އިންޑިއާ އަށް އަދީބު ރާއްޖެއަކަށް ނުފޮނުވޭނެ ކަމަށް އޭނާގެ ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުން ބުނެފިއެވެ.

އަދީބުގެ ބައިނަލްއަޤުވާމީ ޤާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ މިހާރު އަދީބު އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގެންފައިވާތީ މިހާރުން މިހާރަށް އަދީބު ރާއްޖެ އަށް ފޮނުވުމަކީ އިންޑިއާ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އަދީބު ވަނީ އިންޑިއާ އިން އޭނާ ހައްޔަރު ކުރުމުން އިންޑިއާގެ ސިޔާސީ ހިމާޔަތައް އެދިވަޑައިގެންފައެވެ.

އަދީބުގެ ޤާނޫނީ ވަކީލުން ނެރުނު ބަޔާނުގައި ބުނީ ސިޔާސީ ހިމާޔަތް ހޯދަން އަދީބު އެދިފައި އޮތް އެދުން ދިރާސާ ކުރުމަށް އިންޑިއާ ސަރުކާރުގެ ކިބައިން އެދޭކަމަށެވެ.

"އަދީބަށް ލިބެން ޖެހޭ އެންމެހާ ޙައްޤުތައް ލިބެމުންދާކަން ކަށަވަރު ކޮށްދިނުމަށް އަޅުގަނޑުމެން އދ.ގެ ހައިކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ކިބައިން އެދެމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

އަދީބުގެ މައްޗަށް ކުރިން ކުރެވުނު ތުހުމަތުތަކާއި ޝަރީޢަތްތައް ކުރިއަށް ގެންގޮސް އަދީބު ޖަލަށްލާ އަދި ފަހުން މިނިވަން ކުރި މައުލޫމާތުތައް ހިމެނުމަށް ފަހު އަދީބުގެ ވަކީލުން ނެރުނު ބަޔާނުގައި ބުނީ އަދީބުގެ މައްޗަށް ސިޔާސީ ނުފޫޒުތަކެއް ފޯރުވަން ރާއްޖޭގެ ސަލާމަތީ ބާރުތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ދޮގު ތުހުމަތުތަކެއް އަދީބުގެ މައްޗަށް ކުރުމަށް ފަދަ އެކަންކަމަށް އެއްބަސްވެ ލިޔުމެއްގައި ސޮއި ކުރަން ސަލާމަތީ ބާރުތަކުން އަދީބަށް މަޖުބޫރު ކުރަމުންދާ ކަމަށާއި އެކަމުގެ ސަބަބުން އަދީބާއި، އަދީބުގެ އާއިލާ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ސިޔާސީ ނުފޫޒު އޮތް ޝަރުޢީ ދާއިރާގެ ސަބަބުން އަދީބަށް އަނިޔާތަކެއް ލިބިދާނެ ކަމުގެ ކަންބޮޑުވުން އެބައޮތް ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.

އިންޑިއާ އިން މިއަދު އަދީބު ހައްޔަރު ކޮށްފައިވާއިރު އަދީބުގެ މައްޗަށް ކުރިން އިއްވި ހުރިހާ ހުކުމްތަކެއް ރާއްޖޭގެ ކޯޓުތަކުން ބާތިލް ކޮށްފައެވެ. އޭގެ ތެރެއިން އެއް މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައި އޮތުމުން އޭނާގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ކޮބާ!

    ކޮބާ ކޮބާ ހަމަ މަ ހީކުރި ގޮތަށް ކަންތައް މިދިޔައީ. ދެން އަދީބް ދޫކޮށްލާތި ޔޫކޭއަށް ނޫނީ އެމެރިކާއަށް. ލުތުފީވެސް ހަމަ މިގޮތަށް ދޫކޮއްލާނެ ކަންނޭނގެ. ރައްޔިތުން ނުކުމެ އަދިވެސް ސަރުކާރު ވައްޓާލަން ނުވޭތަ؟

