އެމްއެމްޕީއާރްސީގެ ފައިސާ މިސަރުކާރުގައި ތިބި ބަޔަކު ވެސް ނަގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ ޕީޕީއެމް އާއި ޕީއެންސީ އިން މިރޭ ބާއްވަމުންދާ އެއްވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރު އައީ ވަރަށް ވަރުގަދައަށް ކޮރަޕްޝަންގެ ވާހަކަދައްކަމުން ކަމަށާއި ހާއްސަކޮށް އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ވާހަކަ ވަރަށް ގަދައަށް ދެއްކި ކަމަށެވެ.

"ނަމަވެސް މިހާރު އެމްއެމްޕީއާރްސީގެ ވާހަކައެއް ނުދައްކާ. އެއީ ބުޅާ ގޯނިން ބޭރުވެދާނެތީ. އެމައްސަލައިގެ ޝަރީޢަތް ރަނގަޅަށް ކޮށްފިނަމަ އެފައިސާ މިސަރުކާރުގައި ތިބި ބަޔަކު ވެސް ބޭނުން ކުރިކަން ސާބިތުވާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައީސް ޞާލިހްގެ ސަރުކާރުން އިންޑިއާ އާއި އެކު އާދަޔާއި ހިލާފު ގާތް ގުޅުމެއް ބާއްވާތީ އެކަމަށް ފާޑުވިދާޅުވަމުން ނަމަވެސް އިންޑިއާގެ ނަން ފާޅުގައި ވިދާޅުނުވެ އާދަމް ޝަރީފް ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތު މިހާރު މިއޮތީ ތިލަފަތުގެ އެއްކޮޅަށް ބަރުވެފައި ކަމަށެވެ.

"ރާއްޖޭގެ މިހާރުގެ ހާރިޖީ ސިޔާސަތު އޮތްގޮތުން ބޭރުގެ ގައުމުތަކުގެ އެހީތެރިކަން ރާއްޖެއަކަށް ލިބޭކަށް ނެތް. ޤަތަރާއި ގުޅުން ބަދަހި ކުރުމަކީ މިސަރުކާރުން ވަރަށް މަސައްކަތް ކޮށްފި ނަމަވެސް އެކަމެއް ނުވި. މިސަރުކާރަކަށް ޤަތަރާއި ގުޅުން ގާއިމެއް ނުކުރެވޭނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުން އޮތީ މިނިވަންކަމާއި އިސްތިޤުލާލާއި ހާރިޖީ ސިޔާސަތު ނިލާމުގައި ވިއްކާލާފައި ކަމަށެވެ.

"މިނިވަންކަމާއި އިސްތިޤުލާލު އޮތީ ވިއްކާލާފައި. މިނިވަންކަމާއި އިސްތިޤުލާލު އޮތީ ނީލަން ކިޔާފައި. ހާރިޖީ ސިޔާސަތު އޮތީ ނީލަމުގައި ވިއްކާލާފައި." އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ މިސަރުކާރު އައީ ވަޒީފާގެ ބިރުވެރިކަމެއް ނޯންނާނެ ކަމަށް ބުނެފައި ކަމަށާއި ނަމަވެސް އެއީ ސަރުކާރުން ހެދި ދޮގެއް ކަމަށެވެ.

"ކުދިކުދި ރަށްރަށުގައި އާދައިގެ ވަޒީފާތަކުގައި ތިބި މީހުން ވެސް ދަނީ ވަޒީފާތަކުން ވަކިކުރަމުން." އާދަމް ޝަރީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. އިކްރާމް އަބުދުއްސައްތާރު

  'މިސަރުކާރުގެ ބަޔަކުވެސް ނަގާފަ ވެއްޖެ' މިތަނުގައި "ވެސް" މިބޭނުން ކުރެއްވީ އަޅުގަނޑު އެކަނި ނޫންކަން އެފައިސާ ނެގީ ބުނެދިނުން ތޯ...؟

  މާނަޔަކީ ތިޔަފަރާތުން ޚިޔާނާތުގެ ފައިސާ ލިބިގެންފައިވާ ކަމަށް ޢިއުތިރާފުވަނީ ދޯ؟ އެވެސް ޕަބްލިކް ޕޯޑިއަމެއްގައި... ތިހާވަރަށް ތެދުވެރި ވެވޭނީ..

  ކޮބައިތޯ ކޮރޮޕްޝަން ބަލާ ކޮމިޓީ..؟ ހޭލަ ބަލަ.. މުސާރަނެގިޔަކަށް ނުފުދޭ މިބައި މީހުން އިތުރާފުވީމަވެސް އެމީހުންގެ އެސެޓުނުނެގޭ ތޯ އަދި ދައުލަތުގެ ފައިސާ ނުހޭދޭނެތޯ؟

  1
  15
 2. އިކްރާމް އަބުދުއްސައްތާރު

  'މިސަރުކާރުގެ ބަޔަކުވެސް ނަގާފަ ވެއްޖެ' މިތަނުގައި "ވެސް" މިބޭނުން ކުރެއްވީ އަޅުގަނޑު އެކަނި ނޫންކަން އެފައިސާ ނެގީ ބުނެދިނުން ތޯ...؟
  މާނަޔަކީ ތިޔަފަރާތުން ޚިޔާނާތުގެ ފައިސާ ލިބިގެންފައިވާ ކަމަށް ޢިއުތިރާފުވަނީ ދޯ؟ އެވެސް ޕަބްލިކް ޕޯޑިއަމެއްގައި... ތިހާވަރަށް ތެދުވެރި ވެވޭނީ..

  ކޮބައިތޯ ކޮރޮޕްޝަން ބަލާ ކޮމިޓީ..؟ ހޭލަ ބަލަ.. މުސާރަނެގިޔަކަށް ނުފުދޭ މިބައި މީހުން އިތުރާފުވީމަވެސް ދައުލަތުގެ ފައިސާ ނުހޭދޭނެތޯ؟

  1
  15
 3. ނަވާރަ

  ބަލަ މީހަކު އެއްޗެކޭ ބުނާއިރައް މިސްކިއްހުޅުޖެހިމީހާ ހެދިގެންތި ތެޅިގަންނަނީ ކަނޑައެޅިގެން155މީހުންތި ލާރިގަނޑު ބޭނުންކުރިކަމައް ލިސްޓްކުރެވިފައެބައޮތް ދެން މިސަރުކާރުގެމީހުން ނުހިމެނޭނެގޮތެއްބުނެބަލަ