ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ފިލުވުމަށް މަސައްކަތް ކުރި މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ފިލައިގެން ދަނިކޮށް އަދީބު ހިފަހައްޓާފައި ވަނީ މިއަދުއެވެ. އޭނާ ރާއްޖެއިން ފިލާފައި ވަނީ ޓަގް ބޯޓެއްގައެވެ. އޭނާ ހިފަހައްޓައި، އޭނާ ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.

އިންޑިއާގެ ނޫސްތަކުގައި ބުނެފައި ވަނީ، އޭނާ ހިފަހައްޓާފައި ވަނީ އިންޓަލިޖެންސް މައުލޫމާތަކަށް އިންޑިއާގެ ޓުޓިކޮރަން ސިޓީގެ ބަނދަރުންނެވެ. އޭނާ ހިފަހައްޓާފައި ވަނީ ހިލައާއި ހިލަވެލި އުފުލާ ޓަގް ބޯޓަކުން ކަމަށް އެ ނޫހުގައި ބުނެފައި ވެެއެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން ދިވެހި ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީގައި އަދީބު ހިފެހެއްޓިފައިވާކަމަށެވެ. އަދި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް އެކުވެރި ގައުމުތަކާއި ގުޅިގެން ދިވެހި ފުލުހުން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.

"އަހުމަދު އަދީބު ފިލުވުމުގައި ބައިވެރިވެ އެހީތެރިވި ފަރާތްތަކުގެ މައްސަލަ ތަހުގީގުކޮށް އެފަރާތްތަކާއި މެދު ގާނޫނުގައިވާގޮތުގެ މަތިން ފިޔަވަޅު އަޅާނެކަމުގައި މި ފުރުސަތުގައި ދަންނަވަމެވެ". ފުލުހުން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

އިތުރަށް އެ ބަޔާނުގައި ވިދާޅުވެފައި ވަނީ، އަދީބު އާއި ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޖުލައި 31 ވަނަ ދުވަހު 14:00 އެންގި ނަމަވެސް ހާޒިރުވެފައިނުވާ ކަމަށެވެ.

އަދި އޭނާ ފިލައިގެން ގޮސްފައި ވަނީ. ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އިމިގްރޭޝަންއަށް އަމުރު ނެރެފައިވަނިކޮށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.

އިންޑިއާގެ ސަރުކާރުން ވިދާޅުވީ، އަދީބު އެ ގައުމަށް އެތެރެވާން އުޅުނީ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތި އަދި އިންޑިއާގެ ހުއްދައަކާ ވެސް ނެތި ކަމަށެވެ.

އަދީބު އެ ގައުމަށް އެތެރެވާން އުޅެފައި ވަނީ އެ ޓަގްބޯޓުގެ ކްރޫއަކަށް ވެގެންނެވެ. އޭނާ ކްރޫ ހެދުން އަޅައިގެން ހުއްޓާނަގާފައިވާ ފޮޓޯތަކެއް އިންޑިއާގެ ނޫސްތަކުގައިވެސް ޖަހާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ދދދދދދ

    ބާޣީ ލުތުފީ ފިލުވި ބޮޑު ޓެރަރިސްޓަށް ފިޔަވަޅު އަޅަން ކެރޭނެ؟ ނުކެރޭނެ.

    39
    1
  2. ހަހަހަހަ

    ކޮން ފިޔަވަޅެއް އެޅޭނީ؟ އެ ބަޔަކު އަތު ޖެހުނިއްޔާ އެއްނު.

    28
  3. ތަމެންދޯ

    އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ދޯ..

    4
    1
  4. ޢަލީ

    ކަލޯ އަނގައެއް އޮތިއްޔާ ކާޅެއްނުކާނޭ ބުނާތީ އަޑުއަހަންދޯ! އެހެންހަމަ އެއްޗެކޭކިޔަނީ ކަލޭމެން ތެޅެނީ މާސޯލިހުމީހަކު ބުނާތީ ޔާމީނާ ހެދިހޭބަލިވަނީ ބިރުގަންނަނީ ޔާމީނުދެކެ ކަލޯ މޯޅުވާނެ ސަތޭކަގުނަ އެއްމަގުންހިނގާވެސް ނުލެވޭނެއްނު ސޯލިހޫކަލެޔާ އައްނިޔާ...ދޫކޮއްލީރު ހީކުރީކީކޭ...ސޯލިހާ ރުނޑިކާޅަކައް ދޮންކޭލެއް ނުކެވޭނެ އަނގަކުޑަކަމަކުން ނޫން ކާންނޭގޭތީ..ޔާމީނު ކުރިޔަސް ވެރިކަމެއް ނުކުރެވޭނެ...ދެފަޅުރަށާ ލެޕްޓޮޕަކާޔޯ އަނގައަރުވާތި..އަތައްތިގޮވީ ޔާމީނަށްް ވަރަށްވަރުވާނެކަމަށްދޯ ދޫކޮއްލީ ..ދެންތިބޭ އަނގަ އައްޕަތެއްހެން ހަދައިގެން...ދެން ލަލަލާ