    168
    17
    • ޜައްޔިތު

      ދެން ރައްޔިތުން ނުނިކުންނާނެ ސަރުކާރު ވައްޓާލާކަށް

      16
      32
    • ބޭބެ

      މިއީ ހަމަ ބޮޑު ރޭވުމެއްގެ ދަށުން ކުރަމުން އައި ކަމެއްގެ ނިމުން! ފުރަތަމަ ކުރިކަމަކީ ހުރިހާ ޙުކުމެއް ކޯޓުތަކުން ބާޠިލް ކުރުވާ ސާފުކުރީ! ދެން އެކަމާ ގިނަ ރައްޔިތުން ހިތްހަމަ ނުޖެހުން ފާލުކުރަން ފެށީމާ އަދީބުގެ މައްސަލައެއް އިސްތިއުނަފުކުރި! އެއާއެކު ބޭސް ފަރުވާއަށް ބޭރަށް ފޮނުވީ! މާލެ އައިތަނުން މާލެ ބަންދަށް މިނިވަންކަމައެކު ދޫކޮށްލީ! ދޫކޮށްލީ މިރެވުން ރޭވި ބަޔަކު ރާވާ ނިންމުމަށްފަހު! ފުރުމުގެ އެއްދުވަސްކުރިން ދުރާލާ ތަހްގީގަށް ހާޒިރުވާން ޗިޓްވެސް ފޮނުވީ މިކަން ފޮރުވަން ވެގެން! ފިލިކަން ނޭނގޭކަން ދެއްކުމުގެ ބޭނުމުގައި! ހައްޔަރުކުރާނެކަމާއި ހައްޔަރު ކުރުމާއެކު އދގެ އެހީތެރިކަމަށް އެދެން ހުރިހާ ލިއުމެއް ކުރިން ހުރީ ތައްޔާރުކޮށްފަ! ހިމާޔަށްވެސް ދޭނެ! އިންޑިޔާއިން އެހިސާބުން މާލެ ނުފޮނުވާނެ! އދގެ ބާރު ހިނގާނީ އދގެ ހިމާޔަށް ދޭ ހިސާބުން! މިޝަން އެކޮމްޕްލިޝް! އިންތިޚާބަށް މިލިއަނުން އަދީބު ޚަރަދުކުރި ޚަރަދުކުރުމާ މިނިވަންވުމާ ގުޅި ލާމެހިފަ ވަނީ! މިއީ ހައިރާންވާވަރުގެ ކަމެއްނޫން! އ

      44
      2
    • ބޭބެ

      މަގުމައްޗަށް ނިކުމެ އައިރު ގާނޫނީ ޢަމަލުތައް ހިންގައިގެން ސަރުކާރު ވައްޓާލައިގެން ނުވާނެ! އެމަގުން އެކަން ކުރަން އުޅުމަކީ މޮޔަކަމެއް! އަދި ގައުމަށް ފައިދާ ހުރިގޮތެއްނޫން! މިގައުމު ހަލާކުގެ މަގަށް ކޮންމެފަހަރަކުވެސް ގެންދަނީ މިހާރު ހޮރުހޮރަށް ވަދެ ފިލާ ބޮނދާފަ ތިބި ސިޔާސީ ދެތިން މީހަކު އަޑީގައި ތިބެގެން ކުރި ނޭއްގާނީ ޢަމަލުތަކުގެ ސަބަބުން! އެއީ ގާސިމާ މައުމޫނު! މިމީހުން ޒިންމާ ނަގަންޖެހޭނެ! ޡ

      4
      1
      • ބޮޑިބަތް

        ވައްޓާލަން ޖެހޭނީ. މިއީ ހަމަ ކަޅުހަސަން ވެރިކަން ކުރިގޮތަށް ކުރާ ވެރިކަމެއް. ރާއްޖޭގެ މިނިވަންކަން އެހެން ގައުމުތަކަށްދީ ކުށްވެރިންނާއި ވަގުން މިނިވަންކޮށް، ފިއްލުވާ، ސާދޫމުގައި ހުކުމް ކުރާހެން ހުކުމްކުރާ ސަރުކާރެއް މިއީ. މިސަރުކާރުގެ ފަސްއަހަރު ނިމޭއިރު ނޭނގޭ ރާއްޖެ ހަމައިގައި އޮންނާނެ ކަމެއްވެސް. އަނެއްކާ ރާއްޖެ ސޯމާލިއާއަށް ނުވާނެބާ؟ މިގޮތަށް ސަރުކާރު ހިނގަންޏާ ނުވާނެޔޭ ނުބުނެވޭނެ.

      • މަންތިރި

        މިހާރު ޤައުމަށް ފައިދާ ޢެބަ ހުރިތަ؟

  2. ރަނޭ

    ލަންކާގަ ފިލުވީ ލުތުފީ... އިންޑިޔާގަ ބުރޯ... އަަވައްޓެރި ގައުމު ތަކަށް ވެސް އެޖެންޑާ 19 މިވަނީ މުސީބާތަކަށް ނޫންތޯ؟ ބޮޑުކަމުގޮސް ދަނޑިން ތެޅިޔަސް މި އެޖެންޑާ19 ހިންގަން ފެށިފަހުން މިވާ ބަދުނާމަށްވުރެ ތާހިރުވާނެ... މިހާރު މޯދީ އެއުޅެނީ އާސަންދަ ފެޅި ހިސާބުން ކަނޑާލައިގެން... ދެން ޔެލޯސް އަތްޖަހަމާ..

