ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ މެންބަރުންނަށް އޭނާ އާއި ހެދި ވަރަށް އުނދަގޫ ވެއްޖެ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި އެއްވުމުގައި ވާހަކަ ދައްކަމުން ޑރ.މުއިއްޒު ވިދާޅުވީ އޭނާ މީސް މީޑިއާގައި އަދި އެނޫން ވެސް ގޮތްގޮތުން ފާޅުކުރާ ހިޔާލު ތަކާއި ގުޅިގެން "އެމްޑީޕީގެ ކުދިން" އޭނާ މައިތިރި ކުރަން ވެއްޖެ ކަމަށް ބުނަމުންދާ ކަމަށެވެ.

"އަޅުގަނޑާއި ހެދި އެމްޑީޕީގެ ކުދިންނަށް ވަރަށް އުނދަގޫ ވެއްޖެ, އަޅުގަނޑަށް ކޮންމެވެސް ގޮތެއް ހަދަން ޖެހޭ ކަމަށް އެބަ ބުނޭ, އަޅުގަނޑަށް ހެޔޮ ކޮންމެ ގޮތެއް ހެދިޔަސް, މި ސަރުކާރުން ހިންގާ ގޯސް ކަންތަތަކުގެ ވާހަކަ ދައްކާނަން" މުއިއްޒު ވިދާޅުވިއެވެ.

ރައީސް ޔާމީނުގެ ސަރުކާރުގައި އެޅި ސިނަމާލެ ބްރިޖު އެޅިތާ މި މަހު އެއް އަހަރު ފުރޭތީ އެކަމަށް އިޝާރަތް ކުރައްވައި މުއިއްޒު ވިދާޅުވީ އެ ބްރިޖަކީ ރާއްޖޭގެ ތަރައްގީ އަށް ރައީސް ޔާމީން އެޅުއްވި ފާލަމެއް ކަމަށެވެ.

"އެ ފާލަން އެ ބޭނުން ކުރަމުން އެދަނީ ހުރިހާ ދިވެހި ރައްޔިތުން, ބްރިޖް އެޅެމުން ދިޔަ އިރުގައި ބުނަމުން ދިޔަ އެއީ ކުރެވޭނެ ކަމެއް ނޫނޭ, ނަމަވެސް އެކަން އެއޮތީ ކޮށްފައި " މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު އިތުރަށް ވިދާޅުވީ ރައީސް ޔާމީނުގެ ސަރުކާރުގައި ރައްޔިތުންނަށް ހޯދައިދިން ހައްގު މިންވަރު މިސަރުކާރުން މަޑުމަޑުން ނިގުޅައިގަންނަމުން ދާކަމަށެވެ. އެއީ އެއްވެސް ދިވެހި ރައްޔިތަކު ބޭނުންވާނެ ގޮތް ނޫން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ފާހަގަ ކުރެވެނީ ރައީސް ޞާލިހްގެ ސަރުކާރުގެ ސްޕީޑް މަޑުކަމަށް ވިދާޅުވެ އެންމެ ގިނައިން ޚިޔާލު ފާޅުކުރާ އެއް ބޭފުޅާއަށެވެ. މުއިއްޒު އަކީ ޔާމީންގެ ވެރިކަމުގައި އެންމެ ގިނަ މަސައްކަތްތައް ކުރި އެއް މިނިސްޓަރެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. މާމަދަރި

    އެމްޑީޕީ އަށް އެކަންޏެއްނޫން އުނދަގޫވީ އަކީ.ރާއްޖޭގެ ހުރިހާ ރައްޔިތުންނަށްވެސް އުނދަގޫ.ޔާމީން ސަރުކާރުގަ މިރާއްޖޭގެ ރައްޔިތުން ދުވަހަކުވެސް ނުދެކޭހާ ކަރަޕްޓް މީހެއް.ފުލެޓް ތަކަށް ކިހިނެއްހެދީ..އެއިރަކު ނޭގޭ ވެރިކަންމީ ބަދަލުވެދާނެ އެއްޗެއްކަމެއް.ތާ އަބަދު ނުތިބެވޭނެކަމެއް.

    18
    44
  2. ބަނީ

    އާއި، ހީބިހި ނަގައިފި.

    12
    3
  3. ކޮކަޑި

    ކައޭމެން ތިބަލަނީ އެންމެބޮޑަށް ސަރުކާރަށް އުނދަގޫކޮށް ނޮހޮރުއްޕާންކުރެވެނީ ކާކަށްތޯތަ؟ ބަލަ ކަލޭމެންނާހަމަޔަށް އިންސާފުއަރާ ހަމަވަންދެންވެސް ސަރުކާރަށް ޖެއްސުންނުކޮށް ޖަވާބުދާރީ ކުރުވަން މަސައްކަތްކޮށްބަލަ! ސަރުކާރު ހިންގުމަށްދަތިކުރުމަކީ ހަމަ އަހަރެމެން ރައްޔިތުންނަށް ދެވޭ ދެރައެކޭ.

