ގައުމުތަކާއި ގުޅިގެން އަދީބު ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުން ވިދާޅުވެއްޖެެއެވެ.
ރާއްޖެއިން ފިލައިގެން ދަނިކޮށް އަދީބު ހިފަހައްޓާފައި ވަނީ މިއަދުއެވެ. އޭނާ ރާއްޖެއިން ފިލާފައި ވަނީ ޓަގް ބޯޓެއްގައެވެ. އޭނާ ހިފަހައްޓައި، އޭނާ ހައްޔަރުކޮށްފައިވާކަމަށް އިންޑިއާގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފިލައިގެން ކަނޑުމަގުން ރާއްޖެއިން ބޭރަށް ދިޔަ މަގުމަތީގައި އަދީބު ހިފެހެއްޓިފައިވާކަމަށެވެ. އަދި އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް އެކުވެރި ގައުމުތަކާއި ގުޅިގެން ދިވެހި ފުލުހުން ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ވެއެވެ.
އަދި އޭނާ ފިލުވުމުގައި އެހީތެރިވިމީހުންނާއި މެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
އިންޑިއާގެ ނޫހުގައި ބުނެފައި ވަނީ، އޭނާ ހިފަހައްޓާފައި ވަނީ އިންޓަލިޖެންސް މައުލޫމާތަކަށް އިންޑިއާގެ ޓުޓިކޮރަން ސިޓީގެ ބަނދަރުންނެވެ. އޭނާ ހިފަހައްޓާފައި ވަނީ ހިލައާއި ހިލަވެލި އުފުލާ ޓަގް ބޯޓަކުން ކަމަށް އެ ނޫހުގައި ބުނެފައި ވެެއެވެ.
ދިވެހި ފުލުހުން ނެރުނު ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ، އަދީބު އާއި ގުޅޭގޮތުން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލަތަކާއި ގުޅިގެން އޭނާ ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް ޖުލައި 31 ވަނަ ދުވަހު 14:00 އެންގި ނަމަވެސް ހާޒިރުވެފައިނުވާ ކަމަށެވެ.
އަދި އޭނާ ފިލައިގެން ގޮސްފައި ވަނީ. ޝަރީއަތަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން އޭނާގެ ޕާސްޕޯޓް ހިފެހެއްޓުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނިކޮށް ކަމަށްވެސް އެ ބަޔާނުގައި ވެއެވެ.
އަދީބުގެ އެއްވެސް މައްސަލައެއް މިހާރު ކޯޓުގައި ނެތެވެ. ނަމަވެސް އަދީބުގެ މައްސަލައެއް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާތީ އެ މައްސަލަ ނިމެންދެން އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވަނީ އަދީބުގެ މައްޗަށް ކޮށްފައިވާ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީ ކުރުމަށް ކުއްޔަށްދިން ކުރެއްދޫ ހޯލްޑިންގްސް އިން އެމްއެމްޕީއާރްސީއަށް ދިން އެއް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވި ކަމުގެ ކުށް ސާބިތުވުމުންކޮށްފައިވާ އަށް އަހަރު ދުވަހުގެ ހުކުމް ބާތިލް ކުރި މައްސަލާގައެވެ.
ދިވެހިރާއްޖޭގެ ސީބޯޑަރ ގަ އެއްވެސް ސިކިއުރިޓީ ކޮންޓްރޯލެއްނެތް... މިފަދަ ތަނަކަށް ޓެރރިސްޓުން އެރުމުގެ ނުރައްކާ ވަރަށްބޮޑް،
ކިހިނެއްތޯ، މިފަދަ ޒަމާނެއްގަ އަދީބު ފުރުވާލީ، ކޮންޓްރޯލް އޮފް އިމިގްރޭޝަން އަދި ކަސްޓަމްސްގެ ސީޖީ، އިސްތިއުފާ ދެއްވާ.
ކިތަށް ގައުމާ ގުޅިގެންތަ ގެނެވެނީ. ތި ޓަގުބޯޓަށް ވުރެވެސް ބޮޑު ބޯޓެއް ދޯ؟
ގެނަޔަކަސް އަދި ނިމޭކަށް އޮތްކަމެއްނޫންމީ. މިރޭ އަނެއްކާ ޔާމީނުވެސް ފިލާންވެގެން އެއުޅެނީ ކަޅުއޮއްފުންމީގަ ދަންޑަހިލަކަށްވެގެން. މަމިއައީ އެގެއަށް ވަދެފަ. . މިޔޮތީ ކުޅިވަރު ފެށިފަ.
ފިލަންވީނު. ފިލަންއުޅޭމީހަކަށް ފިލޭނެކަން ކަށަވަރު ވިއްޔަ. ކަލޯމެންގެ ފެންވަރު އެގިއްޖެދޯ!
އަދީބު އަނބުރާ ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި ނަމަ އެކަމަކީ އެއީ މަމެން އުފާ ކުރާ ކަމެކޭ ޔާދޯ..
