ސިނަމާލެ ބުރިޖު ހުރަސްކޮށް ހުޅުލެ، އަދި ހުޅުމާލެއަށް ދަތުރުތަކަށް 100 ރުފިޔާ ނެގުން ޓްރާންސްޕޯޓް މިނިސްޓްރީން މަނާކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ، މާލެ ސަރަހައްދުގައި ޓެކްސީ ފެއާ ބޮޑު ކަމުން އާއްމުންގެ ޝަކުވާ ކުރަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް މޯބައިލް އެޕްލިކޭޝަންއެއް މެދުވެރިކޮށް އެ ހިދުމަތް ދޭން ކަނޑައަޅާފައިވާކަމަށެވެ.

އަދި މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުތަކަށް ނަގާނެ ރޭޓްތަކެއް ވަނީ ކަނޑައަޅާފައެވެ.

"މި އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް އަރުވާ ދާގީނާއަކަށްވެސް އިތުރު އަގެއް ނެގުމަކީ މަނާކަމެއް ކަމުގައި އާއްމުކޮށް އަންގާ އިއުލާނުކުރީމެވެ". ޓްރާންސްޕޯޓް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަމަށް ބަލާއިރު މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގަކީ މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ އަށެވެ.

އަދި މާލެ - ހުޅުލެ، ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް ކަނޑައަޅާފައިވާއިރު، ހުޅުމާލެ – ހުޅުލެ، ހުޅުލެ - ހުޅުމާލެޭ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. އަދި މާލެ- ހުޅުމާލެ، ހުޅުމާލެ - މާލެ ދަތުރެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ -/75 ރުފިޔާއެވެ.

އެހެންކަމުން ބުރިޖު ހުރަސްކޮށް ޓެކްސީތަކުން މިހާރު ކުރާ ދަތުރުތަކުގެ އަގު މި ވަނީ ކުރިއަށްވުރެ ދަށް ކޮށްފައެވެ. އަދި މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ޓްރާންސްޕޯޓް މިނިސްޓްރީން ފަހުން ކަނޑައެޅި އަގުގައި ދަތުރު ކުރުމަށް ޓެކްސީ ޑްރައިވަރުންނަށް މަޖުބޫރުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

 1. ޑރ

  ޓެކްސީ ޑްރައިވަރުންގެ ޝަކުވާގެ އަޑު ސަރުކާރަށް ނީވެނީ ބާ؟

  15
  90
  • އައިޝާ

   ދެން ޑްރައިވަރުންގެ އަޑުގެންގޮސް ފާޚާނާ ޖަންގްޝަނަށްލާ..އޯކޭ

   18
 2. ނާފިޒު

  ދެން އައްޖަހާ

  78
  4
 3. ދިވެހިން

  ރަގަޅު އަދިވެސް ބޮޑު

  75
  4
 4. ފެލާލުން

  ޓެކްސީ ޑްރައިވަރުންވެސް ލާރި ހޯދަން ޖެހޭނެ. ޢެކަމަކު 100 ރުފިޔާ އެއީ ހަމަ ފެލާލުން. ޓެކްސީ ދުއްވާ މީހާވެސް އަމިއްލަ ޖީބުން އެ ހަރަދު ކުރަން ޖެހުނީމާ އެކަން ވިސްނޭނީ !!

  99
  2
 5. ކޮރަލް

  ގިނައިން ފައިސާ ނަގާނަމަ ގުޅާނެ ނަންބަރެއް ދީބަލާށެވެވ.

  85
  1
  • ޓްރާންސްޕޯޓް މިނިސްޓަރީ

   އޭމް އައި އަ ޖޯކް ޓު ޔޫ؟

   21
   1
 6. އާދަނު

  ކޮންއިރަކު ހުއްދައީ އަބަދުވެސް މަނާ

  35
  1
 7. Anonymous

  ލާމުގެ އަގު ހެޔޮ ކުރާނީ ކޮން އިރަކު

  25
  2
 8. ޢަބުދުލް ވާހިދު

  މަޖުބޫރެއް ނުވާނެ އެ ދަތުރު ތަށް ނުކުރީމަ ރަނގަޅު ވާނެ ޓުރާންސުޕޯޓު މިނިސްޓަރު ކޮނޑަށް ލައިގެން އުފުލަ ފާނެއެއްނު

  9
  29
 9. އެމް

  މަޖުބޫރެއް ނުވާނެ. 100ރ ތުރެން ކުޑަކޮއް ނުކުރާނަން. ނަހުލާ ބިޑި ހަދަން ޖެހޭނީ.

