ރާއްޖޭގެ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް، ވަގަށް އިންޑިއާއަށް އެތެރެވާން އުޅެނިކޮށް، މިއަދު ވަނީ އިންޑިއާއިން ހިފަހައްޓާފައެވެ. އެގައުމުގެ ޓަމިލް ނާޑޫގެ ތޫތުކުޑީ ބަނދަރުން އަދީބު އަތުލައިގެންފައިވާއިރު، އޭނާ ހުރިހީ އިމިގްރޭޝަންސްގެ ބެލުމުގެ ދަށުގައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.

އަދީބު ފިލާފައިވާއިރު، އެމްއެމްޕީއާރުސީގެ ތަހުގީގުގައި ސުވާލު ކުރުމަށް އިއްޔެ މެންދުރު 2:00 އަށް ފުލުހަށް ހާޒިރުވާން އޮތީ އޭނާއަށް އަންގައިފައެވެ. އޭނާ އެދުވަހު ވަޑައިގަންނަވާނެ ކަމަށް ފުލުހުންނަށް އެންގި ކަމަށް ވެސްވެއެވެ. އަދީބު ފުލުހުންނަށް އަންގާފައި އޮތީ އޭނާ ހަފްތާ ބަންދުގައި އާއިލާއާއެކު ރިސޯޓަކަށް ވަޑައިގަންނަވަނީ ކަމަށާއި މާލޭގައި ނޫޅުއްވާނެ ކަމަށެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަދީބް ހައްޔަރުކުރަން ފުލުހުން ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވަނީ ޓަގް ބޯޓުގައި ހުރި ފަޅުވެރިއެއްގެ މައުލޫމާތަށެވެ. "ވާގޯ 9" ނަމަކަށް ކިޔާ ކަނޑު ބޯޓަކީ އާންމުކޮށް ނުވަ ފަޅުވެރިން އުޅޭ ބޯޓެކެވެ. އަދި ރަޖިސްޓްރީ ކޮށްފައި ވަނީވެސް ނުވަ ފަޅުވެރިންނެވެ. އެހެން ނަމަވެސް އަދީބު ދިޔަ ދަތުރުގައި 10 ފަޅުވެރިން އޭގައި ތިބުމުން، އޭގައި ދިޔަ އިންޑިއާގެ ފަޅުވެރިޔާ އެކަން ރިޕޯޓް ކުރި ކަމަށްވެއެވެ.

އާންމުކޮށް ވަކި ބަނދަރުތަކަކުން، ސައްހަ ލިޔެކިޔުންތަކާއެކު މީހުންނަން އިންޑިއާއަށް އެތެރެވެވޭ ނަމަވެސް، އަދީބު ދިޔައީ އެއްވެސް ސައްހަ ލިޔުމެއް ނެތި ކަމަށް އެގައުމުގެ އެކްޓާނަލް އެފެއާޒްއިން ވަނީ ބުނެފައެވެ. ބޯޓުގައި އިންޑޮނޭޝިއާގެ އަށް ފަޅުވެރިންނާއި، އިންޑިއާއެކު އެކަކު މަސައްކަތް ކުރާއިރު، އަދީބުގެ މައުލޫމާތު ރިޕޯޓް ކުރީ އިންޑިއާގެ މީހާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި އަދީބު ބޯޓަށް އެރީ ބޭސް ފަރުވާއަށް އިންޑިއާއަށް ދާ މީހެއްގެ ގޮތުގައެވެ. އަދި ބައެއް ކްރޫ މެމްބަރުން ގާތު އެހެން ބުނި ކަމަށްވެސް ވެއެވެ. އަދީބު އިންޑިއާއަށް ވަގަށް އެތެރެވާން އުޅުމުގެ ހަބަރު ވެގެންދިޔައީ އެގައުމުގެ އެކްޓާނަލް އެފެއާޒްއަށްވެސް ހައިރާން ކުރުވަނި ހަބަރެއްގެ ގޮތުގައެވެ. އެއީ އަދީބު ބޭސް ފަރުވާ ކުރުމަށްފަހު އެގައުމު ދޫކޮށް ދިޔައީ ދާދި ފަހުން ކަމަށްވާތީއެވެ.

އަދީބު އިންޑިއާއަށް އެތެރެވާން އުޅުނު ޓަގް ބޯޓަކީ ބޮޑު ހިލަޔާ، ހިލަވެލި އުފުލާ ބޯޓެކެވެ. އަދީބު އޭގެން ދަތުރުކުރީ ފަޅުވެރިއެއް ގޮތުގައެވެ. ފަޅުވެރިއެއްގެ ޔުނީފޯމްގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. ދައިތަ

  އަޖައިބެއް މީހަކު ނުވާނެ؟ ބޭސްފަރުވާއަށް ދަނީ ޓަގުބޯޓަށް އަރައިގެންތަ؟ ތީ ރާއްޖެ ދެކެ ލޯބިވާތީ އަހަރުންދެކެ ލޯބިވާތީ ނުފިލާނަމޭ ކިޔާ ޓުވީޓު ކުރި މީހާ. މިހާރު ކޮންތާކު މިޖެހުނީ. ލަދުން ބޯހަލާކު.

