި އިންޑޮނޭޝިޔާގެ ހައްދު ފަހަނަ އާޅާފައިވާ ޖަމާއަތެއް ލައްވާ ރާއްޖޭގެ ވެރިކަން ބަދަލު ކުރަން ހަތިޔާރު އެޅި ޖަމާއަތެއް މެދުވެރި ވެގެން. ވީ އެންމެ އަވަހަކަށް ސަލާމަތީ ބާރުތައް ނިދިން ހޭލާ މި ޤައުމު އަދީބުގެ ނުބައި ރޭވުންތަކުން ސަލާމަތް ކުރަން ތެދުވޭ. މި ކޮމެންޓް މި ސީރިއަސްކޮށް ދިވެހި ސަލާމަތީ ބަރުތައް ވިސްނަންވީ ކޮމެންޓެއް. އިޓިއިސް ރިއަލަޓީ

  9
  1
  • ހަރާން

   އަދީބު ފިލުވީ ސީދާ ކުރީގެ ރައިސް ނަޝީދު. ދިވެހި އިންޓެލުޖެންސުން މިކަން ފަޅާ އަރުވާލީ. ނަޝީދުވެސް އަދި ފުލުހުންގެ ވެރިންވެސް މަޖުލިހަށް ހާޒިރުކޮށް ވަޒީފާއިން ދުރު ކުރޭ. މަޖުލިސް ރައިސާ ފުލުހުންނާ ގުޅުގެން ހިންގި މުޑުދާރު ޖަރީމާއެއް.

   16
   1
 21. ކްލޯސްޑް

  އަދީބު ފިލައިގެން އިންޑިއާ އަށް ދެވެން ޖެހޭނީ އެއީ ކަސްޓަމްސްގެ ފަރުވާ ކުޑަ ކަމުންނޭ ކަސްޓަމްސްގެ ބޮޑޭ މެން ޖެހޭނެއޭ މިހާރުން މިހާރަށް އިސްތިއުފާ ދޭން މީގައި އޮވެގެން ނުވާނެ އިތުރު އެއްވެސް ޗޮއިސް އެއްވެސް އަދި އެކްސްކިއުޒެއް ވެސް މިމަގުން މިކަން ހިނގަން ޖެހޭނެއޭ އެނިމުނީއޭ ޗެޕްޓަރ ކްލޯސްޑް...

  10
 22. ނެތީމޭ

  ތިޔާއީ ބްރޯ އަމިއްލަ އަށް ކުރި ކަމެއް ނޫނޭ ތިޔާއީ ބްރޯ ފަންޑް ކޮޮށްގެން ސްޓީލިންގް ޕެރެޑައިޒް ތައްޔާރު ކުރި ކްރުއަލް މައިންޑް ރަންރީނދޫ ޓްވިޓަރޭ މެންނަށް ސުޕާރީ ކޮޅެއް ދީގެން އެެމެން އިންޑިއާގެ ޖީއެމްއާރާއި ގުޅިގެން ޖީއެމްއާރުން ރާއްޖެ އަށް ހިލަ ގެނައި ބޯޓުން އިންޑިއާ އަށް އެކްސްޕޯރޓް ކުރި މަސްފަލަ ނަގިއްޔެކޭ އިންޑިއާ ޓެރިޓަރީ ތެރެއަށް ވަނުމުން މަސްފަލަ ނަގިލި ބަދަލުވެގެންދިޔާ މަސްފަލަ ބްރޯ އަށޭ އެއީއޭ ތިޔާ ކަން ހިނގި ގޮތް ކަމަށް ރައީސް އޮފީހުން ނެރޭނެ ބަޔާނަކީ މަމެން ބުނަން ނެތީމޭ...

