ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު އިންޑިއާއިން ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫސްތަކުން އިއްޔެ ބުނި ނަމަވެސް އަދީބު ހައްޔަރު ނުކުރާ ކަން ހާމަވެއްޖެއެވެ.

އިންޑިއާ ސަރުކާރުގެ އިސް އޮފިޝަލަކާއި ހަވާލާދީ ނިއު އިންޑިއަން އެކްސްޕްރެސްއިން ބުނީ އަދީބު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ. އެ ނޫހުގައި ބުނެފައި ވަނީ އަދީބު އާއި އަދި ހައްޔަރުކުރި ކަމަށް ބުނާ އިތުރު ނުވަ މީހުން އަދިވެސް ތިބީ އެމީހުން އިންޑިއާއަށް އެތެރެވުމަށް ދަތުރުކުރި ޓަގު ބޯޓުގައި ކަމަށެވެ.

ނިއު އިންޑިއަން އެކްސްޕްރެސް އިން ބުނެފައިވާގޮތުގައި، އަދީބު އިންޑިއާއަށް ދަތުރުކުރެއްވީ ރާއްޖޭގައި ރައްކާތެރިކަން ނެތުމުން އިންޑިއާއިން ރައްކާތެރިކަން ހޯއްދެއްވުމަށް ކަމަށެވެ. އޮފިޝަލަކާއި ހަވާލާދީ އެ ނޫހުގައި އިތުރަށް ބުނެފައިވަނީ، އަދީބަށް ރާއްޖޭގެ ސިޔާސީ އެކި ފަރާތްތަކުން މަރުގެ އިންޒާރު ދެމުން އަންނަ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އަދީބު ހައްޔަރުކޮށްފައި ނުވާކަން ހާމަކޮށް އޮފިޝަލް ވިދާޅުވީ، އަދީބާއި އިތުރު 9 މީހުން ދަތުރުކޮށްފައި ދަނިކޮށް ހިފެހެއްޓި ޓަގު ބޯޓު އޮތް ސަރަޙައްދުގައި ކަމާއި ބެހޭ އިދާރާތަކުގެ އޮފިޝަލުން މިހާރުވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ. އަދި އަދި އަދީބާއި ބޯޓުން ދަތުރުކުރި އެހެން މީހުން ވެސް ތިބީ ބޯޓުގެ ތެރޭގައި ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ވެލި ބަރުކޮށްގެން ދަތުރުކުރި ޓަގު ބޯޓަކުން އަދީބު އިންޑިއާއަށް ދަތުރުކުރައްވަމުން ދަނިކޮށް އެ ބޯޓު ހިފަހައްޓާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މި ބޯޓު ހިފަހައްޓާފައިވަނީ، އެފަރާތްތަކަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، އިންޑިއާގެ އައްސޭރީގެ ސަރަޙައްދަކުން ކަމަށް ނޫސްތައް ބުނެއެވެ.

"ވާގޯ 9" ގެ ނަމުން ނަންދީފައިވާ މި ބޯޓުގައި ނަގާފައި ވަނީ ސިންގަޕޫރު ދިދައެއް ކަމަށާއި، އެއިން ދަތުރުކުރީ އަދީބުގެ އިތުރުން އިންޑިއާ މީހަކާއި އިންޑޮނީޝިއާގެ 8 މީހެއް ކަމަށް ވެއެވެ. މި ބޯޓުން އިންޑިއާއަށް އެތެރެވުމަށް އަދީބު ދަތުރުކުރެއްވިއިރު، ފާސްޕޯޓާއި އެނޫންވެސް ލިޔެކިޔުންތައް އަދީބުގެ އަތުގައި ނެތް ކަމަށް އޮފިޝަލުން ބުނެފައި ވެއެވެ.

އަދީބު ދަތުރުކުރެއްވި ބޯޓު އިންޑިއާއިން ހިފެހެއްޓުމާއި ގުޅިގެން އަދީބުގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އަދީބު އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގަންނަވާފައި ވާ ކަމަށެވެ. އަދި އަދީބަށް ލިބެން ޖެހޭ އެންމެހާ ޙައްޤުތައް ލިބެމުންދާކަން ކަށަވަރު ކޮށްދިނުމަށް އދ.ގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ކިބައިން އެދޭ ކަމަށްވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ.

އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އިންޑިއާ އިން އިއްޔެ އަދީބު ދަތުރުކުރެއްވި ބޯޓު ހިފަހައްޓާފައިވާއިރު އަދީބުގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ރާއްޖޭގެ ކޯޓުތަކުން ބާތިލް ކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ރީންދޫ

    މިސަރުކާރުން އަދީބު ފޮނުވާލީ. ފިލުވީ.