  46
  3
  • ޢަލީ

   ޕިސްޕިސް ދައްކާވާހަކަ މަތިން ނުފޮނުވީމަ ދެން ދެވެން އޮތްގޮތަކަށްދޯ ދާނީ މަނަމަވެސް ތީނަނަމަވެސް ދާތާ..ތިވާހަކަ ދައްކަބަލަ ސަންގު އަންނިޔާދިމާ އެމީހާ އަދި އަދީބަށްވުރެ ލަދުހަޔާތްކުޑައްނު އަދީބު ހެދީތެދުތާ އޭނަހުސް ދޮގުހަދާހަދާފަ މައިބަދައޭ އިސްތައްޓޭ ދަމަމުން ދިޔަދޯ؟؟ ހަނދާންނެތުނީ މުސްކުޅިކަމުން ދައިތަމެން

   19
   3
 2. ރާން

  އާމްދަނީ ހޯދަން މަސައްކަތް ކުރަންޖެހޭނެ އެހެންވެ ބޯޓްގަ ދަތުރުކުރަން ދިޔަކަމަށްވާނީ

  31
 3. ޚާލި

  ލަދުން ބޯހަލާކު ބުރޯ " އަދީބު އޭގެއިން ދަތުރުކުރީ ފަޅުވެރިއެއްގެ ގޮތުގައި އަދި ފަޅުވެރިއެއްގެ ޔުނީފޯމުގައި " ޕިސް ޕިސް ަ

  25
 4. ޝާހް، ރ.ވާދޫ

  ބޭސްފަރުވާއަށް ދާމީހަކު ކުރޫ ޔުނީފޯރމްގަ؟ ދެން ދިވެހިން ގަޅިހެދިފަ ތިބޭ! އަދިވެސް ކިޔަންވީ މިކަލޭގެމީ ހުދުކާފޫރުކޮޅެކޭބާ؟

  27
  1
  • ލޮލް

   އަދިވެސް ޕާރޓީއެއް ހަދާއިރަށް ސޮއި ކުރަން ދުވޭ. އެ ޕާރޓީގެ މުގުލުގައި ހުރީ މުޖުރިމެއްކަން އިނގޭއިރުގަވެސް. މީ ކޮންކަހަލަ ދިވެހިންނެއްބާ. ހާދަހާއޭ ގަމާރީ

   21
   1
 5. ރަނޭ

  ލަންކާގަ ފިލުވީ ލުތުފީ... އިންޑިޔާގަ ބުރޯ... އަަވައްޓެރި ގައުމު ތަކަށް ވެސް އެޖެންޑާ 19 މިވަނީ މުސީބާތަކަށް ނޫންތޯ؟ ބޮޑުކަމުގޮސް ދަނޑިން ތެޅިޔަސް މި އެޖެންޑާ19 ހިންގަން ފެށިފަހުން މިވާ ބަދުނާމަށްވުރެ ތާހިރުވާނެ.... މިހާރު މޯދީ އެއުޅެނީ އާސަންދަ ފެޅި ހިސާބުން ކަނޑާލައިގެން... ދެން ޔެލޯސް އަތްޖަހަމާ....

  14
  1
 6. ރަނޭ

  ލަންކާގަ ފިލުވީ ލުތުފީ... އިންޑިޔާގަ ބުރޯ... އަަވައްޓެރި ގައުމު ތަކަށް ވެސް އެޖެންޑާ 19 މިވަނީ މުސީބާތަކަށް ނޫންތޯ؟ ބޮޑުކަމުގޮސް ދަނޑިން ތެޅިޔަސް މި އެޖެންޑާ19 ހިންގަން ފެށިފަހުން މިވާ ބަދުނާމަށްވުރެ ތާހިރުވާނެ... މިހާރު މޯދީ އެއުޅެނީ އާސަންދަ ފެޅި ހިސާބުން ކަނޑާލައިގެން... ދެން ޔެލޯސް އަތްޖަހަމާ..

  9
  1
 7. ބަރާ

  އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު ފެރީ ދަތުރު ކުރީގެ ނައިބުރައީސް ފައްޓަވައިދެއްވައިފި

  19
 8. ޖަޒީރާމަނިކު

  ޓްޓިކޮރިން އަށްދިވެހިން ކިޔަނީ (ސޫތުކުޅި)

  11
 9. ފީޖޭ

  ކާކުގެ ބޯއްޓެއް؟ ވެރިފަރާތް ބަލާފަ ބޭރު މީހެއްގެ އެއްޗެއް ވިއްޔާ މިރާއްޖޭ ކޮންބަޔަކާތޯ އެމީހުންނާއި ގުޅުން އޮތީ..އަދީބު ދުވަހަކުވެސް މިރާއްޖޭ ރައްޔިތުން ބަލައި ނުގަންނާނެ..ބެލެވޭ ގޮތުން ރިލުވާން ކޭސް އަށް ފިލަން..

 10. ސަމީރު

  ފިލިޖެއްތަ ފެޓޭ ކަލެއްއަށް ؟ އެއްމެ ބޮޑު ވަގު

 11. ކުޑޭ

  ރާއްޖެއިން ބޮޑުހިލަ ބޭރުކުރަން ފަށައިފި. ފެށުމުގެގޮތުން ފުރަތަމަ ފޮނުވީ އެއް ހިލަ.

 12. އަޙްމަދު

  ގަބޫލެއްނުކުރަން. ޓަގުބޯޓަކަށް މީހަކު އަރާފަ ބޭސްފަރުވާއަކަށް ތިމަންނާ ޓުޓިކޮރިންއަށް ގެންގޮސްދޭށޭބުނީމަ ގެންގޮސްދޭވަރުގެ ގަމާރު ކެޕްޓަނުންނެއް މިހާރަކު ނުތިބޭނެ. ޚަބަރުގެ ސުރުޚީ ބަދަލުކުރަން ޖެހޭ.