  11
  46
 10. ނޫރު

  ތަންފީޒުކުރެވޭނެތޯ، ކުރެވިއްޖެނަމަ ވ ރަގަޅު، ތަންފީޒު ކުރެވޭނީ މީތި ސަޅި ވަރަށް މަސައްކަތްކޮށްގެން، ޓެކްސީ އަކީ ޕަބްލިކް ޓްރާންސްޕޯޓެއްނޫން، ގަރާޖް ހުއްދަ ނުލިބޭ، ހުޅުމާލޭގެ ރައްޔިތުންނަށް ވެހިކަލް ރެޖިޝްޓްރީ ނުކުރެވޭ.
  1. ކާރުގެ އަގު . 200.000 ދެލައްކަ.
  2.ސިއްރު ގަރާޖް، 35،000
  3.ސިއްރު ޓްރާންސްޕޯޓް. 25000
  4. ޓެކްސީ ސެންޓަރ، 1500
  5. ޑުރައިވަރުގެ މުސާރ. 10000 ދިހަހާސް
  މަސައްކަތް ގަޑި 12
  6. ކޮޓަރި ކުލި، 2 ރޫމް 18000
  ކުދިންގެ ޓިއުޝަން، މާއްދާއަކަށް 1500.
  ކެއުމުގެ ޚަރަދު، 4 މީހުންގެ އާއިލާއަކަށް، 9000
  ޕެޓްރޯލް އަޅާފަ، އެވްރެޖް. ދުވާލަކު 650-800
  ކާރުގެ މެއިންޓަނެންސް، މޭކަޕް، މަހަކު 2500ރ .
  ............ ޑުރައިވަރުން ހީހީފަ އަތްޖަހާ.......
  މިއީ އޯގާތެރި ސަރުކާރު...

  30
  23
  • ނައިޓު

   ކާކު ބުނީ ޓެކްސީ ޑްރައިވަރަކަށް ވާން؟

   4
   4
 11. ކަސްޓަމަރެއް

  ކޮބައިބާ މިއުޅޭ ޓެކްސީ ޑުރައިވަރުން.؟؟އެވެރިންގެ ހާލަތު އެނގެން ވ.ބޭނުން..ކުރީ ފަހަރުވެސް އަގުކުޑަވީމަ ހީވީ ނޫސްތަގެ ކޮމެންޓު ސެކްޝަނަށް "ހެއި" ނަކަތުގެ ގަދަ ކޮޅިގަނޑެއް ލައިގަތްހެން...

  22
  5
 12. ނެތީމޭ

  ޓެކްސީ އެޕްލިކޭޝަން މަޖްބޫރުކޮށް، އަގުތައް އިއުލާންކޮށްފި ނަމަވެސް ތިޔާ ކަން ނުހިނގާނެއޭ ސަބަބަކީ އެއީ ނެތީމޭ...

  6
  1
 13. ގަދަކުޑޭ

  އެހެންވިއްޔާ ދެން ހުންނަންވާނީ މާލެއިން ހުޅުމާލެއަށް ނުގޮސް ޓެކްސީގަ

  9
  3
 14. ބަރުގޮނު

  ޤާނޫނާ ޤަވާޢިދު ހަދަން ޖެހޭނީ ތަންފީޒު ކުރަން. އެކަން ނުކުރެވޭނަމަ ޤާނޫނާ ޤަވާޢިދު ހެދުމުގެ ބޭނުމެއްނެތް. ވިޔަފާރި ކުރާ ތަންތަނުގައި ފައިސާ ބަލައިގަންނަން ބިދޭސީން ތިބުން ޤާނޫނަކުން މަނާކުރެވުނު. ފުރަތަމަކޮޅު ބިދޭސީ ސޭޓްން ތިބި ބައެއް ފިހާރަފިހާރަ ޖުރިމަނާވެސް ކުރި. މިހާރު ހަމަ ޤާނޫނެއް ނެތްފަދަ.
  ތިޔަ ކަމުގައިވެސް ޤަވާޢިދާ ޚިލާފަށް ކުލި ނަގާ މީހުން ރިޕޯޓް ކުރެވޭނެ ފަސޭހަ ގޮތެއް ޢާންމުންނަށް އެގިފައި އޮންނަންވާނެ. ޤަވާޢިދު ތަންފީޒު ކުރެވެން ޖެހޭނެ.

