ދިވެހިރާއްޖެ އަށް އިންޑިއާ ސިފައިން ފޮނުވައިގެން ބާރުގެ ބޭނުން ކޮށްފިނަމަ އެކަމުގެ ނުރައްކާ އޮތީ އިންޑިއާ އަށް ކަމަށް އިންޑިއާގެ ގައުމީ ސަލާމަތާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ހެޕޮމަން ޖޭކޮބް ވިދާޅުވެއްޖެއެވެ.
ޖޭކޮބް މިހެން ވިދާޅުވީ އިންޑިއާގެ "ދަ ހިންދޫ" ގައި ލިޔުއްވި ލިޔުއްވުމެއްގައެވެ.
އެލިޔުއްވުމުގައި އޭނާ ވިދާޅުވީ ސަރަހައްދީ ހަމަޖެހުން އިންޑިއާ އަށް މުހިންމު ވިނަމަވެސް ރާއްޖޭގައި މަދަނީ ޙައްޤުތަކެއް ހިފެހެއްޓިޔަސް އަދި އެޙައްޤުތައް ދިނަސް އެއީ އިންޑިއާ އާއި ބެހޭ ކަމެއް ނޫނެވެ. ޙަޤީޤަތުގައި އިންޑިއާ އުޅެނީ ދިވެހިންނަށް ޙައްޤުތަކެއް ނުލިބިގެން ނޫން ކަމަށާއި އިންޑިއާ އިން ކަންބޮޑުވާ ޙަޤީޤީ ސަބަބަކީ ރާއްޖޭގައި ޗައިނާގެ ނުފޫޒު ގަދަވުން ކަމަށް އޭނާ ވިދާޅުވިއެވެ.
"އެމެރިކާ އާއި ޗައިނާގެ ތާއިދު ހޯދައިގެން ރާއްޖެއަށް އދ.ގެ ފެކްޓް ފައިންޑިން މިޝަނެއް ފޮނުވަން އިންޑިއާ އިން ބޭނުންވެއެވެ. ނަމަވެސް އެއީ ރާއްޖެއަށް ދިމާވެފައިވާ މައްސަލައަށް އޮތް ހައްލެއް ނޫނެވެ." ޖޭކޮބް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް އިންޑިއާ އިން ސިފައިން ފޮނުވުމަކީ ދިގު ޒަމާންތަކަކަށް އެކަމުގެ ގެއްލުން އިންޑިއާ އަށް ކުރާނެ ކަމެކެވެ. ހާއްސަކޮށް އިންޑިއާގެ މޫނުމަތި ހަޑިވެ އިންޑިއާގެ އަގު ވެއްޓިގެން ދާނެ ކަމަކަށް އެކަން ވެގެންދާނެ ކަމަށް ޖޭކޮބް ވިދާޅުވިއެވެ.
މީގެ ކުރިން އިންޑިއާ އިން އަސްކަރީ ބާރު ބޭނުންކޮށްފައިވާ ގޮތައް ބައްލަވާލައްވަމުން ޖޭކޮބް ވިދާޅުވީ 1971 ވަނަ އަހަރު އިންޑިއާ ސިފައިން ޕާކިސްތާނަށް އެރުމުން 10 މިލިއަން މީހުން ރެފިއުޖީންނަށް ވެގެން ދިޔަ ކަމަށެވެ. އަދި 2000 ގެ ކުރީކޮޅު ތަމަޅަ ޓައިގަރުން ބަލިކުރަން ލަންކާ އިން އިންޑިއާގެ އެހީއަށް އެދުމުން އިންޑިއާ އިން އެކަމަށް ދެކޮޅު ހެދިކަން އޭނާ ފާހަގަ ކުރިއެވެ.
ނަމަވެސް މިއީ އިންޑިއާ އިން އަދިވެސް މިނިވަން ޑިމޮކްރަޓިކް ގައުމަކަށް ސިފައިން ނުފޮނުވާނެ ކަމަށް ނިންމިދާނެ ސަބަބެއް ނޫން ކަމަށް ޖޭކޮބް ވިދާޅުވެފައިވެއެވެ.
ސަޅި
ސަޅި
އެބަ ރަނގަޅުވޭ....
އިންޑިއާއިން ލަންކާއަށް ނޭރީ ލަންކާގަ ތިބި ތަމަޅަ ޓައިގަރުންނަކީ އިންޑިއާގެ ދަރިކޮޅެއްގެ ބަޔަކަށްވާތީ. ބަދަލުގަ އިންދިއާއިން ޚަރަދުކޮށްގެން ލަންކާ ސަރުކާރުވަނީ ބަދަލުކޮށްފަ. މިހާރު ރާއްޖެއާމެދުވެސް އިންޑިއާއިން ޢަމަލުކުރަމުންދަނީ ހަމަ މިބީދައިން.
އިންޑިއާގަވެސް ރަގަޅުމީހުން ހެޔޮވިސްނޭ މީހުން އުޅޭކަން އަދި ކިރިޔާ މިއެގުނީ. އެފަދަ މީހުން ގިނަކުރައްވާށި.
ލޯތްބާ އަރާމް ލިބޭނީ އެތަކެއް އޯގާތެރި ފިރުމުންތަކަކަށްފަހުގައެވެ.ލޯތްބާއަރާމް ގަދަކަމުން ހޯދާނަމަ އެއީ ރޭޕްކުރުމެކެވެ.އެމްޑީޕީ ކުދިން އިންޑިއާ އަށް މިކަން ވިސްނައިދޭށެވެ.
ބޮޑުވަގު ގައުމުގަ ތިބި ހުރިހާ އެއްމެން ހައްޔަރު ކޮއްގެން މި ލޯބިން ފިރުމަނީ ތަ ނޫނީ ތިޔަބުނާ ރޭޕް ތަ މިކުރަނީ
ހެޔޮވިސްނޭ މީހަކު އެބަހުރިދޯ؟
އިންޑިޔާއިން ރާއްޖެ އަރައިފިނަމަ، މަމެން މަލިކަށް އަރާނަން އަދި މަލިކުމީހުންނަކީ ރާއްޖޭގެ ބައެއްކަމުގައި ހެދުމަށް މަލިކުގައި ފެންނަނުފެންނަ ވޯޓް ނަގާނަން.
ﷲ ތައާލާގެ މަދަދުވެރިކަން އަބަދުވެސް މިގޮތުގައި ލަހައްޓަވާށި. އާމީން
ވެރިން ނަކީ ﷲ ތައާލާ މިބިމުގައި ލައްވާ ހަލީފާއިން. އެމީހުން ﷲ ގެ ދީން ހިމާޔަން ކުރުމާއެކު އެމީހުންގެ ރައްޔިތުންނަށް ސަލާމަތުގެ އައްސޭރި ހޯދައިދޭންޖެހޭ. މިހާރު މިގައުމުގެ ރައީސް އެކުރައްވަނީ އެމަސައްކަތް. މަނިކުފާނުގެ މަސައްކަތުގައި ﷲ ތައާލާ ބަރަކާތް މިގޮތުގައި ލައްވާށި. އާމީން.