  5
  1
 23. ދޭބަލަ

  އަދީބު އިންޑިއާ އަށް ދިޔާ ފިލައިގެންތޭ ނުވަތަ އެއް ނަމްބަރު އޮފީހުގެ ބޮޑުން ތައް ކަޓެއް ޖައްސާލައިގެން އަދީބު ފުރުވާލީތޭ އެއީ މަމެން ސާފުކޮށްލަން ބޭނުންވާ އެއްޗަކީ އެމްއެމްޕީއާރުސީގެ ފައިސާ ގަނޑުން ކަޓް އަޅާލުމުން ނުގުޑާ އެއްޗެއް ނުހުންނާނެއޭ ބްރޯ ތަމެންނަށް ހުންނާނެ މިހާރު ނައިބްރައީސްގެ ލަގަބު ގަދަ ކަމުން ރައްޔިތުންގެ ރުހުމެއް ނެތި ފޭރިގަނެގެން އެމަގާމް ގައި ރަނގަޅަށް ހުރެވިފައި އިނގޭތޭ ތަމެން ދެން މަހަށް ދޭބަލަ މަހަށް މަހަށް މަހަށް ދޭބަލަ..

 24. ލަރަ

  އަހާ. މިއޮތީ ދިވެހި ރައްޔިތެއް އިންޑިޔާ ގެ ގާނުން އާހިލާފް ކަމެއް ކޮއްފަ. އިންޑިޔާއިން އަދަބު ދޭން މިސަރުކާރުަ އަދީބު ދޫކުރާނެބާ؟ އާމު ނިކަމެތި ރައްޔިތެއް ނަމަ ހަދާނީ ކިހިނެއްބާ؟

 25. ސަޓޯ

  ބެމެއް ގަންނަން އެދިޔައީ.. އަންނި ބުނެގެން އިބުރޭ ގޮއްވާލަން... އަހަރެމެނަށް ޔަގީން

 26. ޑިމޮކްރަޓިސްޓް، ރ.ވާދޫ

  ރިލުވާނު ތިގޮތަށް ބޯޓެއްގަ ރާއްޖެއިން ނުދާކަމެއް ކާކަށް އެނގެނީ. އަދީބު މިފަހަރު ބަސްޓުވީ. ނުވިނަމަ ތިމީހާވެސް ގެއްލުވާލީއޭދޯ ކިޔާނީ.

 27. ހޭައަރައިފިބާ؟

  ހޭައަރައިފިބާ؟

 28. އިއްބެ ހއ

  އަދީބު ކަމަށް ޝައްކުކުރެވޭ އެއްޗެއް، މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ކޮތަޅުގައި ބަންދު ކޮށްފައިވާ އެއްޗެތި ތަކެއް ......... ބޯހަލާކު .... ހަމަ ތެދެއް މިބުނީ.

 29. މީހާ

  ކެކޭނެ ކަމެއްނެތް ޔާމީނު އަވަހާރަ ކޮށްލުމަށް އަދީބު ކުރި މަސައްކަތް އަދިވެސް ޤަބޫލެއްނުކުރެވެއިތަ؟ އަދީބަކީ މިޤައުމުގެ ހަލާކު ޔާމީނު އޭނާ ދުރުކުރިކަން ރަނގަޅު

 30. އަޒާ

  ރާއްޖޭގެ އެލްޗަޕޯ..

 31. ބެއްޔާ ހުތާ

  މީ ހަމަ އެއްކަލަ ހިޔަޅު ރޭވުން ، އަދީބު ކަހަލަ މީހަކު އެކަހަލަ ކައްޕަޅި ގައުމަކަށް ދާނެތަ؟ ކޮށީގައި އިންނަ ދޫނި ވެސް ބޭނުން ވާނީ ކޮށީން ނުކުން ނަން ، ކާކުތޯ އިންޑޮނޭޝިއަރ ގަ ހުރެފަ އިންޑިޔާއަށް އަންނާނީ ، ސިޔާސީގޮތުން އަދީބާއި އިންޑިޔާ އޮތީ ކޮން ގުޅުމެއް ، މިއީ ގަންޖާ ރޭވުން..

 32. ހުސެން

  ފަނި ފޮނުވި މީހާ ލައްކަ މަސައްކަތެއްް އެބަ ކުރޭ މި ފަނި ފިލުވަން.އެހެނަސް ހުރިހާ ދިމާލަކުން ލޯތަކެއް އެބަހުރި ،ސޮރީ ފަނިބޭ

 33. މެޑަމާ

  މީނަގެ ބޮސް ވެސް ފިލާރައްކާވާން އުޅެފާނެކަމަށް ވިސްނަންވާނެ!