    14
    38
  4. މާވަޑި ފަލާހް

    ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީގެ މެންބަރުންނަށް އޭނާ އާއި ހެދި ވަރަށް އުނދަގޫ ވެއްޖެ ކަމަށް ކުރީގެ ހައުސިންގް މިނިސްޓަރ ޑރ މުއިއްޒު ވިދާޅުވެއްޖެއެވެ.
    ނޫނޭމަނިކުފާނު އެމްޑީޕީގެ މެމްބަރުންނަށް އެކަންޏެއްނޫނޭ އުދަގޫވަނީ މުޅިދިވެހިރައްޔިތުންނަށްވެސް މަނިކުފާނުގެ އުނދަގޫވަނީ 7 އަހަރުދުވަހުވެފަ، އެއްްމިނިސްޓްރީއެއް އެންމެގިނަދުވަހު ހިނަގިމިނިސްޓަރަކީ މަނިކުފާނު، ރައްޔިތުންގެ ފައިސާ އެނަމެގިނައިން އިސްރާފްކުރީމަނިކުފާނު، ކޮންމެ މަސައްކަތެއް ދެފަހަރު ތިންފަހަރު ކުރަންޖެހޭ، މަނިކުފާނު އަމިއްލަފުޅައްވެސް ވިދާޅުވީމެއްނޫންތޯ މިވެނިކަމެއްކުރިއިރު ތިމަންނާއަށް އެތަންހަލާކުވާނެކަމާ އެތަންގިރާނެކަން ކުރިންވެސް އިނގެޔޭ، އެހެންކަމުން މަނިކުފާނު ގަސްތުގައި ނިކަމެތި ރައްޔިތުންދައްކާ ޓެކްސްފައިސާ އިސްރާފުކުރީ ނޫންތޯ

    15
    31
  5. އޭނާރކީ

    ކަާކު ތަ ތީ؟؟ ކުރެވުނު ކަމެއް ބުނެބަލަ؟؟ .

    13
    27
  6. ހިހި

    ކަލޯ ތި ގޮވެލިފަތި ގޮވުން ހުއްޓާލާނީ ކޮން ދުވަކުންތަ؟ ތީތި ވޯކެއް ނުކުރިއެއްނު.

    8
    24
  7. ވަޙދސރ

    ކޮމެންޓްތަކަށް ބަލާލީމާ ފާހަގަވެގެން ދަނީ ސާބިތުކަމެއްނެތް ހޫރޭ ވިސްނުންތައް ރާއްޖޭގައި ގިނަވެއްޖެކަން. އާރުހުރިވިސްނުމުގެ މީހުން މަދުވެ ގުނބޯލިން ގިނަވުމުގެ ނަތީޖާއަކީ މުޢިއްޒު މެން ފެންވަރުގެ މީހުންނާބެހޭގޮތުންނާއި އެބޭފުޅުންގެ މަސައްކަތާއި ބެހޭ ގޮތުން ވާހަކައެއް ނުދެއްކޭނެ ކަން ވަރަށް ގާބިލް ޒުވާން ޓީމެއް ހޮވައިގެން ޔާމީނު ކުރެއްވި 5 އަހަރުގެ ދަތުރުގެ ފޮނިނަތިޖާ އަބަދަށް ދެމިގެންދާށި.

    10
    1
  8. ޒާން

    ޢެމްޑީޕީ އަކަށް ކަހެރުވަކެކޭވެސް ހީނުވޭ.
    ބަލަގަ ކަލޯ،

    1
    7
  9. ޒވނއ

    މުއިއްޒުވަނީ އޭ! އާނ މުއިއްޒުވުން އެއީ ވަރަށް އުނދަގޫބޮޑު ކަމެއް!

    1
    7
  10. ޥަގު

    ތިޔަބުނާ ހައްގުމިންވަރަކީ ކަލޭމެން ހިންހަމަޖެހޭދެން ދައުލަތް ކާލުންތޯ ހަމައެކިމީހުންނައް އެކިވަރައް ބަހާލައިގެން ނޭގެޔޭބުނީމަ ނިމުނިތޯ

    2
    7
  11. ޖުލައި ގެންބެ

    ޑިއަރ ކުރީގެ މިނިސްޓަރ ޕްލީޒް ގެޓް ލޮސްޓް

    5
    5
  12. ޢަދުރޭ

    މި ސަރުކާރުން ރައްޔިތުންނަށް ކޮށްދިން ކަމެއް ބުނެބަލަ . ކުރީ ސަރުކާރުގެ ވާހަކަ އެއް ނޫން މިހާރު ދައްކަންވީ . ކުރީ ސަރުކާރު ރަނގަޅުނުވެގެން ގެނައި ސަރުކާރު ހަދާ ހުރިހާ ގޯހެއް ފޮރުވަން ކުރީގެ ސަރުކާރުގެ ގޯސްވާހަކަ ދެއްކުން ހުއްޓަން ވެއްޖެ .