އިންޑިއާގެ ގިނަ ހޮސްޕިޓަލްތަކުން އާސަންދަގެ ޚިދުމަތް މެދުކަނޑާލައިފިއެވެ.
ބޭސްފަރުވާ އަށް އިންޑިއާ އަށް ގޮސް ތިބި ބައެއް ދިވެހިން "ވަގުތު" އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ހޮސްޕިޓަލްތަކުން އާސަންދަގެ ޚިދުމަތް މެދުކަނޑާލުމުން ގިނަ އަދަދެއްގެ ދިވެހިން ޑޮކްޓަރަށް ނުދެއްކިފައި އެބަތިއްބެވެ.
ހޮސްޕިޓަލްތަކުން އާސަންދަ ކަނޑާލުމުން ގިނަ އަދަދެއްގެ ދިވެހިން ވަނީ ބޭސްފަރުވާ ނުކުރެވި އިންޑިއާގައި ތާށިވެފައެވެ. އަމިއްލަ އަށް ބޭސް ކުރެވޭނެ ފައިސާ ނެތުމުން ހަދާނެ ގޮތް ހުސްވެފައިވާ ކަމަށް "ވަގުތު" އަށް މައުލޫމާތު ދިން ދިވެހިން ބުނެއެވެ.
"ޑޮކްޓަރަށް ދައްކަން ދިއުމުން މިބުނަނީ އާސަންދަ އިން ޑޮކްޓަރަށް ނުދެއްކޭނެ ކަމަށް. އަމިއްލަ އަށް ފައިސާ ދައްކައިގެން ނޫނީ ޑޮކްޓަރަށް ނުދެއްކޭނެ ކަމަށް ހޮސްޕިޓަލުން އަންގަނީ. އެހެންވެ ދެން ހަދާނެ ގޮތެއް ނޭނގިފައި މިހުރީ." މިވަގުތު އިންޑިއާގައި ހުރި ދިވެއްސަކު ބުންޏެވެ.
ލޮލުގެ ފަރުވާއަކަށް އިންޑިއާ އަށް ގޮސް ހުރި ދިވެއްސަކު ބުނީ އިންޑިއާގެ ޓްރެވަންޑްރަމްގައި ހުންނަ ބޮޑު ހޮސްޕިޓަލެއް ކަމަށްވާ ޗައިތަންޔާ ހޮސްޕިޓަލުން ވެސް މިއަދު އާސަންދަ ހުއްޓާލާފައިވާ ކަމަށެވެ. ނަމަވެސް މިދިޔަ މަހުގެ ފަހުކޮޅުން ފެށި އަލަށް އަންނަ ދިވެހިންނަށް ފަރުވާ ދިނުން އެހޮސްޕިޓަލުން ވަނީ ހުއްޓާލާފައެވެ.
އިންޑިއާގެ ހޮސްޕިޓަލްތަކުން އާސަންދަގެ ޚިދުމަތް މެދުކެނޑިފައި ވީނަމަވެސް އާސަންދަ ކުންފުނިން ވެސް އަދި ސަރުކާރުން ވެސް މިކަމާއި ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެކޭ ވިދާޅެއް ނުވެއެވެ.
އިންޑިއާ އަކީ އެންމެ ގިނަ ދިވެހިން ބޭސްފަރުވާއަށް ދަތުރު ކުރާ ގައުމެވެ. އަދި މިސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމަކީ ވެސް އިންޑިއާ އެވެ.
ޢެޖެންޑާ19 ހިންގަންފެށީމަ ތިކަހަލަކިތަންމެކަމެއް ދިމާވާނެ އަދިވެސް އަތްޖަހާ
ހުސް ދޮގު އާސަންދަ އެބަ ލިބޭ
އެޖެންޑާ ނަވާރައިގެ ދަށުން ދެންޖެހޭނީ ފަތްޕިލާވެލީގެ ފަރުވާކުރަން. އެޖެންޑާ ނަވާރަ ހަމަ ތަފާތީއޭ
ދެން އަތްޖަހާ. ބާރަށް އަތްޖަހާ. މިއީ ހެޔޮވެރިކަން ކުރާގޮތަކީ.
