އިންޑިއާއަށް އެތެރެވާން އުޅެނިކޮށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހައްޔަރު ކުރިތޯ ބަލަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އިންޑިއާ އަށް އެތެރެ ވާން އުޅެނިކޮށް އަދީބު ހައްޔު ތޯ ބަލަމުން ދާ ކަމަށާއި މި މައްސަލަ ބަލަމުންދާތީ އަދި މައުލޫމާތެއް ދެވެން ނެތް ކަމަށެވެ.

އަދީބު ހައްޔަރުކޮށްފައިވާކަމަށް ބުނެ މިއަދު އިންޑިއާގެ ގިނަ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. ރިޕޯޓްތަކުގައި ބުނެފައި ވަނީ އޭނާ ހައްޔަރުކޮށްފައި ވަނީ، އިންޓަލިޖެންސް މައުލޫމާތަކަށް އިންޑިއާގެ ޓުޓިކޮރަން ސިޓީގެ ބަނދަރުންނެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ ހިލައާއި ހިލަވެލި އުފުލާ ޓަގް ބޯޓަކުން ކަމަށް އެ ނޫސްތަކުގައި ބުނެފައި ވެެއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، އަދީބު އިންޑިއާއަށް ވަޑައިގެންފައިވަނީ މިގެ ތިންދުވަސް ކުރިންނެވެ. އޭނާ އެތެރެވީ ޓަގު ބޯޓެއްގެ ކުރޫއެއްގެ ގޮތުގައި އޮޅުވާލައިގެން ކަމަށްވެސް އިންޑިއާގެ ނޫސްތަކުގައި ވެއެވެ.

އަދީބު ހައްޔަރުކުރިކަމަށް އިންޑިއާ ނޫސްތަކުން ބުނި ނަމަވެސް، އޭނާ ހައްޔަރުކޮށްފައި ނުވާކަމަށް ޓުޓިކޮރަން ފުލުހުންނާއި ހަވާލާދީ މިހާރު ނޫހުގައި ރިޕޯޓްކޮށްފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ނޫނޭ

    މިމަހު މުސާރަ ޖަމާވިތޯބަލާ. ޢޭގެފަހުގަ ވާޖިބު????

    19
  2. ސަލީމް

    ހިންގާލައޭދޯ!

    5
    1
  3. ފުނާ

    މިހާރު ލިބޭނެ މުސާރަ ވެސް..!!

  4. އިހުސާނާ

    ޓަގު ބޯޓުގަޔޯ އަނބުރާ ފޮނުވާލީ! ހަމަ އެނެއްކާ ކަނޑު މަތިން ކުރިން ލަންކާ އިން އަންނަން ބުނި ބޯޓު އައިސް ގޮވައިގެން ހިނގައިދާނެ! ތަގެއް މިހާރު ޓަގަކަށް އަރައިގެން އެ އުޅެނީ! ވަރަށް ޑޭންޖަރު މީހެކެއްނު މީނަ އަކީ އަސްލު!