ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިލައިގެން ދިޔުމުން ޒިންމާ ސަރުކާރުން ނަގަންޖެހޭނެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ، ރާއްޖެ އިން ފިލައިގެން އަދީބު އިންޑިއާއަށް ޓަގް ބޯޓެއްގައި ގޮސް ހުއްޓާ މިއަދު އިންޑިއާ ފުލުހުން އޭނާ ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން ކުރި ޓްވީޓެއްގައެވެ.
ޖަމީލް ވިދާޅުވީ އަދީބު ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެކަމަށެވެ. އަދި ސަރުކާރުން ބޭނުންވާ ބައެއްގެ މައްސަލަ އަވަސް ކުރާއިރު އަދީބުގެ މައްސަލަ ތަފަތުވަނީ ކީއްވެގެން ކަން ވިދާޅުވެ ވަނީ ސުވާލު އުފައްދާފައެވެ.
"އެމްއެމްޕީއާރްސީ މައްސަލާގައި ސަރުކާރުގެ އިހްލާސްތެރިކަން އޮތް މިންވަރު އެނގޭނީ ތުހުމަތުކުރެވޭ ބޮޑުންނާ މެދު އަމަލުކުރާ ގޮތުން. އަދީބް ފިލައިގެން ދިއުމުގެ ޒިންމާ ސަރުކާރުން ނަގަންޖެހޭނެ. ސަރުކާރުން ބޭނުންވާ މީހުންގެ މައްސަލަތައް އަވަސްކުރެވޭއިރު މި މައްސަލަ ތަފާތުވަނީ ކީއްވެ؟" ޖަމީލު ވިދާޅުވިއެވެ.
އިންޑިއާގެ ނޫސްތައް ބުނާގޮތުން އަދީބުއާއެކު އިތުރު ނުވަ މީހަކު ހައްޔަރުކޮށްފައިވެއެވެ. އެހެން ނަމަވެސް "އިންޑިއާ"ގެ ޓުޓިކޮރަން ފުލުހުން މިހާރު ނޫހަށް ވިދާޅުވީ، އަދީބު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އަދި އަދީބު ހުންނެވީ ޓަގް ބޯޓުގައި ކަމަށް އެ ނޫހުން ވިދާޅުވިއެވެ.
އަދީބުގެ އެއްވެސް މައްސަލައެއް މިހާރު ކޯޓުގައި ނެތެވެ. ނަމަވެސް އަދީބުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފަހުކޮޅު ވަނީ އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވުމުންކޮށްފައިވާ އަށް އަހަރު ދުވަހުގެ ހުކުމް ބާތިލް ކުރި މައްސަލާގައެވެ.
ބަލަ އަދީބުގެ ހުކުމްތައް ބާތިލް ކުރީ ކޯޓުން. ދެން ސަރުކާރަކާ ކޮން ކަމެއް؟
މިހިރަ ހެޔޭބައްޔާ
ތިޔަ ބޮޑިބައްގަޑުވެސް ތީފިލައިގެން ދިޔަ ގޮލައެއް
މިއަދު އަގަފުޅާ ކުރަނީ
ޑރ. އަކީ ބަޔަކު ނެގެޓިވް ކޮމެންޓެއްކުރީމަ މޭގުޑާނެ ބޭފުޅެއްނޫން، ތަފާތުވާނެ ކެރޭނެ... ޑރ.ޖަމީލް ހައްދަވަންވީގޮތަކީ މިރޭ ޕީޕީއެމް ޖަލްސާގަ ބައިވެރިވެ، 2013 ގައި ކުރިފަދަ ހިތްވަރުގަދަ މަސައްކަތެއްކުރުމަށް އަތުގުޅާލުން ފުރިފަހުރު ެެެެެ އެއްޗެއް ގުޑުގުޑު އެއް ނައަރާނެ.