    30
  5. ތަމެންދޯ

    ނުފިލާނެ ކަމަށް ބުނި އަދީބު މި ހެދީ ކިހިނެއް ކަމަށް މީހުންނަށް ސުވާލު ކުރެވުނު ނަމަވެސް މަމެންނަށް ތިޔާއިން ހައިރާން ކަން ގެނެސް ނުދެއޭ މަމެންނަށް ޔަގީނޭ އެއް ނަމްބަރު އޮފީހުގެ ބޮޑުންނަށް އިނގޭނެ ކަން ތިޔާ ކަން ބްރޯ ކުރަން އުޅޭ ކަން އެމެން ބްރޯ އަތުން ކަޓެއް ޖައްސާލައިގެންނޭ ބްރޯ ތިޔާ ކަން ކުރަން އިސްނެގީވެސް ތިޔާއީ މަމެންނަށް އާ ކަމެއް ނޫނޭ ލޭޒީހޮލިކް ރައްޔިތުންނަށް ކަމެއް ކޮށް ނުދޭ ސަރުކާރުން ބަލަނީ ކުށްވެރިން އަތުން ކަޓް ކެވޭތޯ ވިއްޔާ ވާނެ އެތި މިއޮށްގެން ވަނީއޭ މީ ހިއުމެން ޓްރެފިކިންގް ސަރުކާރު ދޯ...

    20
  6. ލީގަލް ފަޔާ

    ބޮޑޭ އާއި މާންޑޭއަށް ވެދުން.ކަސްޓަމްސް ގެ ބޮޑުން ބޮޑުކަންމަތީ.ގައުމު ފާލުން ނައްޓާލައިފި..މިހާރު ސީޖީ ނަމަކަށް ހިންގަނީ ބޮޑުވަޒީރު މާންޑޭ ޢޭ ކިޔާތީ އެހިން.ތެދެެއްތަ .

    18
    • ޝާހް، ރ.ވާދޫ

      ފިލުވަން މަސައްކަތްކުރި މީހުނަށް ފިޔަވަޅުއަޅާވާހަކަ އަދިވެސް މިދައްކަނީ! ފިލިމީހާއަށް ފިޔަވަޅު އަޅާވަކަ ކީއްވެހޭ ނުދައްކަނީ؟ އެކަން ކުރަން މާ ފަސޭހަވާނެ ކަންނޭންގެ! ދެން ބުނޭ ޔާމީނު ބުނެގެނޭ ތިމަންނަ ފިލީ! މީނަ ސަލާމަތްވާތަން ބަލަން ދިވެހިންތިބޭ!

  7. އ. ޖ. އ

    އަވަހަށް ރައީސް ޔާމީން ހައްޔަރު ކުރޭ

    2
    24
    • Anonymous

      ޔާމީނެއްނޫން ގަންޖާބޯ ހައްޔަރު ކުރަންވީ.

  8. ދދދދދދ

    އިންޑިއާއަކީ އަހަރުމެންގެ ވެރި ގައުމެއްނު. އެތަނަށް ގޮސްއައިސް ހެދުން މައްސަލައެއްތަ؟ ލިޔެކިއުމެއް ބޭނުމެއް ނުވާނެ. ކުޑަ އޮޅުމެއް ތިކަމުގަ އެބައުޅޭހެން ހީވަނީ.

  9. ދޮގެއް؟

    އިންޑިއާއަކީ އަހަރުމެންގެ ވެރި ގައުމެއްނު. އެތަނަށް ގޮސްއައިސް ހެދުން މައްސަލައެއްތަ؟ ލިޔެކިއުމެއް ބޭނުމެއް ނުވާނެ. ކުޑަ އޮޅުމެއް ތިކަމުގަ އެބައުޅޭހެން ހީވަނީ.

  10. ނުވާނެއޭ

    ފުލުހުން ތިޔާ ބުނަނީ ފިޔަވަޅު އަޅާނަމޭތޭ އެއްވެސް ފިޔަވަޅެއް ނޭޅޭނެއޭ ތިޔާއީ

  11. ނެތީމޭ

    ތިޔާ ކަން ވާނީ ފެއިލް ބްރޯ ދެން ނާންނާނެ ރާއްޖެ އަށް ދެން ފެންނާނީ

  12. ވެލްވެޓް

    އަދީބު ފިލުވި މީހުންނަށް ވެސް ފިޔަވަޅު އަޅަންވީ. ރާއްޖޭގައި ތިބެގެން އިންޑިޔާއަށް ޖާސޫސްކޮށްދޭ އެމްސީ ހަމީދު ވެސް އޭނަގެ ބޯއީ ތައްޔިބު ވެސް ހައްޔަރު ކުރަންވީ. ސީއެންއެމްގައި އުޅޭ ރަތަފަންދޫ މިސްބާހް މިމީހުންމީ އިންޑިޔާގެ އެމްބެސެޑަރުންތަ އަޅެ މީ

