ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ހައްޔަރުކުރިކަމުގެ މައުލޫމާތެއް ލިބިފައި ނެތްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ފޮރިން މިނިސްޓްރީގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ، މިކަމާއި ގުޅޭގޮތުން އެއްޗެއް ވިދާޅުވާނީ ފުލުހުން ކަމަށެވެ. އަދި އިތުރު މައުލޫމާތެއް ލިބިފައި ނެތް ކަމަށް މިއުވާން ވިދާޅުވިއެވެ.

ރާއްޖެއިން ފިލައިގެން ދަނިކޮށް އަދީބު ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އޭނާ ރާއްޖެއިން ފިލައިގެން ގޮސްފައި ވަނީ ޓަގްބޯޓެއްގެ ކްރޫއެއްގެ ގޮތުގައެވެ.

އިންޑިއާގެ ޓުޓިކޮރިން ފުލުހުން ރާއްޖޭގެ ނޫހެއްކަމަށްވާ "މިހާރު"ނޫހަށް މައުލޫމާތުދެމުން ވިދާޅުވީ، އަދީބު މިވަގުތު ހުރީ އެތަނުގެ ބަނދަރުގައި އޮތް ޓަގް ބޯޓެއްގައި ކަމަށެވެ.

"އިންޑިއާ ފުލުހުން ބުނާގޮތުގައި، އެ މީހުންގެ ބެލުމުގެ ދަށަކަށް އަދީބު އަދި ނުގެންދޭ، ފުލުހުން ބުނީ މިހާރު ދަނީ އަދީބު އާ ސުވާލު ކުރަމުންނޭ". އެ ނޫހުގައި ބުނެފައި ވެއެވެ.

އިންޑިއާ ނޫސްތަކުގައި ބުނެފައިވާގޮތުގައި، އަދީބު އާއެކު އިތުރު ނުވަ މީހަކުވެސް ހައްޔަރުކޮށްފައި ވެއެވެ.

އަދީބު ޓަގު ބޯޓެއްގައި ފިލިއިރު، އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ތަހުގީގީ އިދާރާ އަކަށް އިއްޔެ މެންދުރު ހާޒިރުވާން އަދީބުއަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙިދު

  މިނިސްޓްރީ ދަތުރުފުޅުގަ ދެއްތޯ

  12
  1
 2. ޢަފްލާ

  މިނިސްޓްރީގެ ރަސްމީ ދަތުރު ފުޅެއްގަ އެ އަދީބް ދިޔައީ އިމްރާން ސޯ ބުނީ އެހެން

  12
  1
 3. މޫސަ

  އަދީބު މިވަގުތު މާލޭގައި ހުރިކަމެއް ތިއިން އެއްވެސް މުއައްސަސާއަކަށް އިނގިނުލައްވަނީބާ

 4. ކޯ

  މީހާދަ ރަގަޅު ސަރުކާރެކޭދޯ ހެޔޮފުޅުކަމުން ގޮސް ބުރޯ ޓަގަކަށް އެލީ

 5. ވައުދު

  ޝޭޚު އިމްރާންގެ ވަޢުދު ފުދިފަ ވީ. އެހެންވީމަ ރަގަޅުވާނެ. ފެރީ ނިޒާމް ފައްޓުވަން ފޮނުވި މިސަރުކާރުން ފޮނުވީ ނޫންބާ

 6. ނަގޫ

  ދޯހަޅި ސަރުކާރެއް. ރަށަކާކޮއްފަހުރި ލާރިކޮޅުހިފައިގެން ވެރިމީހާ ދަތުރުމަތީގަ. ދެންބުނަންވީނުން އަދީބު ގޭގަނިދާފަ އެބައޮތޭ