މާލެ ސަރަހައްދުގައި ޓެކްސީ ހިދުމަތް ދޭ ޙުރިހާ ޓެކްސީތައް މޯބައިލް އެޕްލިކޭޝަން ބޭނުންކޮށްގެން ހިދުމަތް ދިނުމަށް މަޖުބޫރުކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތް ހަރުދަނާކޮށް ރައްޔިތުންނަށް ފަސޭހައިން ޚިދުމަތް ލިބޭނެގޮތް ހަމަޖެއްސުމަށްޓަކައި މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަން ބޭނުންކުރުމަށް ހަމަޖައްސާފައިވާކަމަށެވެ.

އެ ހުއްދަ ދީފައި ވަނީ ތިން އޮންލައިން އެޕްލިކޭޝަންއަކަށެވެ.

  1. އަވަސް ރައިޑު
  2. ޕިކްމީ
  3. އެއައީ

އެހެންކަމުން މިއަދުން ފެށިގެން ދެ މަސް ދުވަސް ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްގެން އޮޕަރޭޓް ކުރާ ހުރިހާ ޓެކްސީއެއްގައި މި ތިން އެޕްލިކޭޝަންގެ ތެރެއިން އެޕްލިކޭޝަންއެއް ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ.

އެޕްލިކޭޝަންއެއް މެދުވެރިކޮށް މި ހިދުމަތް ދޭން ފެށުމުން ޓެކްސީ ހޯދުމުގައިވެސް އާއްމުންނަށް ބޮޑު ލުއި ފަސޭހަކަމެއް ލިބިގެން ދާނެއެެވެ.

އެ މިނިސްޓްރީން ހުއްދަ ދީފައިވާ ތިން އެޕްލިކޭޝަންގެ ތެރޭގައި ހިމެނޭ އަވަސް ރައިޑްއަކީ މިހާރުވެސް އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ޓެކްސީ ހިދުމަތް ފޯރުކޮށްދެމުން އަންނަ އެތައް ބައެއްގެ އިތުބާރު ލިބިފައިވާ ބައެކެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކޯ

    އަވަސް ރައިޑް ވަރެއް ހަމަ ނެއް ސަޅި

  2. އއއއ

    އަވަސް ރައިޑް އަށް މަރުހަބާ ތީ ހަމަ އެއްވަނަ ހަސަން ވަރެއް ނެތޭ

  3. ވަގުނހލ

    ބައެއްގެ އަތުން ލާރިގަނޑެއް ފޭރިގަނތުމެއް ނޫންބާ. އެމްޑީޕީގެ ބަޔަކު ލައްވާ އިންޑިއާއިން އެޕްލިކޭޝަނެއް ހަދައިގެން ގެނެސް ކޮރަޕްޝަން ގެ ތެރެއިން އެ އެޕް ބޭނުން ކުރުން މަޖުބޫރު ކުރުވީ ތާ. އެމީހަކު ބޭނުން މަސައްކަތެއް ކުރުމުގެ ހައްޤަކީ އަސާސީ ޙައްގެއް. އެކަމަކު ޓެކްސީކުރާ ފަރާތްތަކަށް އެމަސައްކަތް ކުރުމަށް ހުރަސްއަޅައި ، މަޖުބޫރުން ެޕްލިކޭޝަން ބޭނުންކުރުވުމަކީ ޤާނޫނުއަސާީ އާ ޚިލާފް ކަމެއް. އެޕް ބޭނުން ކުރުމަށް މަޖުބޫރެއް ނުކުރެވޭނެ.

  4. އަހުމަދު

    ހަސަން ރަމީޒް ގެ ހިއްވަރަށް ސާބްސް ހިއްމަތާއެކުގަ ކުރާމަސައްކަތުގެ ފޮނިމީރުކަން

  5. ޖާގަ

    ކަޑަ. ބުރަމަސައްކަތުން ގެނައި ވެރިކަން ...،،
    ދެން އަތްޖަހާ.