    11
  13. ޝަނީޒާ

    ފުލުހުންގެ ހުރިހާ ބޮޑުން ޑީމޯޓުކޮއް ޕުރައިވެޓުންނައް ހަދާލަންވީ.. ކީއްކުރާ ބަޔެެއް.. 2 ކިލޯމީޓަރު ހަމަނުވާ ތަނެއްގަ ރާއްޖޭގެ އެންމެ ބޮޑު އެއް މުޖުރިމު ފިލައިގެން ދެވޭނީ މިމީހުންގެ ކިހާވަރެެއްގެ އިހުމާލަކުން.. ދެންގޮސް ތިބޭނެ މާމޮޅުވެގަނެގެން ޔުނިފޯމުގަ މެޑަލާ ތަރިއާއި އިރާއި ހަނދު ޖަހައިގެން. މިއީ މި ރީޖަނުގަވެސް ތިބި އެންމެ އިންކޮމްޕިޓަންޓު ފުލުހުން ތިބި ގައުމު. ރާއްޖޭގެ އެންމެ އާބާދީ ބޮޑު އެކަމަކު ތޮއްޖެހިފަވާ މި މާލެ ސަރަހައްދު އެކަނިވެސް ބެލެހެއްޓޭ ބަޔެއްނޫން.. ޓުރެފިކު އިސްޓިކާ ޖެހުން ކަމަކީ މި މީހުންނައް.. މައްސަލައެއް ތަހުގީގެއް ކުރެވެނީކީއެއްނުން.. މަގުމަތީގެ ކެމެރާގަޑެއް ހަރުކޮއްގެންވެސް ވެވުނު ކަމެއް ނެތް.. ފަތުގެ ވިޔަފާރިއެއް ނުހުއްޓުވޭ.. ރާބުއިމާއި މަސްތުވެގެން އުޅޭމީހުން މަފުކުރެވުނީކީއެއް ނޫން.. ދެން ގޮސް ގެރިމަހާއި ބަކަރިމަހާއި ދެންވެސް ތިބި މަހެއް ކައިގެން ޔުނިފޯމުލައިގެން ފުލުސް އޮފީހައް ގޮސް ތިބެ ރައްޔިތުންގެ ލާރިން މުސާރަނަގައިގެން ތިބެނީ އަޅެފަހެ ކީއްކުރަންތަ. މަހައްގޮސް މަސްބާނައިގެން މިފްކޯއައް ވިއްކައިގެން ވެސް ގައުމައް ޚިދުމަތެއް ކޮއްދޭން ވެއްޖެއެއްނުން..

  14. ލމ

    އަދީބު ފިލުވުމުގައި ބޮޑުމީހާ ދައުރު ބޮޑުވާނެ
    މިބާވަތުގެ ކަންކަން ބޮޑުމީހާއަށް ނޫނީ ނުކުރެވޭނެ

  15. ނޯޖަވާނު

    އެހެން ވިއްޔާ ޕޮލިހުން އެމް.ސީ ހަމީދަށް ފިޔަވަޅުއަޅާބަލަ ކެރެންޏާ... ތީ ރޭވުމެއްގެ ދަށުން ބުރޯ އެފިލުވީ

  16. ރަނޭ

    ލަންކާގަ ފިލުވީ ލުތުފީ... އިންޑިޔާގަ ބުރޯ... އަަވައްޓެރި ގައުމު ތަކަށް ވެސް އެޖެންޑާ 19 މިވަނީ މުސީބާތަކަށް ނޫންތޯ؟ ބޮޑުކަމުގޮސް ދަނޑިން ތެޅިޔަސް މި އެޖެންޑާ19 ހިންގަން ފެށިފަހުން މިވާ ބަދުނާމަށްވުރެ ތާހިރުވާނެ... މިހާރު މޯދީ އެއުޅެނީ އާސަންދަ ފެޅި ހިސާބުން ކަނޑާލައިގެން... ދެން ޔެލޯސް އަތްޖަހަމާ....

  17. ރަނޭ

    ލަންކާގަ ފިލުވީ ލުތުފީ... އިންޑިޔާގަ ބުރޯ... އަަވައްޓެރި ގައުމު ތަކަށް ވެސް އެޖެންޑާ 19 މިވަނީ މުސީބާތަކަށް ނޫންތޯ؟ ބޮޑުކަމުގޮސް ދަނޑިން ތެޅިޔަސް މި އެޖެންޑާ19 ހިންގަން ފެށިފަހުން މިވާ ބަދުނާމަށްވުރެ ތާހިރުވާނެ... މިހާރު މޯދީ އެއުޅެނީ އާސަންދަ ފެޅި ހިސާބުން ކަނޑާލައިގެން... ދެން ޔެލޯސް އަތްޖަހަމާ......

  18. މޮހަނު

    ފިޔަވަޅު އެޅުމަކީ ފުލުހުންނަށް ލިބިގެންވާ ބާރެއްތޯ

  19. ބޯހަލާކު

    އަތައް ގޮވީ ދޯ..ކޮންފިޔަވަޅެއް އެލޭނީ..