    114
    4
  2. ބޮލީވުޑު

    އިންޑިޔާ ލިޔެދިން ސްކްރިޕްޓަށް ތިފިލްމު ތައްޔާރު ކޮއްދެނީ މސހަމީދު. ޕްރޮޑިއުސަރަކީ ސޯލިހު ޑައިރެކްޓަރަކީ އައްނި އެކްޝަން ޕްލޭން މާރިޔާ ޝަމާލު ބެލުންތެރިންނަކީ ދިވެހިން.. ލަވަކިޔާ ދެނީ މީކާސިންގ.. މިޔުޒިކް އރ ރަހުމާނު.. ފިނިފެންމާގެ ހާދިސާއާ އިންޑިޔާއާ ގުޅުމެވާކަމުގެ ވަސްނުދުވާތަ؟ރިވައިންޑް ކޮއްބަލަ ފިނިފެންމާ ގޮވުމެގެ އެއްރޭ ކުރިޔަށް.. ލޯންޗް ގޮވުމާއެކު އިންޑިޔާގެ ފޮރިން ދާއިތަ ސުޝްމާ ދުންޖަހާފަ އައިގޮތް އެމީހުންގެ ބައިވެރިވުމެ މިކަމުގަ ނެތްކަމަށް ބުނިބުނުން.. އޭގެ ފަހުން އަދީބު މިނިވަންކުރަން އިންޑިޔާ ގޮވިގޮވުން.. އަދީބު ޓަގްބޯޓުގަ ހުންނާނެ ކަމަށް ގަބޫލެނުކުރެވޭ އިންޑިޔާގެ ހިމާޔަތު އެމީހުން ބެހިއްޓި ތަނެއްގަ މިހާރު އޭނަވާނީ. މިއީ ޕްލޭން ކޮއްގެން ގެންދިޔަ ގޭމެ. އެވްރިތިންގ އިސް ޕްލޭން..

    88
    4
  3. Anonymous

    ????????

    24
    1
  4. ރަނޭ

    ކުލީ ސިފައިން ބަލާ ދިޔައީ.... ހިމާޔަތް ނެތީކީ ނޫން... ބަސްޓުވީމަ ސްޓޯރީ ޖައްސާ ހިޔަޅެއްއެއީ

    62
    3
  5. އައްޑޫސިޓީ

    އަދީބު ޓަގްބޯޓްގަ ހުރިކަމެއް އެޖެންޓަކަށް ނޭންގޭ ފަޅުވެރިންނަށް އެނގުނީ އަދީބުފެނުމުން. ކްލިއަރެންސް ދިންއިރު ކަސްޓަމްސް އަކަށްނޭނގޭ އިތުރުމީހަކު ހުރިކަމެއް. ގޭމީހުންނަކަށް އަދީބުތަކަށްދިޔަކަމެއް ނޭނގޭ. ކިހާމޮޅު.

    63
  6. މޫސާ މަނިކު

    ދިވެހިރއްޔިތުން ސަރުކާރުގެކިބައިން އެދިގެން މިއުޅެނީ އަތްދަމާލީމަ އަތްޖެހޭހިސާބަށް ހަނދުގެނެސްދޭންތޯ. ކީއްވެގެންތޯ ބޮޑު މުޖުރިމަކު އަބުރާ ރާއްޖެ ނުގެނެވިގެން މިއުޅެނީ.

    62
  7. ހުންކި

    މިސަރުކާރުން އަދީބު ފޮނުވާލީކަން ވިސްނުން ހުރި ކޮންމެ މީހަކަށްވެސް އެނގޭނެ. މިއީ ވަރަށް ޔަހޫދީ ވިސްނުމުގެ ސަރުކާރެއް މަކަރާ ހީލަތުން ފުރިގެންވާ ސަރުކާރެއް. މިކަން ރައްޔިތުންނަށް ނުވިސްނޭތީ ދެރައީ

    70
    1
  8. ސަންތިމަރިޔަބު

    ތިޔާއީ އެޖެންޑާ 19 ގެ ދަށުން ކުރީއްސުރެ ޕްލޭން ކުރެވިޒީރޯޓޮލަރެންގެ ދަށުން ބަންދު ކަނޑާ ގުނާ 100 ދުވަހުގެ ތެރޭގާއި ހިމެނިފާއި ވާ ކަމެއް އޭގެ ފުރަތަމަ އެޕިސޯޑް ވަނީ ފުރިހަމަ ކުރެވިފާއި 2 ވަނަ އެޕިސޯޑް މިހާރު ކުޅެވެމުން އެދަނީ އާފަހެ ހާއިރާނެއް ނުވާނެތަ ސިޔާސީ ފަރާއިތްތަކުން މަރުގެ އިންޒާރު ދޭތީ މަރަށް ފިލަން ޔަހޫދީނާއި ނަސާރާއިން ގެ ހިމާޔަތް ހޯދަނީ ކޮންމެ ތަނަކުފިލާ އޮތްކަމުގާވިޔަސް ﷲ އެމީހެއްގެ މަރުހިޕަވަން ކަޑައަޅުއްވާފާއިވާ ވަގުތު ޖެހުމުން ހިމާޔަތް ދޭމީހުން ތިބޭނީ އަނގަމަށްޗައް ޖެހިފާއި ކުރާނެނުކުރާނެ ކަމެއް ނޭގިފާއި ހަމަ ހިނިއަންނަނީ