    122
    10
  3. ހާާބި

    ދެރަކަމެއް އަދީބު އަށް ހިމާޔަތް ދޭކައް ނުޖެހޭނެ އ ދ ވެސް އަވަހައް އަދީބު ރާއްޖެ ފެންނަން އެހީވާނެ ވި

    84
    5
  4. ނަޖީބު

    މިއީ އަންނި ކުޅުވާ ޑްރާމާ އަކާއި ވައްތަރީ. ދެން ބެންކު ބޮލަށް ކަނޑާލީމަ ނިމުނީ

    99
    7
  5. ސަލްވާ

    ރާއްޖެއާއި އިންޑިޔާއާއި ދެމެދު ސޮއިކުރެވިފައިވާ އެކްޓުރަޑައިޝަން ޓުރީޓީގެ ދަށުން އަދީބް ރާއްޖެއާއި ހަވާލު ކުރުމައް އެންގިދާނެ.

    62
    8
  6. ޢިޔާބު

    އިބޫ ފޭލިވީ.. ދެންވެސް އިސްތިއުފާދީފަ ގެއަށް ކަނޑާލާ

    78
    11
  7. ކަލްހޯނަހޯ

    ދިވެހިން ބޯން ބޭނުންވި އެތި އަދީބު އެގިރަނީ..
    މި ފަސްގަނޑު ސީރިޔާ އަށް ހަދާފަ ނޫނީ އޭނަ ހުއްޓައެއްނުލާނެ. ވަރަށް ހިތާމަވެރި ކަޅު ދުވަސްތަކެއް ކުރިޔަށް އޮތީ.. ގައުމުގެ ސަލާމަތީ ބާރުތަށް ގައުމިއްޔަތުގައި ނިދާފައި، އެނިދިން އެމީހުން ހޭލާނީ އަދީބުގެ ހަމަލާއަކުން ކަން މަ ޝައްކެއްނުކުރަން.

    79
    6
  8. މޮހަދު

    ބަލައެފަޅިތަ ފެއްނަނީ ހަތަރު އަހަރު ވަނަދެން ޝަރީއަތައް ފިލައިގެން އިގިރޭސުވިލާތުގަޔާ ތަންތަނުގަ ތިބެފަ ޖަޒީރާ ރާއްޖެ އައީމާ ހުދު ކާފޫރައްވެގެން މިހާރު ފާވިއްދާގެން ތިބިމީހުން ކޯއްޗެ މިހަދަނީ އަދީބު ކީކުރަން ރާއްޖެ ގެއްނަނީ

    19
    1
  9. އަފީފާ

    ތިކަމެއްވެސްނު ވާނެ ؟ އެއްކަމެއްވެސްވާސަރުކާރެއް ނޫމީކީތް
    ދދެންނުވިއެއްނު ނުވާނެ؟
    ތީބަލާވެރިކަމެއ އިސްތިއުފާދީފަ
    ގެއައްދާންވީނު؟

    16
    2
  10. ހަބީބާ.

    ދެންކީއްވެ ރާއްޖެއިން ދެވެންވީ

    27
    1
  11. އަފިރިންގެ ޚިޔާލް

    އަދީބު ރާއްޖެއިން ފުރުވާލީ ޕްރީ ޕްލޭނެއްގެ ތެރެއިން ސަރުކާރުގެ އެންމެ އިސްވެރިޔާއަށް އެގިގެންތޯ އެއްޗެއް، ބައިނަލް އަގްވާމީ ކަނޑުގެ ޤާނޫނު އޮންނަގޮތުން، އަދީބު ރާއްޖެފޮނުވާކަށް ނުޖެހޭ... މިއަދު މިފެންނަނީ މިނުލަފާ ސަ ރުކާރުގެ އަނިޔާވެރިކަން ހުރި މިންވަރ، ފުލުހުންގެ ތަހުގީގަށް މީހުން ގެންގޮސްފަ ސިޔާސީ ނުފޫޒުން ޖަލަށްލާ އަދަބު ދޭނެކަން އަދީބުވެސް ވ ބޮޑަށް ގަބޫލްކުރާތީ، ޢަރަގްވެގެންވެސް އަދަބުން ފިލޭތޯ އަދީބުވެސް ބެއްލެވީ...

    12
    2
  12. ވިސްނާ

    ސިޔާސީ މަޅިގައި ޖެހިފައިވަނީ އަދީބަށްވުރެ ބޮޑައް ވަކީލުން..... ކިހިނެއވެގެން ތިއުޅެނީ އަދީބަކީ ސިޔާސީ ކުއްވެރިއެއްނޫން.....އެއީ ބޮޑު ހިޔާނަތް ތެރިއެއް

  13. ވިސްނާ

    ހަމަ ސަދޫމް

    4
    1
  14. ާއަހްމަދު

    އިންޑިއާއަށް އަދީބު ރާއްޖެ ފޮނުވޭނެ އަދީބު އިންޑިއާއަށް އެރީވަގަށް.

  15. ކަސަބު

    އަދީބު ފިލުވުމުގެ އަޑީގަހުރީޔާމީން އެއީ އޭނަޔާދެކޮޅައް ބަޔާނެއްދީފާނެތީ މީހަގީގަތަކީ

    3
    13