ޓަގް ބޯޓެއްގައި ފިލައިގެން އިންޑިއާ އަށް އެތެރެވާން އުޅެނިކޮށް މިއަދު އިންޑިއާ އިން ހައްޔަރު ކޮށްފައިވާ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އިންޑިއާގެސިޔާސީ ހިމާޔަތައް އެދިވަޑައިގެންފިއެވެ.

އަދީބު އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގެންނެވި ކަން ކަށަވަރު ކޮށްދީފައި ވަނީ އަދީބުގެ ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުން ނެރުނު ބަޔާނެއްގައެވެ.

އަދީބުގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ހިމާޔަތް ހޯދަން އަދީބު އެދިފައި އޮތް އެދުން ދިރާސާ ކުރުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އެދޭކަމަށެވެ.

"އަދީބަށް ލިބެން ޖެހޭ އެންމެހާ ޙައްޤުތައް ލިބެމުންދާކަން ކަށަވަރު ކޮށްދިނުމަށް އަޅުގަނޑުމެން އދ.ގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ކިބައިން އެދެމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދޮގު ތުހުމަތުތަކެއް އަދީބުގެ މައްޗަށް ކުރުމަށް ފަދަ އެކަންކަމަށް އެއްބަސްވެ ލިޔުމެއްގައި ސޮއި ކުރަން ސަލާމަތީ ބާރުތަކުން އަދީބަށް މަޖުބޫރު ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އަދީބާއި، އަދީބުގެ އާއިލާ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ސިޔާސީ ނުފޫޒު އޮތް ޝަރުޢީ ދާއިރާގެ ސަބަބުން އަދީބަށް އަނިޔާތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ އިން މިއަދު އަދީބު ހައްޔަރު ކޮށްފައިވާއިރު އަދީބުގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ރާއްޖޭގެ ކޯޓުތަކުން ބާތިލް ކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ތުނިޔަ

    ހީވޭ ކަމެއްހެން...

    31
    2
  2. އަން

    ތިޔައީ ކެނެރީގޭ ގުންޑާގެ ބުއްދި

    47
    6
  3. ދަންނަ

    ކިހާދެރަކަމެއްތަ އެސޮރަކަށް ނެތެއްނު ރަނގަޅު އެއްގޮތެއްވެސް އެސޮރަށް އެ ދިމާވަނީ ހުޅަތްގަށް ދިމާވާ ގޮތްދޯ އެންޏާފަހެ ވައިގެ މަގުން ދެވޭކަށްނެތް ކަނޑުމަގުން ދެވޭކަށްނެތް އެއްގަމު މަގުން ދެވޭކަށްނެތް

    31
  4. ޖ

    ތީ ހުސް ރޭވުން.

    38
    1
  5. އުނބު

    ކަލޭމެން ހީކުރަނީ އަހަރެމެންގެ ސިކުނޑީގެ ބަދަލުގަ އިންނަނީ މީދާކޭ އުނބެއްކަމަށްތަ؟ ތީ ހަމަ ރޭވިގެން ނަޝީދުމެން ކުރުވާ ކަމެއް

    41
    1
    • ހަގީގަތް

      މީދާކޭ އުނބެއް އިންނަނީ.. އެހެންވީމާ ނިގޮތަށް މިވީ..

      1
      1
  6. ާއަހުމަދު

    ޓެރަރިސްތުންނަށް ވެސް ލިބުނު އަދީބަށް ހިމާޔައް ނުލިބެން ވީކީއްވެ

    20
    3
  7. ހހ

    hi hurihaa kamehves kuran t misarukarun

    13
  8. ބޭބެ

    މިއީ ހަމަ ބޮޑު ރޭވުމެއްގެ ދަށުން ކުރަމުން އައި ކަމެއްގެ ނިމުން! ފުރަތަމަ ކުރިކަމަކީ ހުރިހާ ޙުކުމެއް ކޯޓުތަކުން ބާޠިލް ކުރުވާ ސާފުކުރީ! ދެން އެކަމާ ގިނަ ރައްޔިތުން ހިތްހަމަ ނުޖެހުން ފާލުކުރަން ފެށީމާ އަދީބުގެ މައްސަލައެއް އިސްތިއުނަފުކުރި! އެއާއެކު ބޭސް ފަރުވާއަށް ބޭރަށް ފޮނުވީ! މާލެ އައިތަނުން މާލެ ބަންދަށް މިނިވަންކަމައެކު ދޫކޮށްލީ! ދޫކޮށްލީ މިރެވުން ރޭވި ބަޔަކު ރާވާ ނިންމުމަށްފަހު! ފުރުމުގެ އެއްދުވަސްކުރިން ދުރާލާ ތަހްގީގަށް ހާޒިރުވާން ޗިޓްވެސް ފޮނުވީ މިކަން ފޮރުވަން ވެގެން! ފިލިކަން ނޭނގޭކަން ދެއްކުމުގެ ބޭނުމުގައި! ހައްޔަރުކުރާނެކަމާއި ހައްޔަރު ކުރުމާއެކު އދގެ އެހީތެރިކަމަށް އެދެން ހުރިހާ ލިއުމެއް ކުރިން ހުރީ ތައްޔާރުކޮށްފަ! ހިމާޔަށްވެސް ދޭނެ! އިންޑިޔާއިން އެހިސާބުން މާލެ ނުފޮނުވާނެ! އދގެ ބާރު ހިނގާނީ އދގެ ހިމާޔަށް ދޭ ހިސާބުން! މިޝަން އެކޮމްޕްލިޝް! އިންތިޚާބަށް މިލިއަނުން އަދީބު ޚަރަދުކުރި ޚަރަދުކުރުމާ މިނިވަންވުމާ ގުޅި ލާމެހިފަ ވަނީ!

    21
  9. ސޮއް

    އަދީބު ފިލުން މީ ވާރައްމޮޅު ފިލުމެއް..މީގެ ބަތުލުން އަދިނޭގޭ..