މިނިވަނުން ފިލާތޯ ސަރުކާރުން ބަލަންޖެހެންޏާ ކޮންމެ ރައްޔިތެއްގެ ފަހަތުގައި ފުލުހެއް އަދީބު ފިލުވުމުގައި ބައިވެރިވާ ބަޔަކު ހޯދުން ވަރަށް މުހިއްުމު ޓަގުބޯރޓް ފުރާނީ ކަސްޓަމްގެ ހުއްދަލިބިގެން
އަދީބު ފިލުމުން އެކަމުގެ ޒިންމާ ސަރުކާރުން ނަގާކަށް ނުޖެހޭނެއެވެ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އޭނާ ފިލުވުމަށް މަސައްކަތްކުރީ ފަރާތްތަކެވެ ގައިމުވެސް ކޮންމެވެސް ބަޔަކު އަޑީގައި ތިބެގެން ހިންގި ކަމަކަށް ތިޔަކަން ވާނެއެވެ ޓަގްބޯޓްގެ މާލޭގެ އެޖެންޓަކީ ޓްރާންސްލިންކް ޕްރައިވެޓް ލިމިޓަޑްއެވެ އެފަރާތުގެ ޒިންމާވެސް ވަކި ކުޑައެއްނުވާނެއެވެ ކެޕްޓަންގެ ޒިންމާވެސް ވަކިކުޑައެެއްނުވާނެއެވެ އައުޓްވާރޑް ކްލިއަރެންސް ދިން ކުރޫވލިސްޓްގައިވާ މީހުންނަށްވުރެ އިތުރުމީހަކު ހުރިނަމަ ޓަގްބޯޓް މާލެއިން ފުރައިގެންވެސް ނުވާނެއެވެ އެގިފައިވާ ގޮތުގައި ފުރުމަށް ހުއްދަދީފައިވަނީ އިންޑޮނޭސިއާ 8 މީހުންނާއި އިންޑިއާ 1 އެވެ ވީމާ މިކަމުގައި ސަރުކާރުން ޒިންމާވާކަށްނުޖެހެއެވެ ޒިންމާވާންޖެހޭ ފަރާތް އެގޭ ނޫންތޯއެވެ
އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ..
ކަސްޓަމްސް އަށް ސަލާމް.
ޤާނޫނާ ޤަވައިދާ ޚިލަފުވެގެން ޝަރުޢީ ޙުކުން އިިއްވައި ޙުކުން ތަންފީޒު ކުރަމުންދިޔަ ކިތައްމީހުންތޯ މިސަރުކާރުން ދޫކޮށް ކުށެއްނެތް މީހަކަށްހެދީ މުޅިން ބޯހަލަކުދޯ
މިސަރުކާރުގެ އެއްވެސް ކަމެއްގަ ސަރުކާރުވެސް، ރައީސުމީހާވެސް ޒިންމާނަގާކަށް ނުޖެހޭނެ. އެވާހަކަ ދައްކާނެ ރީންދޫ މީހަކުވެސް ނުހުންނާނެ މިހާރަކު. އެހެން ސަރުކާރެއްއޮތްނަމަ ވެރިކަމުގަ ހުރިމީހާގެ ވަގުތުން އިސްތިއުފާދޭންޖެހޭނެ. އޭނަ ފެއިލްވީ، މަގުތައްކުޑަކުރަމުން ދުވެއަރުވަންވީ. މިސަރުކާރުވީމަ ހިންނަވަރު އިބުރާހިމް އިސްތިއުފާދޭކަށް ނުޖެހޭނެ.
ލަންކާގަ ފިލުވީ ލުތުފީ... އިންޑިޔާގަ ބުރޯ... އަަވައްޓެރި ގައުމު ތަކަށް ވެސް އެޖެންޑާ 19 މިވަނީ މުސީބާތަކަށް ނޫންތޯ؟ ބޮޑުކަމުގޮސް ދަނޑިން ތެޅިޔަސް މި އެޖެންޑާ19 ހިންގަން ފެށިފަހުން މިވާ ބަދުނާމަށްވުރެ ތާހިރުވާނެ... މިހާރު މޯދީ އެއުޅެނީ އާސަންދަ ފެޅި ހިސާބުން ކަނޑާލައިގެން... ދެން ޔެލޯސް އަތްޖަހަމާ...