    45
    1
    • އަހްމަދު

      އަންނި ބުނެފާވޭ. އަދިބަކީ ޔާމީނުސަރުކާރުގައި ތިމަންނާއެޅުވި ފަންޏެކޭ. އެހެންވީމާ އަދީބު ޓަގްބޯޓުގައު ހުރުމަކީވެސް އަންނި އެޅުވި ފަންޏަކަށްވެދާނެ.

  9. ވެންބެކަ

    އަދީބު ހައްޔަރެއް ނުކުރާނެ ކިޑްނެޕް ކުރިއަސް. އަދީބު އިންޑިޔާއަށް ރޭވުމެއްގެ ތެރެއިން ފޮނުވާލީ އަދީބު ޗައިނާއާއި އެކު ހެދި އެގްރިމެންޓެއް ގެ ކަންތައް އިންޑިޔާ މީހުންނަށް ރޭކާލުމުން. މިކަން ހުއްޓުވާލުން. އަދީބަށް އެނގޭ އިންޑިޔާ އިން ސަރުކާރު ލައްވާ ޖައްސުވާ ހުރިހާ ގޭމެއް. އަދީބަށް ހައިލެވެލްގެ ގިނަ ލިންކްތަކެއް ބަރާބަރަށް ކަރަންޓް ލިބިގެން ދިއްލައިގެން ބަލާ

    28
  10. އަރީފް

    އަދީބުގެ ކަންތަކުގައި ސަރުކާރަަށް އޮތީ ލުތުފީ ކަންތައް ގެންދަން ޖެހުނު ގޮތައް ކަންކުރުން. އަދީބުގެ ބޭނުން އެމްޑީޕީގެ ކުރީ ސަފުން ވަރަށް ބޮޑަށް ހިފާ ރައްތަކާ ފަޅުތަކާ ގަނޑުކޮށް ކޭޝް ވެސް އަތުލާފަ. ނަޝީދު ޖަލު ހުކުމުން ސަލާމަތް ކުރަން ހުދު އިބޫ ވެސް މީގެ ތެރެއަށް ބޭނި އެތައް ޑީލެއް ހަދާފަ އަދީބުގެ ބޭނުން ކޮށްފަ. ނުވިތާކަށް އަދީބު ވަގަށް ނަގާފަ ހުރި ލާރިން ޚަރަދު ކުރުވާފަ ފަންޑް ބޮޑުކޮށްފަ. ދެން ނެތް ތިކަން ވާކަށް. ސޮރީ އަދީބު ދޫކޮށްލާ މައުސޫމް މީހެއް ގޮތައް. ލަލަލަލާ

    43
  11. ޤާނޫނު

    އަދީބުވެސް ގެނެސް ޝަރީޢަތްކޮށް ޖަލަށްލާންވީ އަދީބުގެ ބޮސްވެސް އަވަހަށް ޖަލަށްލާންވީ. ވައްކަންކުރީމަކަ އަދީބެއް ޔާމިނެއްނޯންނާނެ! އަދުލު އިންސާފުގެ ކުރިމަތީގަ އެންމެން ހަމަހަމަވާންޖެހޭނެ

    7
    11
  12. ހެޕިއަރ

    އަދީބު އަދިވެސް ޓަގް ބޯޓްގައި ކަމަށްވާނަމަ ދެން އަދީބު ރާއްޖެ އަށް ނާންނާނެއޭ އަދި ނުވެސް ގެނެވޭނެއޭ

    15
    1
  13. މީނާ

    ވިސްނަވާ ބޮޑެތި ކުއްވެރިންނަށް ލިބެންޖެހޭ އަދަބު ތައް ލާރިކޮޅެއްދިނުމުން ކުށެއްނެތޭ ބުނާއަޑު މިސަރުކާރުގެތެރެއިން އިވޭލެއްމަދެއްނޫން ބަލަމިތިބަ އިންސާނުންނޭ މަޖިލީހުން ޝަރުޢީ ކޯޓު ތަކަ ބެހޭކަށް ނުޖެހެއި 3ބަރު ވަކިކުރޭ މިޤައުމު ހަލާކުން ހަލާކު