އިންޑިޔާއަށް ދިވެހިން ބޭހަކަހށް ނުދާނެ.ސައުދީއަށް ދާނީ
ހޮސްޕިޓަލް ފޫބެއްދުމައްޓަކާ ރަށެއްދީ
އޯގާތެރި ސަރުކާރު ދެން އަތްޖަހަ އަތްޖަހާ
ކޮބާ ރައީސް ކަނޑަ އެޅި ނަރުސް މަރިޔަމް ޝަފީގް؟؟ ކަމަނާގެ ގާބިލް ކަމާމެދު ސުވާލު އުފެދެނީ މިކަހަލަ ކަނޑުކޮސް ކަންތައް ވާތީ. ލޮނު މަޑު ސަރުކާރެއްގެ ލޮނު މަޑު ވެރިން. އިސްތިއުފާ ދެއްވާފަ އިންޖެކްޝަން ޖަހަން ވަޑާންނަވަން ގޮވާލަން!!!
އަންނި ބުނާހެން މި ވެރިކަން ހަމަ ވައްޓާލަންވީ
އާސަންދައިގެ ނާގާބިލް ވެރިން ބަދަލް ކުރަން ގޮވާލަން! ސަރުކާރަށް އޮތް ބޮޑު ލަދަކާއި ހުތުރެއް.
ޢަދި މި ގައުމުގައި ހުރި ޕްރައިވެޓް ތަންތަނުންވެސް ކަނޑާލާނެ. ޕޭމަންޓް ނުދީ 3 މަސް 4 މަސް ވާއިރުވެސް. ކުރެވެން އޮތް ގޮތަކައް ދަތިކުރަމުން ދަނީ އާސަންދައިން ޕްރައިވެޓް ހެލްތް ކްލިނިކް ތަކާއި ފާމަސީ ތަކައް
މިހާރު ތިބޭނީ ގިނަ ދިވެހިންނަށް ރާކަނިމަސް ކެވިފަ.
ދެން ކޮންހާ ވާހަކައެއް!· އަތްމަތި ހުސްވެގެން ދިއުމުގެ އަލާމާތް ތިފެންނަމުން ދަނީ.. ދެން ތިބޭބަލަން.
... 19 ހަމަ ތަފާތީ
އާސަންދަ ތިބަދަލުވަނީ އާސަންދޯކަކަށް
ދެންއަލާނުލާ
ރައްޔިތުންނަށް އެންގާ އާންމުކޮށްގެން އެކަންކޮށްފިއްޔާ ދިވެހިން ރަތަށް އަރާފާނެތީ ވަގަށް އެކަން ނިންމާލައިގެން މިތިބެނީ. މިހާރު ފަޅާއެރީމަ މާދަމާ ބަޔާނެއް ނެރެލާނެ މޮޅުވާހަކައެއް ދައްކާފަ. ނޫނި ކުރިން އޮތްގޮތް ހެދީމަ ކަމެއްކުރިކަން މީހުނަކަށް ނޭންގޭނެ. ސަޅި.
ފެރީނިޒާމުމިއަދުއެފެށީ މިހާރުއާސަންދަހިދުމައްއެކަޑާލީދޯ ދިވެހީމާގިނައިންބޭސްފަރުވާހޯދަންދާނެތީ
ޖަޒީރާވަންތަވާނީ....ރުއްގަލުބޭހާ، ކަށީބޭހާ،....ފަތަޕިލާވެއްޔާ ގަސް މުލާ ..އަރުޅި ބުރޮޅިން ކުރާބޭސް...
ހަދާނެ ގޮތް އިނގޭނެ އާސަންދައަށް ގުޅީމަ
ސަރުކާރު ފައިލްވީ. ދެން ލަލަލާ
މަވެސް މިހިރީ އިންޑިޔާގަ. އާސަންދަލިބޭ
ތީ އެޖެންޑާ 19އިގެ މީހެއްދޯ، އެހެންވީމަ އާސަންދަ ލިބޭނެ
މީތަ އިންޑިޔާ އާއި ދެމެދު ވެވުނު އެއްބަސްވުމުގަ އޮތް ގޮތަކީ.
މަށަށް ރާއްޖެއިން އެއްބައި ދޭން ބުނެފައި، ނުދީ ލަސްކުރަންޏާ ހުރިހާ ކަމެއްގައި ދަތި ކުރާނަން. މޯދީ
އެގަންޖާ19.....????