 15. އޮނު

  މި ސަރުކާރަކީ ޓެކްސީ ކުރާ ގިނަބަޔަކު ބޭނުންވެގެން ޔާމީން ސަރުކާރު ގޯސެވެގެން ކަންތައްތައް ކޮށްނުދީގެން ގެނައި ސަރުކާރެއް. މިހާރު ސަރުކާރުން ރައްޔިތުންނަށް މިވީހާތަނުގަ ކަމެއްކޮށް ނުދޭތާ ރައްޔިތުން ފެލައިގެން ދަތިކުރަމުން ދަނީ.
  ދެން ޓެކްސީ ކުރާމީހުންވެސް ބާރަށް އަތްޖަހާ.

  6
  2
 16. ޢަލީ

  ހަމަ މިގޮތައް މާލެއިން ކުޔައްދޭ ކޮޑަރިތަކުގެ އަގުވެސް ބަލާ ހެޔޮކުރަން ޖެހޭނެ. ކުޑަކުޑަ ކޮތަރުކޮށްޓެއް ކަހަލަ ތަނެއްވެސް މިދެނީ ދުވާލަކަށް 500ރުފިޔާއަށްވުރެއް ބޮޑުކޮށް. ކޮޓަރި ކުލިތައްވެސް އެތަންތައް ހެދިފަހުންނަ ފެންވަރާ ލިބޭޙިދުމަތްތަކަށް ބަލައި އަގުތަކެއް ކަނޑައެޅުންމުހިއްމު. މިހާރު އާދައިގެތަނެއްވެސް މިއުޅެނީ 500، 700 800ރުފިޔާއަށް، އެއީ ހަމައެކަނި އެދަކާ ކުޑަކުޑަ ފާހާނާއެއްހުންނަ ތަންތައް. މީހަމަ ރައްޔިތުމީހާ ފެލުންނޫންތޯ

  10
  2
 17. ޑޭންޖުރެސް

  ޓްރާންސް ޕޯރޓް މިނިސްޓަރު މިއަދު އެނެންގެވި ބޯލްޑް ޑިސިޝަން އެއީ ނަގަން މާ ބޮޑަށް ލަސްވެސް ވެއްޖެ ކަމެކޭ ޓެކްސީ ޑްރައިވަރުން އުޅެނީ ކުޑަ ކުޑަ މަސައްކަތެއް ކޮށްގެން ލަގްޒަރީ ލައިފް ސްޓައިލެއް ގައޭސް...

  13
  2
 18. ޖެހޭނެއޭ

  މާލޭގައި ޓެކްސީ ދުއްވަން ދެން ދަ ރާއްޖެތެރޭން މާލެ އަށް އަރާތިބި ތަނެއްގައި ވަޒީފާ އެއްގައި ހަރުނުލާ ނެއޭ

  2
  1
 19. މާސޭ

  100 ނުނަގާ99ނެގޭނެ

  1
  3
 20. Anonymous

  މާލޭގެ ކޮޓަރިއެއް ދުވާލަކައް 500 މީހަމައިންސާފްތޯ. ބަލަ އަހަރެމެން ކާރެއް ހަދަންޖެހޭ ހަފްތާޔަކުއެއްފަހަރު. ބުރުމާ ނުދޭ ބައި ލާރިއެއްވެސް ރޯޑުވާދީއައްވެސް އެތައް ފައިސާއެއް އިންސިއުރެންސައްވެސް އެތައްލާރިއެއް ސެންޓަރައްވެސް އެހާލާރި ރިސްކްވެސް އެހާބޮޑު އަދި އަޑުއަހައިފިން މާމިގިލީ ރައްޔިތުން ނައްވަޒީފާދިންވާހަކަ އެކަމް ޓެކްސީޑުރައިވަރުންނައް އެއްޗެއް ލިބޭކައްނުވޭ

 21. ބަލާތި

  ސައިކަލު ޓެކްސީއަށް ވެސް އަގެއް ބުނެދީބަލަ.-/100 އަށް ޓެކްސީ ޑްރައިވަރުން ރައްޔިތުން ފެލިޔަނުދޭން. ސައިކަލަށް ވެސް އެރޭނީ އޭރުންތާ!!!

 22. ދިޔޯ

  ޙަމަ ރަގަޅު ވީގޮތް. މިސަރުކާރުގެންނަން އެންމެބޮޑަށް ވާގިވެރިވީބަޔަކީ ޓެކްސީޑްރައިވަރުން.