ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހުއްދަދިން މޯބައިލް ޓެކްސީ އެޕްލިކޭޝަންތައް މެދުވެރިކޮށް އާންމު ފަރާތްތަކަށްވެސް ޕްރައިވެޓް ކާރުތައް ހަޔާކޮށްގެން ޓްރާންސްޕޯޓް އޮތޯރިޓީގެ ގަވާއިދުގައިވާ ގޮތުގެ މަތިން ހިދުމަތް ދެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ، އޭނާ މިނިސްޓަރަކަށް އައްޔަން ކުރުމުން ޓެކްސީ ނުލިބޭ މައްސަލަ އަދި ޓެކްސީގެ އަގުތައް ބޮޑުކަމުގެ ޝަކުވާ ގިނަ ރައްޔިތުންތަކެއް ކޮށްފައިވާ ކަމަށެވެ.
އަދި މި ބަދަލުތައް ގެނެސްފައި ވަނީ ޓެކްސީ ސެންޓަރުތަކާއި ޓެކްސީ ޑްރައިވަރުންނާއި އަދި އާންމު ރައްޔިތުންގެ އަޑުއެހުމަށްފަހު ހުރިހާ ފަރާތްތަކަށް ވެސް ފައިދާވާނެ ގޮތަށް އެ މީހުންގެ ޝަކުވާތައް އަޑުއަހާފައި ކަމަށް މިނިސްޓަރ ނަހުލާ ވިދާޅުވިއެވެ.
"އަދި މިކަމުގެ ފަސޭހަ ހުރިހާ ފަރާތްތަކަށްވެސް ލިބިގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން"، މިނިސްޓަރު ވިދާޅުވިއެވެ.
މިއަދުން ފެށިގެން ދެ މަސް ދުވަހުގެ ތެރޭގައި މާލެ ސަރަހައްދުގައި ރަޖިސްޓަރީ ކޮށްފައިވާ ހުރިހާ ޓެކްސީތަކެއްގައި ހުއްދަ ދީފައިވާ އޮންލައިން އެޕްލިކޭޝަން ބޭނުންކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މަޖުބޫރުކޮށްފައެވެ.
އެ ހުއްދަ ދީފައި ވަނީ ތިން އޮންލައިން އެޕްލިކޭޝަންއަކަށެވެ.
- އަވަސް ރައިޑު
- ޕިކްމީ
- އެއައީ
ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ކަނޑައަޅާފައިވާ މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަމަށް ބަލާއިރު މާލެ އަދި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކުގެ އަގަކީ މިހާރުވެސް ދަތުރު ކުރާ އަގުކަމަށްވާ -/25 ރުފިޔާ އަށެވެ.
އަދި މާލެ - ހުޅުލެ، ހުޅުލެ - މާލެ ދަތުރެއްގެ އަގު -/60 ރުފިޔާއަށް ކަނޑައަޅާފައިވާއިރު، ހުޅުމާލެ – ހުޅުލެ، ހުޅުލެ - ހުޅުމާލެޭ ދަތުރެއްގެ އަގަކީ -/60 ރުފިޔާއެވެ. އަދި މާލެ- ހުޅުމާލެ، ހުޅުމާލެ - މާލެ ދަތުރެއްގެ އަގަކަށް ކަނޑައަޅާފައި ވަނީ -/75 ރުފިޔާއެވެ.
ޓެކްސީ މީހުން ފުއްޕި ހަކުރަށް ވެއްޖެ ދެނެއް ނުފުއްޕޭނެ ތިޔަ ގޮތަށް މެލޭސިޔާގައިވެސް ޓެކްސީ މީހުން ފުއްޕި ހަމަ އެގޮތަށް އާންމު ކާރުތަކަށް ހުއްދަ ދިނުމުން ހަމަޔަކަށް އެޅުނީ މީއީ ޓެކްސީ ޑްރައިވަރުން ގެނައި ސަރުކާރުން އެމީހުންނަށް ދިން އެންމެ ބޮޑު ހަދިޔާ ވަރަށް ސަލާން
އައިޝާ ވަރެއް ނެތް އިނގޭތޯ. ދެން ޕާކިންގ ތަންތަން ދައްކާ.
މިކަހަލަ ދޮޅުރޯނާވެފައި ވާ އަންހެނަކަ މިނިސްޓަރުކަން ދިން މީހާ މަސަގޯހީ
އެމަންޖެ ޓީޝާޓުގެ މޭމަތީގަ ލިޔެފައޮތް ތާނިޔާގަޑު ނުކިޔާދޯ ކޮމަންޓް ތިކުރަނީ؟ އަޅެފަހެ އޭތި ސަޅިއެއް ނޫންތަ؟
އެއޮތީ މޭމަތީގައި ލިޔެފާ މީތިސަޅި. މޭމަތީއިންނަނީ ކޯންޗެއް؟......