ނުފިލާނެ ކަމަށް ބުނި އަދީބު މި ހެދީ ކިހިނެއް ކަމަށް މީހުންނަށް ސުވާލު ކުރެވުނު ނަމަވެސް މަމެންނަށް ތިޔާއިން ހައިރާން ކަން ގެނެސް ނުދެއޭ މަމެންނަށް ޔަގީނޭ އެއް ނަމްބަރު އޮފީހުގެ ބޮޑުންނަށް އިނގޭނެ ކަން ތިޔާ ކަން ބްރޯ ކުރަން އުޅޭ ކަން އެމެން ބްރޯ އަތުން ކަޓެއް ޖައްސާލައިގެންނޭ ބްރޯ ތިޔާ ކަން ކުރަން އިސްނެގީވެސް ތިޔާއީ މަމެންނަށް އާ ކަމެއް ނޫނޭ ލޭޒީހޮލިކް ރައްޔިތުންނަށް ކަމެއް ކޮށް ނުދޭ ސަރުކާރުން ބަލަނީ ކުށްވެރިން އަތުން ކަޓް ކެވޭތޯ ވިއްޔާ ވާނެ އެތި މިއޮށްގެން ވަނީއޭ މީ ހިއުމެން ޓްރެފިކިންގް ސަރުކާރު ދޯ...
ފިލީކީނޫން. އިންޑިޔާއާ ރާއްޖެއާދެމެދު ފެރީދަތުރުފަށަށް ދިރާސާކުރަން ވެގެން ޓަގުބޯޓެއްގައި އެމަސައްކަތްފެށީ.
އެކަން ކުރުވި މީހުން އެކަނި މައްސަލައަކީދޯ.. އަދީބުގެ މައްސަލައެއް އެގަ ނެތީބާ
ގައުމުތަކަށް ނޭންގި ފިލުވަން އުޅުނީމާ ވާނީ ތިހެން
މުގޫ އަތުން ދޫވެފައިކަމަށް ބޭބެބުނީމެއްނު ސަލާމަތެއް ނުވެވުނެއްނު މަޑުމިޔަރު ވަދުގައި ރަނގަޅަށް ޖެހިފައެހެރީ
ނާ ތެދެއް! ބާޣީ ލުތުފީ ދެދޭތެރެއަކު ތާށިވެ ނުނެއްޓިގެން ނުގެނެވިގެން އުޅުނުހާ ހާލުގަތަ މިކަންވެސް ވާނީ؟
ޜިޒްވީ އޭ ކިޔާތަ
އަދީބަކީ ފިއްލަވާނެ ބޭފުޅެއް ނޫނޯ! ހެހޭއްއްއް! ކޮބައިތަ އެއުޅޭ ވެލިދޫ ޔާމީން.
ރައީސް އިބޫ ބުންނަސް އަދި ކެނެރީގެ ނަޝީދު ބުންނަސް މަމެން ގަބޫލެއް ނުކުރާނަމޭ ވީއޭ...
އަދީބު މިހާރުންމިހާރަށް ދޫކޮށްލާފަ ބުނޭ ޔާމީންއޭ އަދީބު ދޫކުރީ، އޭރުން ސަދޫމީ އުސޫލުން ޔާމީން ފަސޭހައިން ޖަލަށް ލެވޭނެއެއްނުން.
ގައުމުތަކާ ގުޅިގެނޭ؟ ކޮބާތަ އިހަކައްދުވަހަކު އިންޑިޔާއާ އެކީވީ އެއްބަސްވުން؟ މިހާރު ތިކިޔަނީ ކޮންލަވައެއް؟
ބޯޓުތަކުގައި އިންޑިއާއި ރާއްޖެއާއި މެދުގައި ދަތުރު ފެށުމުގެ ކުރީން މިލިބުނީ އަސްލު ތަސައްވަރެއް...؟
މުވާހަދާ ގެ ދަށުން މީރޭވިގެން އެމްޑީޕީން ހިންގިކަމެއް..؟ ޕާލެމެންޓްގެ ރައީސް ރޭވި މޮޅުރޭވުމެއް ބާ؟
ތިޔާއީ ސަރުކާރުން ސްޕެޝަލީ ރައީސް އޮފީހުގެ ޕޮލިސީ ޑިޕާރޓްމެންޓް އިން ރަންރީނދޫ ޓްވިޓަރޭ މެން ކޮށްގެން އުޅޭ ކަމެކޭ ...
ބްރޯ އަމިއްލަ އަށް ނޫން އިންޑިއާ އަށް ޓަގް ބޯޓެއް ގައި ދިޔާ ބްރޯ ފުރުވާލީ އިއްޒަތުގައޭ ...