އިންޑިޔާއިން ދިވެހީންނައް ދޭން ބޭނުމީ އާސަންދައެއްނޫނޯ.. ދޭން ބޭނުމީ ސަންދޯކޯ..
ޢަދިވެސް މޯދީ ފުލުގައެލިގެން ދުވޭ. ނުވިއެއްނުކަމެއް! އެޖެންޑާ 19 ފޮރުވިފައިވާ ސިއްރުތަކެއް.
ޖަޒީރާ ރާއްޖޭގައި ކޮންމެ ކުއްޖަކައް ބާނބު ފުޅިއެކޯ ދޭނީ.. އެއީ ރޯނގާޖެހޭ ކުދީން މަދުކޮއް ސިއްހަތު ރަނގަޅު ޖީލެއް ބިނާ ކުރާށޯ. އަދި ކޮންމެ ފިރިހެނަކާއި އަންހެނަކައް ޖިލެޓު ޝޭވާރ އަކާއި ކޮންމެ މުސްކުޅިއަކައް ކޯ ދޮންނަ ލިސްޓަރީން ފުޅިއެެއްވެސް ދޭނެޔޯ. އެއީ ގައިން ގަޔައް އަރާބަލި މަދުކުރުވުމަށޯ. ވީމާ ކީއްކުރާ އާސަންދައެއްތޯ.؟
ގުޅުން ބޮޑުވީމަވާގޮތް މިއީ
ތީ ދޭތެރެ ޖައްސްން ލިޔާ ހާސަރު! ގިނަ ހޮސްޕިޓަލުން އާސަންދަ ކެޑިއްޔާ އާސަންދަ ނުކަޑާ ހޮސްޕިޓަލް ތަކުގެ ނަން ޖެހި ނަމަ ތި ލިޔުން ބެލެންސް ވީސް!
އެމްޑީޕީ ސަރުކާރު އިސްތިއުފާދީ
Raahjjeyn nulibey hidhumathakah noontha India in aasandha libeny. Aharemen v fahun miaee India in amilla faisa in beyskuree, ei raahjeyn libey faruvaaeh veema.
ސަރުކާރުން އެއްޗެކޭ ބުނެވޭވަރުވާނީ ކުރީ ސަރުކާރާއި ދިމާލަށް ގޮވާނެ އެއްޗެއް އެނގުނީމައެއްނު. މިވަގުތު ގޮވާނެއެއްޗެއްވޭތޯ ސަރުކާރުން ވިސްނަމުންދަނީ. އާސަންދަ ހުއްޓައިލީ މިސަރުކާރުން އެ ހޮސްޕިޓަލްތަކަށް ފައިސާ ނުދީގެން. ގައުމު ދަރަނިވެރިވެފައޭ ކިޔާ ޢަބްދުﷲ ޝާހިދުވެސް 7 މިލިއަން ރުފިޔާ ތަޅާ ލާފަ އެއައީ. ބަޖެޓް ކަމުންދަނީ އެމީހަކަށް ކެވުނު ގޮތަކަށް. ރިޒާވް ވެސް ކަމުން ހުސްކުރަމުންދަނީ. މިބައިމީހުނަށް ފެލިއަރުވަން އެނގޭތި އަޑުނެތް ތަނަށް ފެލުގަތީމަ ގަޅި ރައްޔިތުން ތިބޭނެ އަތްޖަހަން.
ޖަޒީރާ ރާއްޖޭގަ ނުޖެހޭނެ ޑޮކްޓަރީ ޚިދުމަތް ދޭކަށް. ފަންޑިތަ ވެރިންނާއި ހަކީމުން ތިބީމަ ނިމުނީ.
ދެން ބާރަށް އަތްޖަހާ. ބަނޑުވަތަށް ވެއްޓެންދެން އަތްޖަހާ.
ވަރަށް ބޮޑަށް ޝުކުރިއްޔާ
ގުޅުންވަނީބަދެހި ދުނިޔޭގެ ކުރިމަތީގައި އެކެހެވެފައި އޮތް އޮތުން ނިމުމަކަށް ގެންނަން އިބޫ އާއި ޢަބުދުﷲ ސަޢީދު ކުރާމަސައްތުނަތީޖާ އިންޑިއާގެ ގިނަ ހޮސްޕިޓަލް ތަކުން އާސަންދަ ކަނޑާލުން ސުކުރިއްޔާ އިބޫ ލިފްޓްސާހިދު