ގދ. ތިނަދޫގެ އައިސް ޕްލާންޓްގެ ޖެޓީ ހެދުމުގެ މަސައްކަތަށް ގާތްގަނޑަކަށް 17.35 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، މިމަޝްރޫއުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާ ފާރޫގެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ ހަސަން ޝާހުއެވެ.

ޕްލޭނިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އެމަޝްރޫއުގެ ދަށުން 130 މީޓަރަށް ޝީޓް ޕައިލްކޮށް ކީވޯލް ޖަހައި، 10 މީޓަރުގެ ރިވެޓްމަންޓް ޖެހުމުގެ އިތުރުން 620 އަކަމީޓަރުގެ ޕޭމަންޓް އެއްހަދައި އަދި ބަނދަރު ސަރަހައްދުގައި 9 ލައިޓް ޖެހުމަށް ހަމަޖެހިފައިވާކަމަށެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ހަމަސް ދުވަހުން ނިންމާގޮތަށެވެ.

https://twitter.com/PlanningMV/status/1156628641163313152

ސަރުކާރުންވަނީ އެމްޓީސީސީއާ ވަރަށް ގިނަ މަޝްރޫއުތަކެއް ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ގިނައަދަދެއްގެ ރަށްތަކެއްގެ ބަނދަރު ހެދުމާއި ހައުސިންގ ޔުނިޓް އެޅުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ބޮޑޭ

    ތީޔާމީން ސަރުކާރުން ކުރަން ނިންމާ އެގްރިމެންޓުގައި ސޮއިކޮށް ނިމިފަ އަދި ބަޖެޓް ލިބިފައޮތްކަމެއް. އެހެންވީމަ އެހާފަސޭހައިން މިސަރުކާރުން އަނެއްކާ ސޮއިކުރުވީ. އެގްރިމެންޓެއް ލިޔެލާނެ ފެންވަރެއް ނެތްބައެއް. ޢެކަމުގެ ސާފު ހެއްކެއް އައިސްޕްލާންޓުގެ މެނޭޖަރުގެ ފެންވަރުންވެސް.

  2. ޭލާރިބަނޑު

    130 މީޓަރަށް ޝީޓް ޕައިލްކޮށްފައޭ. 400ފޫޓް އަޑިޔަށްތޯ. އެއީ ކަނޑުއޮޅިއެއްތޯ. ވަރަށް ފައްކާ. ކަނޑުގަ ހުންނަ އައިސް ޕްލާންޓެއް ވެއްޖެއްޔާދެން ކިޔާނެ އެއްޗެއްނެތް. އާމެނޭޖަރުގެ ކޮލިޓީއާއި ވިސްނުން ވަރަށް ތަނަވަސް. ތިވަރުގެ ޚިޔާލެއް އަންނާނީ މޮޅެތި އިންޖިނިއަރުންނަށް.

  3. ސުނޭ

    ޕްރޮޖެކްޓް ގެ އެޑްވާންސް ޕޭމަންޓް ޙަރަދު ކުރާނީ ބިޒިނަސް ކްލާސް އިން ބޯޑް ޑައިރެކްޓަރުން ގެ ދަތުރު ތަކަކަށް ނޫން