ލަންކާގަ ފިލުވީ ލުތުފީ... އިންޑިޔާގަ ބުރޯ... އަަވައްޓެރި ގައުމު ތަކަށް ވެސް އެޖެންޑާ 19 މިވަނީ މުސީބާތަކަށް ނޫންތޯ؟ ބޮޑުކަމުގޮސް ދަނޑިން ތެޅިޔަސް މި އެޖެންޑާ19 ހިންގަން ފެށިފަހުން މިވާ ބަދުނާމަށްވުރެ ތާހިރުވާނެ... މިހާރު މޯދީ އެއުޅެނީ އާސަންދަ ފެޅި ހިސާބުން ކަނޑާލައިގެން... ދެން ޔެލޯސް އަތްޖަހަމާ.....
އަދީބު ރާއްޖެގެންނަން ދުނިޔޭގެ ހުރިހާ ގައުމަކާ ވާހަކަދައްކަން ޖެހޭތޯ؟ އަދީބަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ ސިޓިޒަންޝިޕް ލިބިފައިވާ މީހަކީތޯ؟ ފުލުހުންގެ ވެރިއަކަށްއެހުރި ކަނޑުކޮސް ހަމީދާމެދު މީހަކު އަޖާބުވާނެ.
ރާއްޖެއާއި އިންޑިޔާއާއި ދެމެދު ފެރީގެ ހިދުމަތް ފެށިއްޖެ.
ކޮބާތޯ އަދީބުގެ ފަހަތައަލި ސިފައިން ގެ އިންޓެލް އަދި ފޮލިހު ގެ އިންޓެލް ފެއިލްވީދޯ
އަދީބު ރާއްޖެ ގެނައުމަކީ ނުކުރާނެ އަދި ނުކުރެވޭނެ ކަމެއް. އަދި އަދީބު ފިލުވުމުގައި އެހީތެރިވި މީހުން ހޯދައި ފިޔަވަޅު އެޅުމަކީވެސް ނުކުރާނެ ނުކުރެވޭނެ ކަމެއް. ސަބަބް؟: އަދީބު ފިލުވީ 2018 ގެ އިންތިޚާބު ތެރޭގައި އަދީބުއާއި އެކު ބަޔަކު ހަދާފައިވާ ޑީލެއްގެ ދަށުން އެބަޔަކު އަޑީގައި ތިބެގެން. އަދީބު ޚަރަދުކުރީ އަދީބުގެ މިނިވަނަކަން ގަންނަން. ވީމާ އަދީބު ވަނީ އަދީބުގެ މިނިވަނަކަން ގަނެފައި. އަދީބު ފިލުވުމުގައި އެހީތެރިވި މީހުންގެ މައްޗަށް ފިޔަވަޅު އަޅާނެކަމުގައި ބުނި ނަމަވެސް އެކަމެއް ވެސް ނުކުރެވޭނެ. އަދީބު ފިލުވުމުގައި އެހީތެރިވި މީހުން ތިބީ ދައުލަތުގެ އެންމެ މަތީ 2 ބާރު ހިފަހައްޓައިގެން. އަދި 3 ވަނަ ބާރު މުށުތެރެއަށް ލުމުގެ މަސައްކަތް ދަނީ ބާރަށް ކުރިޔަށް. ދެން އަދީބު ފިލުވުމުގައި ބައިވެރިވަނީ އަދި އެހީތެރިވަނީ ބޮޑު، ބިޔަ، ބައިބޯ، ބާރުގަދަ، ނުފޫޒު ގަދަ ޤައުމެއް. އަދީބު އެހުރީ ބޭރު ޤައުމަކަށް ގޮސް ހިމާޔަތަށް އެދިގެން. ދެން ވިސްނާލަމުން ކަންކަން ސާފުވާނެ. އަދި އިތުރަށް ބުނެލަން އޮތް ވާހަކައަކީ. އަދީބުގެ ފިލުމާއި، އިންޑިއާގައި އަދީބު ހިފެހެއްޓުމާއި ދިމާވާގޮތަށް ޕީޕީއެމްގެ އެއްވުމެއް ރޭވިގެން ދިއުމާއި އެއެއްވުމުގައި ޔާމީން ދެއްކި ވާހަކަ އާއި ކުރީގެ ޑިފެންސް މިނިސްޓާރ ދެއްކި ވާހަކަ މީ ހަމަ އިއްތިފާއްގެއް ކަމަށް ޤަބޫލް ކުރަންވީބާއެވެ؟ ނޫން މީ ރޭވިގެން ކޯޑިނޭޓް ކުރެވިގެން ހިނގާ ކަމެއް. މީ އަދީބު މިނިވަން ވުން އެކަންޏެއް ވެސް ނޫން މީ ޔާމީންގެ ވެސް މިނިވަން ކަން ލިބިގެން ދިއުން. "ޒީރޯ ޓޮލަރެންސް" އަކީ ރައްޔިތުން ކަނުބަންނަން ގެންގުޅޭ ފޮށާގަނޑެއް!!!
ނުގެނެވޭނެ..އަސްލު ތިއީ ޑުރާމާއެއް ބޮޑު ރޭވުމެއް ..މާކުރިންވެސް ހަމަޖެހިފަ އޮތް ކަމެއް ..ވަރައްސަލާްމް އިންޑިޔާ އައް