ރައީސް ޔާމީން ގެނައިވަރުގެ ތަރައްގީ އެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކަށް ނުގެނެވޭނެ ކަމަށް ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު ލަތީފް ވިދާޅުވެއްޖެއެވެ.

މިރޭ އިދިކޮޅު ކޯލިޝަނުން ރައީސް ޔާމީން އާއި އެކު ބާއްވާ ޖަލްސާގައި ވާހަކަ ދައްކަމުން ލަތީފް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމަށް ފަހު މުޅި ގައުމު މިލާ މޯޅި ވެއްޖެ ކަމަށެވެ.

ލަތީފް ވިދާޅުވީ މި ސަރުކާރު ދުވަހަކުވެސް 100 ދުވަސް ހަމަނުވާނެ ކަމަށެވެ.

"އެއް ފަހަރު ބުނާނެ ހުކުރު ދުވަހާއު ހޮނިހިރު ދުވަސް ނުލައޭ 100 ދުވަސް ގުނަނީ. ދެން ބުނާނެ ތިމައްނަ ރާއްޖެއިން ބޭރަށް ދާ ދުވަސްތަށް ނުލައޭ 100 ދުވަސް ހަމަ ކުރަނީ, ބަޔަކު އަންތަރީސްވާ ވަރުގެ ކަމެއް. މިސަރުކާރުގެ 100 ދުވަސް އަދިވެސް ހަމަނުވޭ, އެހެންވިޔާ ކޮންދުވަހެއް ލައިގެން ތޯ 100 ދުވަސް ތިޔަ އުޅެނީ ހަމަ ކުރަން" ލަތީފު ސުވާލު ކުރެއްވިއެވެ.

މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ލަތީފް ވިދާޅުވީ މި ސަރުކާރު އައިފަހުން އެއްވެސް ކަމެއް ތަރައްގީގެ ގޮތުގައި ނުވާ ކަމަށާއި ރައީސް ޔާމީންގެ ވެރިކަމުގައި ދިއްދޫއަށް އެކަނިވެސް ބޮޑު ތަރައްގީއެއް ގެނެވުނު ކަމަށެވެ.

"ރައީސް ޔާމީނުގެ ވެރިކަމުގައި މުޅި ރަަށަށް ފެންލީމު, ބޮޑު ރަށުގެ ވަށައިގެން ހިލަ ވެސް ޖެހި, މި ހުރިހާ ކަމެއް ވެސް ވީ ރައީސް ޔާމީނާއި, މިނިސްޓަރ މުއިޒުގެ ބުރަ މަސައްކަތުން" ލަތީފު ވިދާޅުވިއެވެ.

މި ސަރުކާރަށް އެއްވެސް ކަމެއް ނުވާނެ ކަމަށާއި މި ސަރުކާރުގެ އެތެރޭގައި އެއްވެސް ކަމެއް ނެތް ކަން ފާހަގަ ކުރައްވައި ލަތީފް ވިދާޅުވީ މި ސަރުކާރުން ތަހުގީގު ކުރުން ނޫން ކަމެއް ނުކުރާ ކަމަށެވެ.

"ރައަޔިތުންގެ މަޖިލިސް ތަހުގީގު ކުރަނީ, ސިފައިން ތަހުގީގު ކުރަނީ, މިނިވަން މުއަސަސާތަށް ތަހުގީގު ކުރަނީ, ކޮންކަމެއް ކުރަން ތޯ މިއުޅެނީ" ލަތީފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ގަދަކުޑޭ

  ތިޔަ ލަތީފު ތީ ހަމަ ޖެހޭ މީހެއްތަ

  18
  31
 2. ދޮގެއް؟

  ޒިންމާ ނަގަންޖެހޭ އެކަކު ތީ. ރައްޔިތުން ގާތު މާފަށް އެދޭ ފުރަތަމަ ކަމަކަށް.

  22
  2
 3. ނުރަބޯ

  ބަލަ ޔާމީންގެ ވެރިކަން ބަޣާވާތް ކޮށްގެން ނިންމަން ކަލޭމެން 12 ބާޣީން ނިކުތްއިރު އެކަމެއް ނޭނގޭތަ؟ އޭނ. ދެން މިހާރު އެކޮޅުން ކަންފުޅެއް ނުވީމާ އަނެއްކާ މިކޮޅަށް ފިރާލީދޯ.....!!! ނޫނޭވާ ތަންތަނުގައި ހަރާންކޯރުން ތިބޭ އެކަމަކު މިވަރުކަމެއް ނުދެކެން.

  24
 4. ޢަލީ

  ފައްކާ ދެފުށް ކެހެރި، އިއްޔެ ޔާމީނާއި ދިމާއަށް ހެއްދެވި ނުހެއްދެވި އަށް ގޮވާފަ މިސަރުކާރުން ލާރިގަޑެއް ނުލިބުނީމާ އަނެއްކާ ޔާމީނަށް ސަނާކިޔަން،

  6
  1
 5. Kamaal

  ތިއޮތީ އަތައް ގޮވާފަ ގަމާރުންތަކަކާއި ވެރިކަން ހަވާލުކުރީމާ ވާނެ ހަތަރެތި ތިއޮތީ ވެފަ.

  8
  1
 6. ތުބުޅި ސުޖާ

  ލަތީފްބޭ ޔާމީނޭކިޔައިގެން ދެއްކިވާހަކަތައް ހަނދާނެތުނީތޯ؟ ދެމަފިރިން ދައުލަތުގެ ހަޒާނާ ފެންފޮދަކާނުލާ ދިރުވާލިއްޔޭ ލަތީފްބޭ ބުނިންދެއްތޯ؟ ދައުލަތުގެ ހަޒާނާ ދިރުވާލި މައްސަލަބަލާތީ ލަތީފްބޭވެސް ހާދަބިރުން ތިއުޅުއްވަނީ، އަނެއްކާ އަތުގަޔާ ދަތުގަޔާ މުޅިގައިގަ ހަޒާނާހުރީ ހޭކިފަތޯ؟